ސިވިލް ސާވިސް ކޮމިޝަންގެ މުވައްޒަފުންނަށް ޖާސޫސްކުރާ ކަމުގެ ތުހުމަތުގައި ސަސްޕެންޑުކުރި ދެ މުވައްޒަފެއްގެ ސަސްޕެންޝަން އިތުރުކޮށްފި އެވެ.
24 ޑިސެމްބަރ 2024
ސިވިލް ސާވިސް ކޮމިޝަންގެ މުވައްޒަފުންނަށް ޖާސޫސްކުރާ ކަމުގެ ތުހުމަތުގައި ސަސްޕެންޑުކުރި ދެ މުވައްޒަފެއްގެ ސަސްޕެންޝަން އިތުރުކޮށްފި އެވެ.
އެ ކޮމިޝަންގައި މުވައްޒަފުންނަށް ޖާސޫސްކުރާ މައްސަލަ މިދިޔަ މަހު ފެންމަތިވީ، ސީއެސްސީގެ ރައީސް މުހައްމަދު ނާސިހަށް އެކަމުގެ ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހަށް މައްސަލަ ހުށަހެޅި ހިސާބުންނެވެ. ނަމަވެސް އޭނާ ވިދާޅުވީ އެ ކޮމިޝަންގައި ޖާސޫސްކުރާކަން އެނގިވަޑައިގަތީ ވެސް މަޖިލީހުން އެކަމާ ގުޅުވައި ސިޓީ ފޮނުވުމުން ކަމަށެވެ.
އެނގިފައިވާ ގޮތުގައި، ކޮމްޕިއުޓަރުތަކަށް ސޮފްޓްވެއާއެއް އަޅައިގެން ޖާސޫސްކުރާކަމުގެ ތުހުމަތުގައި އެ ކޮމިޝަންގެ އައިޓީ ޑިޕާޓްމަންޓު ހެޑް އަދި ކޮންސަލްޓެންޓެވެ.
ނާސިހު ވިދާޅުވި ގޮތުގައި ތުހުމަތުކުރާ ދެ މީހުން، މިދިޔަ މަހުގެ 20 ގައި ފުރަތަމަ ސަސްޕެންޑުކުރީ އެއް މަސް ދުވަހަށެވެ. އެ މުއްދަތު ހަމަވިއިރު ވެސް ތަހުގީގު ނުނިމޭތީ ސަސްޕެންޝަންގެ މުއްދަތު އިތުރު އެއް މަސް ދުވަހަށް އިތުރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ފަހަރު ސަސްޕެންޑުކުރީ މުސާރަ ނުލިބޭ ގޮތަށެވެ.
މިކަމުގެ މައުލޫމާތު އެނގޭ މީހަކު "މިހާރު" އަށް ކުރިން ކިޔައިދިން ގޮތުގައި ޖާސޫސްކުރަން ބޭނުންކުރި ސޮފްޓްވެއާ ގަނެފައިވަނީ އެ ކޮމިޝަނުގައި ބޭނުންކުރާ "ވިއުގަ" ސޮފްޓްވެއާއަށް އަންނަ ހަމަލާތަކުން ރައްކާތެރިކޮށްދޭ އެއްޗެއް ކަމަށް ބުނެ ކޮމިޝަންގެ މެމްބަރުންނަށް އޮޅުވާލައިގެންނެވެ.
"މި ސޮފްޓްވެއާއަކީ މުވައްޒަފުން ސިސްޓަމްތަކުންް ކުރާ މަސައްކަތް ރިކޯޑްކުރެވޭ އެއްޗެއް. މުވައްޒަފުން އަމިއްލަ ސިސްޓަމުން އިންޓަނެޓް ބޭންކިން ބޭނުންކުރީމަ އޭގެ ޕާސްވޯޑު ވެސް ސޮފްޓްވެއާ އެޑްމިން ބަލަހައްޓާ އައިޓީއަށް ލިބޭނެ. މުވައްޒަފުންގެ ޕާސަނަލް ސޯޝަލް މީޑިއާ އެކައުންޓުތަކުގެ ޕާސްވޯޑު ވެސް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.
ސޮފްޓްވެއާ ގަނެފައިވަނީ އޭޕްރީލް، 2022 ގަ އެވެ. އެހެންވެ، ސީއެސްސީގެ މުވައްޒަފުންނަށް ޖާސޫސްކުރާކަން ފަޅާއެރީ އެކަން ކުރާތާ ދެ އަހަރު ފަހުންނެވެ.
ސީއެސްސީގެ ރައީސަކަށް މުޖުތާޒު، ނައިބަކަށް ނާސިހު
ހިދުމަތުގެ މުއްދަތާ ގުޅޭ ބަދަލު ބާތިލްކޮށް،މަޝްވަރާއަށް
ސިވިލް ސާވިސްގެ ހިދުމަތުގެ މުއްދަތު ގުނާގޮތަށް ބަދަލެއް
ސީއެސްސީއަށް ޝަކުވާ ހުށަހަޅާ ނިޒާމު އިފްތިތާހުކޮށްފި
ބޮޑު މުސާރައަކާއެކު އީއާރުއޭއަށް އިސްވެރިޔަކު ހޯދަނީ
އޯވަޓައިމް ހޯދަން ރަސްމީގަޑީގެ ބޭރުން މަސައްކަތް ނުކުރޭ
28 ކައުންސިލަކަށް އެސްޖީން ހޯދަނީ
ނާސިހް އެދިވަޑައިގަތީ ދެފުށް ފެންނަ ހިދުމަތްތަކަށް!
ސްޕޯޓްސް މިނިސްޓްރީގެ ޕީއެސް ސަސްޕެންޑުކޮށްފި
މިނިސްޓްރީތައް އެއްކުރުމުން 2ޕީއެސްގެ މަގާމު ގެއްްލިއްޖެ