Roadha Mihaaru
މަސްރަހު ފިނިކުރަން އިންޑިއާގެ މަންދޫބެއް ބަންގްލަދޭޝަށް

މަސްރަހު ފިނިކުރަން އިންޑިއާގެ މަންދޫބެއް ބަންގްލަދޭޝަށް

10 ޑިސެމްބަރ 2024

ބަންގްލަދޭޝްގައި މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ދަރިވަރުން އިސްނަގައިގެން ކުރި މުޒާހަރަތާކުގައި އެ ގައުމުގެ ބޮޑުވަޒީރު ޝެއިހް ހަސީނާ އިސްތިއުފާ ދެއްވައި އިންޑިއާއަަށް، ވަޑައިގަތުމާ އެކު އުފެދިފައިވާ ނުތަނަވަސްކަން ހައްލުކުރަން، އިންޑިއާގެ ހާއްސަ މަންދޫބެއް ބަންގްލަދޭޝަށް ފޮނުވައިފި އެވެ.

އިންޑިއާ އަކީ ވެރިކަމުން ދުރުކުރި ހަސީނާގެ އެންމެ ގާތް އެއް ބައިވެރިޔާއަށް ވާއިރު ހަސީނާ މިހާރު ވެސް ހިމާޔަތް ހޯދަމުން އަންނަނީ އިންޑިއާގަ އެވެ.

އެކަމާ ގުޅިގެން، އާބާދީ 170 މިލިއަނަށް އަރާ ބަންގްލާދޭޝްގައި އިންޑިއާއާ ދެކޮޅު ވިސްނުން ވަނީ ވަރުގަދަވެފަ އެވެ.

އަދި ހަސީނާގެ ވެރިކަން ވެއްޓުމާ ގުޅިގެން، ބަންގްލަދޭޝްގައި އޮތް ވަގުތީ ސަރުކާރަށް ދަތިކޮށް، ހަމަޖެހުން ނަގައިލަން އިންޑިއާ އިން މަސައްކަތް ކުރަމުންދާ ކަމަށް ވަގުތީ ސަރުކާރުގެ ލީޑަރު މުހައްމަދު ޔޫނުސް ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

ދެ ގައުމުގެ ދެމެދުގައި އުފެދިފައި އޮތް ނުތަނަވަސްކަން ހައްލުކުރަން، އިންޑިއާގެ ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ ވިކްރަމް މިސްރީ އިއްޔެ ވަނީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ވަޑައިގެންފަ އެވެ. މިއީ، ހަސީނާގެ ވެރިކަން ނިމުމަށްފަހު، އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލަކު ބަންގްލަދޭޝަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

"އިންޑިޔާއިން ބޭނުންވަނީ ބަންގްލަދޭޝް އާ އެކު ރަނގަޅު، ބިނާކުރަނިވި އަދި ދެ ފަރާތަށް ވެސް ފައިދާހުރި ގުޅުމެއް،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މިސްރީ ވިދާޅުވި އެވެ.

"ދެ ގައުމުގެ ރައްޔިތުންގެ މަސްލަހަތަށްޓަކައި، ދެ ފަރާތަށް ވެސް ފައިދާހުރި ގުޅުމެއް ގާއިމުކޮށް، ކުރިއަށް ނުގެންދެވޭނެ ސަބަބެއް ނެތް."

މިސްރީގެ މި ދަތުރުގައި، ޔޫނުސްގެ އިތުރުން ބަންގްލަދޭޝްގެ ޑި ފެކްޓޯ ޚާރިޖީ ވަޒީރު ތައުހިދު ހުސައިން އާ ވެސް ބައްދަލުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.