14 ޑިސެމްބަރ 2024
މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އިންތިޒާމްކޮށްގެން ބާއްވާ ފުރަތަމަ ރިސާޗް ކޮންފަރެންސް މިއަދު ފަށައިފި އެވެ.
މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އިންތިޒާމްކޮށްގެން ބާއްވާ ފުރަތަމަ ރިސާޗް ކޮންފަރެންސް މިއަދު ފަށައިފި އެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ރިސާޗް ކޮންފަރެންސްގައި ކީނޯޓާއި ޕެނަލް ޑިސްކަޝަންތަކާއި ދިރާސީ ކަރުދާސްތައް ހުށަހެޅުމުގެ އިތުރުން ވޯކްޝޮޕްތައް ވެސް ކުރިއަށް ދާނެ ކަމަށް އެމްއެމްއީ ބުންޏެވެ.
އެމްއެމްއޭ ރިސާޗް ކޮންފަރެންސްގެ މި އަހަރުގެ ތީމަކީ 'އިގްތިސާދީ ދިރާސާތައް ފުޅާކުރުމުގައި ދެމެހެއްޓެނިވި ކުރިމަގަކަށް ސިޔާސަތުތައް ބައްޓަންކޮށް އީޖާދުކުރުން' އެވެ.
މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނަކީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ޗާންސެލަރު ޑރ. މަހްމޫދު ޝައުގީ އެވެ.
މި ކޮންފަރެންސްގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ ދިރާސާވެރިންނާއި މާލީ އިދާރާތަކުގެ ބޭފުޅުންނާއި އިގްތިސާދީ އަދި ފައިނޭންޝަލް ޓެކްނޮލޮޖީ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކެއް ބައިވެރިވެ އެވެ.
މިއަދު ކުރިއަށްދިޔަ ފުރަތަމަ ސެޝަންގައި، ގަވަރުނަރު އަހުމަދު މުނައްވަރުގެ އިތުރުން، ޝައުގީ އަދި ރިޒާވް ބޭންކް އޮފް އިންޑިއާގެ ޑެޕިއުޓީ ގަވަރުނަރު ވަނީ ވާހަކަ ދައްކަވާފަ އެވެ.
ގަވަރުނަރު މުނައްވަރުގެ ވާހަކާގައި، ރަނގަޅު ސިޔާސަތުތަކެއް ބައްޓަންކުރުމަށް ހަރުދަނާ ދިރާސާތަކެއް ކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލެއްވި އެވެ.
އެމްއެމްއޭ އިން އިންތިޒާމްކޮށްގެން ބާއްވާ ފުރަތަމަ ރިސާޗް ކޮންފަރެންސް މިއަދު ވަނީ ފަށާފައި. --ފޮޓޯ: އެމްއެމްއޭ
ޝަރަފުވެރި މެހެމާންގެ ވާހަކާގައި، ރާއްޖޭގެ އެކި އިދާރާތަކުން އިގުތިސާދީ ދިރާސީ މަސައްކަތްތައް ކުރުމުގައި ގުޅިގެން އުޅުމަށާއި ބޭނުންވާ ކުރިއެރުން ހޯދުމަށް މަގު ކޮށޭނީ އޭރުން ކަމުގައި ވިދާޅުވި އެވެ.
މި ރިސާޗް ކޮންފަރެންސްގައި ޝައުގީ ވަނީ އެމްއެމްއޭ ރިސާޗް ފަންޑް ވެސް އިފްތިތާހުކޮށް ދެއްވައިފަ އެވެ.
މި ފަންޑުގެ އަމާޒަކީ ދިރާސާތައް ކުރުމަށް ހިތްވަރުދީ، ދިރާސާ ކުރާ ފަރާތްތަކަށް ފަހި މާހައުލެއް ބިނާކުރުން ކަމަށް އެމްއެމްއޭ އިން ބުންޏެވެ. މި ފަންޑު އެމްއެމްއޭ އިން ފަށާފައިވަނީ އެއް މިލިއަން ރުފިޔާ އާ އެކު އެވެ. އަދި މި ފަންޑަށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި އިދާރާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
އެމްއެމްއޭ އިން ބުނި ގޮތުގައި، މިއަދު 2 އެމްއޯޔޫ އެއްގައި ވެސް ސޮއިކުރެވުނެވެ. އޭގެތެރޭގައި، އިގްތިސާދީ ދިރާސާތައް ކުރިއެރުވުމަށާއި ތައުލީމާއި އީޖާދުކުރުމުގެ ދާއިރާއިން އެކުގައި މަސައްކަތްކުރުމަށް މެލޭޝިއާގެ ޔުނިވަސިޓީ އިސްލާމް ސެލަންގޫރާ އާ އެކު ސޮއިކުރެވުނު އެމްއޯޔޫގެ އިތުރުން، ދެމެހެއްޓެނިވި ކުރިމަގަކަށް ދިރާސާތައް ފުޅާކުރުމާއި އީޖާދީ އުފެއްދުންތައް ކުރިއެރުވުމަށް ދިރާގާއެކު ސޮއި ކުރި އެމްއޯޔޫ ހިމެނެ އެވެ.
މިއަދު ކުރިއަށް ދިޔަ ޕެނަލް ޑިސްކަޝަންތަކުގައި ރާއްޖެއާއި ބޭރުގެ އިގްތިސާދީ އަދި ފިންޓެކް ތަޖުރިބާކާރުން ބައިވެރިވިކަމަށް އެމްއެމްއޭ އިން ބުންޏެވެ.
މިގޮތުން، ފުރަތަމަ ޕެނަލް ޑިސްކަޝަން ފައިނޭންޝަލް ޓެކްނޮލޮޖީ އަށް ހާއްސަކޮށްފައިވާއިރު، ދެވަނަ ސެޝަންގައި މޫސުމަށް އަންނަ ބަދަލުތަކާއި ހަކަތަ އުފެއްދުމުގައި ދުނިޔެއަށް އަންނަ ބަދަލުތަކާއެކު ރާއްޖެފަދަ ގައުމުތަކަށް ކުރާ އަސަރުތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށް ވެސް މަރުކަޒީ ބޭންކުން ބުންޏެވެ.
މީގެއިތުރުން، އެމްއެމްއޭ އިން ބުނީ، މިއަދުގެ ސެޝަންގައި އާމްދަނީގެ ފަރަގާއި ރާއްޖޭގެ އެކި ހިސާބުތަކުގައި އިންފްލޭޝަންގެ ހުރި ތަފާތުތަކާއި، ޖީއެސްޓީގެ ސަބަބުން އަގުތަކަށް އަންނަ ބަދަލުތަކާއި، މާލޭގެ ކުލީގެ އަގުތަކާ ބެހޭގޮތުން ތަފާތު ތިން ދިރާސާ ކަރުދާހެއް ހުށަހެޅުނު ކަމަށެވެ.
މި ކޮންފަރެންސްގެ ބައެއް ވޯކްޝޮޕްތައް މާދަމާ ކުރިއަށްގެންދާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
ޑޮލަރު މާރުކުރުމުގެ ބަދަލުން އާންމުންނަށް ފައިދާކުރާނެ
ޑޮލަރު މާރުކުރުމަށް އެއްވެސް ލުޔެއް ނުދެން: ގަވަރުނަރު
ފައިސާ ބޭނުންކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި
"ފައިނޭންސިން ނުލިބިއްޖެނަމަ ރިޒާވަށް އަސަރުކުރާނެ"
"ހަކަތަ ޕްރޮޖެކްޓަށް 1.3 ބިލިއަން ޑޮލަރު ބޭނުންވޭ"
ޑިވެލޮޕްމަންޓް ބޭންކު ހިންގުމުގެ ލައިސަންސް ދީފި
އެމްއެމްއޭގެ އާ ގަވާއިދު: ތަންފީޒު ކުރެވޭނެ؟
"ޓޫރިޒަމް ދާއިރާގައި ރުފިޔާގެ ޑިމާންޑެއް އުފެއްދޭނެ"
އިތުރަށް ޗާޕްކުރި ފައިސާ އެމްއެމްއޭއިން ހިފަހައްޓަނީ
އިގްތިސާދީ ހާލަތު ރަނގަޅުކުރެވޭނެ ކަމުގެ ޔަގީންކަންދީފި