މި އަހަރު ގެނެސްދިން ކާމިޔާބު ފެންޓަސީ ފިލްމު "ވިކެޑް"ގެ ދެވަނަ ބައެއް ގެނެސްދޭން ނިންމައިފި އެވެ.
މި އަހަރު ގެނެސްދިން ކާމިޔާބު ފެންޓަސީ ފިލްމު "ވިކެޑް"ގެ ދެވަނަ ބައެއް ގެނެސްދޭން ނިންމައިފި އެވެ.
އެ ފިލްމު އުފެއްދި ޔުނިވާސަލް ޕިކްޗާސް އިން ވަނީ ދެވަނަ ފިލްމުގެ ޓައިޓަލް އާއި ރިލީޒްކުރާނެ ތާރީހު ވެސް އިއުލާންކޮށްފަ އެވެ.
"ވިކެޑް: ފޯ ގުޑް" ޕްރިމިއާކުރާނީ އަންނަ އަހަރު ނޮވެމްބަރު 21 ގަ އެވެ.
އެ ފިލްމަށް ވަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބިފަ އެވެ. އަދި ކްރިޓިކްސްގެ ތައުރީފު ވެސް އޮއްސާލި އެވެ. ޖުމްލަ 150 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމަށް ވަނީ ބޮކްސް އޮފީހުގައި 525 މިލިއަން ޑޮލަރު ލިބިފަ އެވެ.
އަރިއާނާ ގްރާންޑޭ، ސިންތީއާ އެރިވޯ، ޖޮނަތަން ބެއިލީ، އީތަން ސްލޭޓާ، މިޝޭލް ޔޯން، ޖެފް ގޯލްޑްބްލަމް އަދި ޕީޓާ ޑިންކްލޭޖު މުހިންމު ރޯލުތައް ކުޅެފައިވާ އެ ފިލްމުގެ ފުރަތަމަ ބައި ޕްރިމިއާކުރީ މިދިޔަ މަހު 22 ގަ އެވެ.
"ވިކެޑް"އަކީ އެމެރިކާގެ ވާހަކަ ލިޔުންތެރިޔާ ގްރެގޯރީ މެގުއާޔާ 1995 ވަނަ އަހަރު ބްރޯޑްވޭއަށް ލިޔެފައިވާ "ވިކެޑް: ދަ ލައިފް އެންޑް ޓައިމްސް އޮފް ދަ ވިކެޑް ވިޗް އޮފް ވެސްޓް" ކިޔާ ތަމްސީލަކަށް ބިނާކޮށް ގެނެސްދިން ފިލްމެކެވެ.
ރޮކްގެ "ސްކޯޕިއަން ކިންގް" ގެ ރިބޫޓް ވާޝަނެއް
ޔުނިވާސަލް ޕިކްޗާޒް އިންޑިއާ ދޫކޮށްލަނީ
"ސުޕަމޭން"ގެ ދެވަނަ ފިލްމު 2027 ގައި ގެނެސްދެނީ
"ނައިވްސް އައުޓް 3" ގެނެސްދެނީ ޑިސެމްބަރުގައި
"ސްޕައިޑަމޭން"ގެ ފުރަތަމަ ދުވަސް ކެމެރާގެ ފުރަގަހުން
ސްޕައިޑަމޭން 4 އަންނަ އަހަރު ގެނެސްދެނީ
"އެވެޓާ 3"ގެ ޓްރެއިލާ؛ އަނދައި އަޅިޔަށް!
ލިއޮނާޑޯގެ އާ ފިލްމު ސެޕްޓެމްބަރު 24 ގައި
"އެވެޓާ 3"ގެ ފުރަތަމަ ޕޯސްޓަރު އާންމުކޮށްފި
ނޯލަންގެ އާ ފިލްމަށް އަހަރެއް ކުރިން ޓިކެޓް ވިއްކަނީ