03 ޖެނުއަރީ 2025
ފަހު މެޗުގައި ދިވެހި ސިފައިންގެ ކްލަބް ބަލިކޮށް، ގައުމީ ވޮލީބޯޅަ ލީގުގެ ޗެމްޕިއަންކަން ކްލަން އެޗްޑީސީން ހޯދައިފި އެވެ.
ފަހު މެޗުގައި ދިވެހި ސިފައިންގެ ކްލަބް ބަލިކޮށް، ގައުމީ ވޮލީބޯޅަ ލީގުގެ ޗެމްޕިއަންކަން ކްލަން އެޗްޑީސީން ހޯދައިފި އެވެ.
އެޗްޑީސީން ލީގު ކާމިޔާބު ކުރީ އެ ޓީމުން ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެގެންނެވެ. ރޭ ސިފައިންނާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކުރީ 3-1 ސެޓުންނެވެ.
ސިފައިންގެ ޓީމުން ފުރަތަމަ ސެޓް ގެންގޮސް އެޗްޑީސީ އަށް ޕްރެޝަރު ކުރި އެވެ. އެ ސެޓް ސިފައިން ކާމިޔާބު ކުރީ 25-21 ންނެވެ. އެކަމަކު ދެން ޖެހިގެން އައި ތިން ސެޓް ކާމިޔާބުކޮށް އެޗްޑީސީން، ޗެމްޕިއަން ތަށި ކަށަވަރު ކުރި އެވެ. އެ ތިން ސެޓް އެ ޓީމުން ގެންދިޔައީ 25-19، 25-21 އަދި 25-19 އިންނެވެ.
ބީޗް ވޮލީ އާއި އިންޑޯ ވޮލީގައި ވެސް ރާއްޖޭގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ އިސްމާއީލް ސާޖިދު (ކުޑަކާއްޓޭ) ލީޑް ކުރި އެޗްޑީސީ ޓީމުން ވަނީ 12 ޕޮއިންޓް ހޯދައިފަ އެވެ. ރަނަރަފް މަގާމު ހޯދި ސިފައިންނަށް ހޯދުނީ 10 ޕޮއިންޓެވެ. އެ ޓީމު ބަލިވީ ރޭގެ މެޗުން އެކަންޏެވެ.
އެންމެ މޮޅު ކުޅުންތެރިޔާ: ހުސައިން ރަޒާން (ސިފައިން)
އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާ: މުބައްޝަރު ރަޒާ (އެޗްޑީސީ)
އެންމެ އުއްމީދީ ކުޅުންތެރިޔާ: ރައިޝް ރިފްއަތު ހަމީދު (ބްލޫސް ފޯ ވޮލީބޯލް)
އެންމެ މޮޅު އައުޓްސައިޑް އެޓޭކާ: އާދަމް ނަސީމް (ސިފައިންގެ ކްލަބް)
އެންމެ މޮޅު މިޑްލްބްލޮކާ: މުހައްމަދު އަހްސަން (އެޗްޑީސީ) އަދި އާދަމް ފައިރޫޒް (އެޗްޑީސީ)
އެންމެ މޮޅު ސެޓަރު: އަލީ ނިމާލް (އެޗްޑީސީ)
އެންމެ މޮޅު އޮޕަސިޓް ކުޅުންތެރިޔާ: ހުސައިން ރަޒާން (ސިފައިން)
އެންމެ މޮޅު ލިބަރޯ: މުހައްމަދު މިމްރާހް ހަސަން (ސިފައިން)
އެންމެ މޮޅު ކޯޗު: ހުސައިން ޝަރީފް (އެޗްޑީސީ)
ޕޮލިސް ބަލިކޮށް ގައުމީ ލީގު ޗެމްޕިއަންކަން ވެމްކޯއަށް
ލީގު ހޯދަން ޕޮލިހާއި ވެމްކޯ ގަދަ ހިފުމަކަށް
އޮފީސް ވޮލީގައި އެޗްޑީސީގެ ކާމިޔާބު ނުހުއްޓުވުނު
ވެމްކޯ އިން އަނެއްކާ ވެސް އާބަންކޯ ބަލި ކޮށްފި
ފުރަތަމަ ދެ މެޗުން މޮޅުވެ ވެމްކޯއާއި ސިފައިން ކުރީގައި
އާ ކުޅުންތެރިން ވޮލީއަށް ނެރެން އެޗްޑީސީން ކޭމްޕެއް
ގައުމީ ލީގުގައި ސިޓީ އާއި ވެމްކޯއަށް ފެށުން ކާމިޔާބު
އެޗްޑީސީން ހުޅުމާލޭގައި ވޮލީ ކޭމްޕެއް ފަށައިފި
ޕާކްވޮލީ މުބާރާތުގެ ޗެމްޕިއަންކަން ބަގީޗާ އާއި ޕޮލިހަށް
އެޗްޑީސީގެ ފަރާތުން ޕާކްވޮލީ މުބާރާތެއް ބާއްވަނީ