Roadha Mihaaru
ލަދުވެތި ގޮތަކަށް އާސެނަލް ކަޓުވާލައި ބަޔާން ކުއާޓާއަށް

ލަދުވެތި ގޮތަކަށް އާސެނަލް ކަޓުވާލައި ބަޔާން ކުއާޓާއަށް

08 މާޗް 2017

ލަންޑަން (މާޗް 8) - ޗެމްޕިއަންސް ލީގުގެ ދެ ވަަނަ ބުރުގެ ދެ ވަނަ ލެގުގައި ވެސް އާސެނަލް ވެސް 5-1 އިން ލަދުގަންނަވާލުމަށް ފަހު ބަޔާން މިއުނިކް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (މާޗް 8) - ޗެމްޕިއަންސް ލީގުގެ ދެ ވަަނަ ބުރުގެ ދެ ވަނަ ލެގުގައި ވެސް އާސެނަލް ވެސް 5-1 އިން ލަދުގަންނަވާލުމަށް ފަހު ބަޔާން މިއުނިކް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.

ބަޔާން ދަނޑުގައި ކުޅުނު މެޗުން ވެސް އެ ޓީމު މޮޅުވީ 5-1 އިންނެވެ. އެހެން ކަމުން އެ ޓީމު ކުއާޓާގެ ޖާގައެއް ޔަގީންކުރީ 10-2ގެ އެގްރިގޭޓްގެ ނަތީޖާއަކުންނެވެ. މިއީ އާސެނަލް ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ޖެހިޖެހިގެން ކެޓި ހަތް ވަނަ ފަހަރެވެ.

ރޭގެ މެޗަށް އާސެނަލުން ނުކުތީ މެސުޓް އޮޒިލް ފުރަތަމަ އެގާރައިގައި ނުހިމަނަ އެވެ. ފުރަތަމަ ހާފްގައި ރަނގަޅު ކުޅުމެއް ދެއްކި އާސެނަލުން ވަނީ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެެ. މެޗުގެ 20 ވަނަ މިނިޓްގައި މި ލަނޑު ކާމިޔާބުކުރީ ތިއޯ ވޮލްކޮޓް އެވެ.

އާސެނަލަށް މައްސަލަތައް ދިމާވީ ދެ ވަނަ ހާފްގަ އެވެ. މެޗުގެ 54 ވަނަ މިނިޓްގައި ބަޔާންގެ ރޮބަޓް ލެވަންޑޯސްކީ އަށް އޭރިއާ ތެރެއިން ކުރި ފައުލަކަށް އާސެނަލްގެ ލޯރެންޓް ކޮޝިއެލްނީ އަށް ރަތް ކާޑު ދެއްކުމުންނެވެ. ބަޔާނަށް ނަތީޖާ ހަމަހަމަކޮށްދިނީ ލެވަންޑޯސްކީ އެވެ.

އާސެނަލްގެ އެއް ކުޅުންތެރިއަކު މަދުވުމުގެ ފައިދާ ބަޔާނުން ވަނީ ފުރިހަމަ އަށް ނަގައިފަ އެވެ. ބަޔާނުން ވަނީ މެޗުގެ ފަހު 25 މިނިޓް ތެރޭ އިތުރު ހަތަރު ލަނޑު ކާމިޔާބު ކޮށްފަ އެވެ. ފުރަތަމަ ލަނޑު މެޗުގެ 68 ވަނަ މިނިޓްގައި ކާމިޔާބުކުރީ އާޔެން ރޮބެން އެވެ. އޭގެ ދިހަ މިނިޓް ފަހުން ޑަގްލަސް ކޮސްޓާ ވަނީ އެ ޓީމަށް ތިން ވަނަ ލަނޑެއް ކާމިޔާބު ކޮށްދީފަ އެވެ. ބަޔާންގެ އަނެއް ދެ ލަނޑު ޖެހީ ޗިލީގެ މިޑްފީލްޑަރު އާޓޫރޯ ވިޑާލް އެވެ.

މި މެޗަށް ފަހު އާސެނަލްގެ ދަނޑު ބޭރުގައި އެ ޓީމުގެ ގިނަ ސަޕޯޓަރުންތަކެއް ވަނީ އެ ޓީމުގެ ކޯޗު އާސެން ވެންގާގެ އިސްތިއުފާ އަށް ގޮވައިފަ އެވެ. އަދި މި ސީޒަނުގެ ނިޔަލަށް ވެންގާގެ އެއްބަސްވުން ހަމަވުމުން އޭނާ އަށް އިތުރު ކޮންޓްރެކްޓެއް ނުދިނުމަށް ސަޕޯޓަރުން ވަނީ ގޮވާލައިފަ އެވެ.

ވެންގާ ބުނީ މި ނަތީޖާ އަކީ އެ ޓީމުން ދެއްކި ކުޅުމާ ކުރި ހިތްވަރާ ބަލާއިރު ލަދުވެތި ނަތީޖާއެއް ކަމަށެވެ.

"މިއީ އެއްގޮތަކަށް ވެސް އަހަރެމެން ކުރި މަސައްކަތާ ބަލާއިރު ހައްގު ނަތީޖާއެއް ނޫން. އެ އަށް ވުރެން ލަދުވެތި ނަތީޖާއެއް މިއީ. އަހަރެމެންނަށް މެޗު ގެއްލުނީ ރަތް ކާޑުގެ ސަބަބުން. ބަޔާނުގެ ކުޅުން ފެށުނީ އެ ހިސާބުން،" ރޭގެ މެޗަށް ފަހު ވެންގާ ބުންޏެވެ.

ބަޔާންގެ ކޯޗު ކާލޯ އަންޗެލޮޓީ ވަނީ އޭނާގެ ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމަށް ތައުރީފް ކޮށްފަ އެވެ.