Roadha Mihaaru
އުމުރާ މެދު ވިސްނާނެ ކަމެއް ނެތް، މިއީ ދަރިވަރުން

އުމުރާ މެދު ވިސްނާނެ ކަމެއް ނެތް، މިއީ ދަރިވަރުން

09 މާޗް 2017

އިންޑިއާގެ މަހާރަޝްތުރާ ސްޓޭޓްގައި އޮންނަ ފަންގާނޭ އަވަށުގައި އުޅޭ އުމުރުން ދުވަސްވީ އަންހެނުން ބުރާސްފަތި ދުވަސް ނޫން ކޮންމެ ދުވަހެއްގެ މެންދުރު ފަހު ފިޔާތޮށި ކުލައިގެ ސާޅީ އަޅައި ނަލަހެދެން ފަށަ އެވެ. އެ މީހުން ދަނީ ސްކޫލަށެވެ. ފިޔާތޮށި ކުލައިގެ ސާޅީ ހެދުމަކީ އެ މީހުންގެ ޔުނިފޯމެވެ.

ފިރިހެނުންނާ އަޅާބަލާއިރު، ލިޔަންކިޔަން ނުދަންނަ އަންހެނުންގެ އަދަދު ތިން ގުނަ އިތުރު ކަމަށް ލަފާކުރެވޭ މަރާރަޝްތުރާގެ އުމުރުން ދުވަސްވީ މި ދަރިވަރުން ވެސް ސްކޫލަށް ދަނީ ދަބަސް ހިފައިގެންނެވެ. އެބަކަސް އާއި ޗޯކްބޯޑު ވެސް ގެންދެ އެވެ.

މި މީހުންގެ ތެރެއިން ގިނަ މީހުންނަކީ އުމުރުން ދުވަސްވުމުގެ ސަބަބުން ލޮލުގެ ފެނުން ވެސް އެހާ ރަނގަޅު މީހުންނެއް ނޫނެވެ. ބައެއް މީހުންނަކީ ވާހަކަ ދައްކާއިރު ވަރުބަލިވެ މޭގައި ރިއްސާ މީހުންނެވެ. މި ހާލުގައި ވެސް މި މީހުން ކިޔަވަންދެ އެވެ. އެ މީހުންގެ މުއްދަރިސްގެ އެ މީހުންނަށް ވުރެ ދެ ގުނަ ހަގެވެ.

އަންސޫޔާ ދެޝްމުޚްގެ އުމުރުން 90 އަހަރެވެ. އޭނާ ކައިވެނިކުރުވީ އުމުރުން އެންމެ 10 އަހަރުގަ އެވެ.

"ފޮތެއް، ލިޔާނެ ފިލައެއް އަދި އަންއުނެއް ގަންނާކަށް ވެސް ފައިސާއެއް ނުހުރޭ،" އޭނާ ބުންޏެވެ.

އިންޑިއާގެ މަހާރަޝްތުރާ ސްޓޭޓްގެ ފަންގާނޭ އަވަށުގައި ކިޔަވާ އުމުރުން ދުވަސްވީ ދަރިވަރުން ސްކޫލްގެ އިސް މީހަކާ އެކު. -- ފޮޓޯ: ބީބީސީ

އިންޑިއާގެ މަހާރަޝްތުރާ ސްޓޭޓްގެ ފަންގާނޭ އަވަށުގައި ކިޔަވާ އުމުރުން ދުވަސްވީ ދަރިވަރުން ސްކޫލްގެ އިސް މީހަކާ އެކު. -- ފޮޓޯ: ބީބީސީ

އޭނާ ބުނީ އެހާ ކުރިން ވެސް ސްކޫލަށް ދިޔައިން ކަމަށާއި އެކަމަކު މާގިނައިން ބަލިވާން ފެށުމުން ސްކޫލަށް ދިއުން މަދުވަމުން ގޮސް އެންމެފަހުން ސްކޫލަށް ފޮނުވުން ހުއްޓާލީ ކަމަށެވެ.

މިދިޔަ އެއް އަހަރު ތެރޭގައި އަންސޫޔާ ވަނީ އަމިއްލަ ނަން ލިޔަން ދަސްކޮށް ލިޔަން ބޭނުންކުރާ އަކުރުތައް ވެސް ދަކޮށްފަ އެވެ. އަދި މިހާރު 21 އާ ހަމަޔަށް ގުނަން ވެސް އެނގެ އެވެ.

އިންޑިއާގެ މަހާރަޝްތުރާ ސްޓޭޓްގެ ފަންގާނޭ އަވަށުގައި ހުންނަ، ދުވަސްވީ މީހުންގެ ސްކޫލް. -- ފޮޓޯ: ބީބީސީ

އިންޑިއާގެ މަހާރަޝްތުރާ ސްޓޭޓްގެ ފަންގާނޭ އަވަށުގައި ހުންނަ، ދުވަސްވީ މީހުންގެ ސްކޫލް. -- ފޮޓޯ: ބީބީސީ

އުމުރުން ދުވަސްވީ މީހުންނަށް ކިޔަވައިދޭ މި ސްކޫލްގެ ބާނީ އަކީ އުމުރުން 41 އަހަރުގެ ޔޮގެންދުރަ ބަންގާރްގެ އެވެ. އޭނާ ބުނީ ދުވަސްވީ މީހުންނަށް ލިޔަންކިޔަން ދަސްކޮށްދޭން ފެށީ އެ މީހުންގެ އަވަށުގައި 17 ވަނަ ގަރުނުގައި އުޅުއްވި ރަސްކަލެއް ކަމަށްވާ ޗަތުރަޕަތީ ޝިވާޖީ މަހާރާޖް ވާހަކަތައް ކިޔަން ބޭނުންވެ އެކަމަކު ކިޔަން ނޭނގޭ ކަމަށް އަވަށުގެ އަންހެނުން ބުނަން ފެށުމުން ކަމަށެވެ. އެ ރަސްގެފާނުގެ ހަނދާން އާކޮށް ކޮންމެ އަހަރަކު ބޮޑު އީދެއް އެ އަވަށުގައި ބާއްވަ އެވެ.

އިންޑިއާގެ މަހާރަޝްތުރާ ސްޓޭޓްގެ ފަންގާނޭ އަވަށުގައި، އުމުރުން ދުވަސްވީ ދަރިވަރަކު ފޮތެއް ބަލަނީ. -- ފޮޓޯ: ބީބީސީ

އިންޑިއާގެ މަހާރަޝްތުރާ ސްޓޭޓްގެ ފަންގާނޭ އަވަށުގައި، އުމުރުން ދުވަސްވީ ދަރިވަރަކު ފޮތެއް ބަލަނީ. -- ފޮޓޯ: ބީބީސީ

"މީގެ ކުރިން އިހްތިރާމެއް ނުލިބި ތިބި އަހަރެމެންގެ މާމައިންނަށް އިހްތިރާމް ކުރުމުގެ ގޮތުން އެ މާމައިންނަށް މިކަން ކޮށްދޭން އަހަރެމެން ބޭނުންވީ،" ބަންގާރް ބުނަނީ މިހެންނެވެ.

ފަންގާނޭ އަވަށުގައި، ދުވަސްވީ މީހަކަށް ކުޑަ ކުއްޖަކު ކިޔަވައިދެނީ. -- ފޮޓޯ: ބީބީސީ

ފަންގާނޭ އަވަށުގައި، ދުވަސްވީ މީހަކަށް ކުޑަ ކުއްޖަކު ކިޔަވައިދެނީ. -- ފޮޓޯ: ބީބީސީ

"މާމަމެން އުމުރުގެ މީހުންނަށް ކިޔަވަން ސްކޫލަށް ދާކަށް އެއްވެސް ފުރުސަތެއް ނުލިބޭ."

މި ނިޔަތުގައި ޗެރިޓީ ޖަމާއަތަކުން ފައިސާ ހޯދައިގެން ބަންގާރް ޔުނިފޯމްގެ ގޮތުގައި ސާޅީ ގަނެ އަދި ކްލާސްރޫމެއް ވެސް ހެދީ އެވެ.

"އަންހެނަކު ކިޔަވައިގެން ހުރި ނަމަ އެ ގެޔަކަށް އިލްމު ފެތުރިގެން ދާނެ. އެއީ ގޭތެރެއަށް ލިބިގެންދާ އުޖާލާ ކަމެއް،" ބަންގާރް ބުންޏެވެ.

އިންޑިއާގެ މަހާރަޝްތުރާ ސްޓޭޓްގެ ފަންގާނޭ އަވަށުގައި ކިޔަވާ އުމުރުން ދުވަސްވީ ދަރިވަރުން ފޮތް ދަބަހާ އެކު. -- ފޮޓޯ: ބީބީސީ

އިންޑިއާގެ މަހާރަޝްތުރާ ސްޓޭޓްގެ ފަންގާނޭ އަވަށުގައި ކިޔަވާ އުމުރުން ދުވަސްވީ ދަރިވަރުން ފޮތް ދަބަހާ އެކު. -- ފޮޓޯ: ބީބީސީ

ކިޔަވަންދާ މާމަމެން ބުނަނީ ކިޔަވަން ދަނީ ވަރަށް ދާހިތުން ކަމަށާއި ދަބަސް ހިފައިގެން ސްކޫލަށް ދެވޭތީ ވަރަށް އުފާވާ ކަމަށެވެ. ބައެއް މީހުން އެ މީހުންގެ ފޮތްތައް ހުޅުވާލުމަށް ފަހު ފެށީ ހޭށެވެ. އުމުރުން ދުވަސްވެ ލޯބޯކޮށިވުމުގެ ސަބަބުން އަކުރުތައް ސާފު ނުވާތީ ކިޔަން އުނދަގޫވަނީ އެވެ.

މި ސްކޫލްގައި ކިޔަވައިދޭ އުމުރުން 30 އަހަރުގެ ޝީތަލް މޫރުގެ މައިދައިތަ އަކީ ވެސް އޭނާގެ ދަރިވަރެކެވެ.

ދުވަސްވީ މީހުންގެ ސްކޫލްގައި މީހަކު ފޯނެއް ބަލަނީ. -- ފޮޓޯ ބީބީސީ

ދުވަސްވީ މީހުންގެ ސްކޫލްގައި މީހަކު ފޯނެއް ބަލަނީ. -- ފޮޓޯ ބީބީސީ

މިދިޔަ އެއް އަހަރު ތެރޭ ކްލާހުން އެކަކު ވަނީ މަރުވެފަ އެވެ. އަދި އުމުރުން 60-90 އަހަރުގެ ތިން މީހަކު ވަނީ އެ އަވަށަށް ބަދަލުވެފަ އެވެ. އެހެންވެ މިހާރު ކްލާހުގެ ދަރިވަރުންގެ އަދަދު ވަނީ 28 އިން 30 އަށް އިތުރުވެފަ އެވެ.

މި މީހުން ކިޔަވާހިތްވެ އެވެ. އެކަމަކު ދުވަސްވެފައި ތިބުމުން ގޮންޖެހުންތައް ބޮޑެވެ. ކިޔަވައި އެއްޗެއް ހަނދާނުގައި ނުހުރުމާއި ރަނގަޅަށް ނުފެނުމާއި އިވުމުގެ މައްސަލަތަކުން ހުރަސްތައް އެޅެ އެވެ. -- ބީބީސީ