ވިޔަފާރިތަކުން ރާއްޖެ އަށް ވަންނަ ޑޮލަރު ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް މާރުކުރަން ލާޒިމްވާ ގޮތަށް އެކުލަވައިލި، ބޭރު ފައިސާއާ ބެހޭ ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
14 ޑިސެމްބަރ 2024
ވިޔަފާރިތަކުން ރާއްޖެ އަށް ވަންނަ ޑޮލަރު ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް މާރުކުރަން ލާޒިމްވާ ގޮތަށް އެކުލަވައިލި، ބޭރު ފައިސާއާ ބެހޭ ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
އެ ބިލު މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހުން ފާސް ކުރީ ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތެރެއިން 56 ވޯޓާއެކީގަ އެވެ. އެ ބިލާ ދެކޮޅަށް ވޯޓު ދިނީ އެމްޑީޕީގެ 11 މެންބަރުންނެވެ.
އެ ބިލްގައިވާ ގޮތުން ބޭރު ފައިސާގެ އާމްދަނީ ބޭންކު އެކައުންޓަކަށް ޖަމާކޮށް، މާރުކުރަންޖެހޭ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކުގެ އިތުރުން މަދުވެގެން 15 މިލިއަން ޑޮލަރު އާމްދަނީ ލިބޭ ފަރާތްތަކެވެ.
ބޭރު ފައިސާ އިން ލިބޭ އާމްދަނީން ބައެއް މާރުކުރުމުގައި "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓްތަކަށް ލިބޭ އިހުތިޔާރަކީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މަހެއްގެ ޖުމްލަ އާމްދަނީގެ 20 ޕަސެންޓް ޑޮލަރު މާރު ކުރުން ކަމަށް ބިލްގައިވެ އެވެ.
"ކެޓެގަރީ ބީ" ގެ ދަށުން ގެސްޓް ހައުސްތަކުން، ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަހެއްގެ ތެރޭގައި އެ ފަރާތަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 ޕަސެންޓް މާރުކުރަން ޖެހޭނެ ކަމަށް ބިލްގައި ކަނޑައަޅާފައިވެ އެވެ.
ޑޮލަރު މާރުކުރުމުގައި ބިލްގައި ހިމަނާފައިވާ ދެ ގޮތުގެ ތެރެއިން ގޮތެއް އިހްތިޔާރު ކުރުމުގައި އަމަލުކުރާނެ ގޮތްތައް އެމްއެމްއޭ އިން ކަނޑައަޅާނެ އެވެ.
ބޭރު ފައިސާއާ ބެހޭ ބިލް ފާސްކުރި އިރު މިދިޔަ އޮކްޓޫބަރު މަހު ބޭރު ފައިސާއާ ބެހޭ ގަވައިދެއް އެމްއެމްއޭ އިން ގެޒެޓު ކުރި އެވެ. މަޖިލީހުން މިއަދު ފާސްކުރި ބިލްގައިވާ ގޮތުން ކުރިން އެމްއެމްއޭ އިން އާންމުކުރި ގަވާއިދާ އެއްގޮތަށް މި މަހުގެ ނިޔަލަށް ޑޮލަރު މާރުކުރުމުގެ ކަންކަން ކުރިއަށް ގެންދަން ޖެހޭނެ އެވެ.
އެހެންވެ، އޮކްޓޫބަރު، ނޮވެމްބަރު އަދި ޑިސެމްބަރު މަހު ރިސޯޓުތަކަށް އަންނަ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރުގެ ރޭޓުން މާރުކުރަން ޖެހޭ އިރު ގެސްޓް ހައުސްތަކަށް އަންނަ ޓޫރިސްޓުންގެ ބޮލަކަށް 25 ޑޮލަރުގެ ރޭޓުން މާރުކުރަން ޖެހޭނެ އެވެ. ބޭރު ފައިސާއާ ބެހޭ ބިލުގައިވާ ގޮތަށް އަމަލު ކުރަން ފަށާނީ އަންނަ ޖެނުއަރީ މަހުން ފެށިގެންނެވެ.
ބޭންކްތަކަށް 150 މިލިއަން ޑޮލަރު މާރުކޮށްފި: ރައީސް
ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރުކުރުން ލާޒިމްވެއްޖެ
ޑޮލަރު މާރުކުރަންޖެހޭ ގޮތަށް ގާނޫނު ހެދުން މުހިންމު
ޓީއެމްއޭއިން މުސާރަ ރުފިޔާއިން ދެނީ
ޔުނިވާސަލްއިން ސާވިސް ޗާޖު ރުފިޔާއިން ދޭން ނިންމައިފި
ޑޮލަރު ނަގާ އަދަދު މަތިކުރީ ވިޔަފާރިތަކަށް ދޫކުރަން
މާރުކުރާ ޑޮލަރުގެ 90 ޕަސެންޓް އެމްއެމްއޭއަށް ނަގަނީ
ރޯދަމަހު އުމްރާވެރިންނަށް އެއް މިލިއަން ޑޮލަރު ދޫކުރި
ޑެޕިއުޓީ ގަވަރުނަރަކަށް އަސްނާގެ ނަން ހުށަހަޅައިފި
ލޯނުގައި ކިޔަވާ ކުދިންނަށް ބޭންކު ރޭޓުގައި ޑޮލަރު ދެނީ