03 ޑިސެމްބަރ 2024
ބަންގްލަދޭޝްގައި ބައި މަދު ހިންދޫންނާއި އެފަދަ އެހެނިހެން އާބާދީތަކުގެ ހިމާޔަތަކަށްޓަކައި އދ.ގެ ސުލްހަ ބަލަހައްޓާ ސިފައިން ބަންގްލާދޭޝް އަށް ފޮނުވަން އިންޑިއާގެ އިސް ސިޔާސީ ބޭފުޅަކު ގޮވައިލެއްވުމާ އެކު ބަންގްލާދޭޝް އިން ނުރުހުން ފާޅުކޮށްފި އެވެ.
ބަންގްލަދޭޝްގައި ބައި މަދު ހިންދޫންނާއި އެފަދަ އެހެނިހެން އާބާދީތަކުގެ ހިމާޔަތަކަށްޓަކައި އދ.ގެ ސުލްހަ ބަލަހައްޓާ ސިފައިން ބަންގްލާދޭޝް އަށް ފޮނުވަން އިންޑިއާގެ އިސް ސިޔާސީ ބޭފުޅަކު ގޮވައިލެއްވުމާ އެކު ބަންގްލާދޭޝް އިން ނުރުހުން ފާޅުކޮށްފި އެވެ.
މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ އެ ގައުމުގައި މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ދަރިވަރުން އިސްނަގައިގެން ކުރި މުޒާހަރަތާކުގައި އެ ގައުމުގެ ބޮޑުވަޒީރު ޝެއިހް ހަސީނާ ވަނީ 15 އަހަރަށް ފަހު ވެރިކަމުން ދުރުކޮށްފަ އެވެ.
ހަސީނާގެ ވެރިކަން ވައްޓާލުމުން އުފެދިފައިވާ ނުތަނަވަސްކަމުގައި، އެއް ބަޔަކު އަނެއް ބަޔަކަށް ހަމަލާ ދިނުން އާންމުވެފައި ވާއިރު ހިންދޫ ލީޑަރުން ބުނަނީ އެ މީހުންނާ ދެކޮޅަށް އަނިޔާވެރިކަން އިސްކުރާ ކަމަށެވެ.
ބަންގްލަދޭޝްއާ ސަގާފީ ގޮތުންނާއި ބަހުގެ ގޮތުން ގާތް ގުޅުމެއް އޮންނަ އިންޑިއާގެ ވެސްޓް ބެންގާލް ސްޓޭޓްގެ ޗީފް މިނިސްޓަރު މަމްތާ ބެނާޖީ މިކަމާ ކަންބޮޑުވުން ފާޅުކޮށް ވިދާޅުވީ ހިންދޫންގެ ހިމާޔަތަށް އދ.ގެ ސިފައިން ފޮނުވައިދޭން އިންޑިއާއިން އދ.ގައި އެދެންޖެހޭ ކަމަށެވެ.
"ސުލްހަ ބަލަހައްޓާ ސިފައިން ބަންގްލަދޭޝްއަށް ފޮނުވައިގެން އަޅުގަނޑުމެންގެ ރައްޔިތުން ސަލާމަތް ކުރެވިދާނެ،" ބެނާޖީ ވިދާޅުވި އެވެ.
ބަންގްލަދޭޝްގެ ޑި ފެކްޓޯ ޚާރިޖީ ވަޒީރު ތައުހިދު ހުސައިން ވިދާޅުވީ މިއީ ހަސީނާ މަގާމުން ދުރުކުރި ފަހުން އިންޑިއާއިން ބަންގްލާދޭޝްގެ ލީޑަޝިޕަށް ނިސްބަތްކޮށް ދެއްކި އެންމެ ދެރަވަރު ވާހަކަ ކަމަށެވެ.
"އަޅުގަނޑަކަށް ނޭނގެ، މަމްތާ ބެނާޖީ މިފަދަ ވާހަކައެއް ދެއްކެވީ ކީއްވެކަމެއް. އަޅުގަނޑަކަށް ނުވިސްނޭ. އަޅުގަނޑު އޭނާ ރަނގަޅަށް ދަންނަން، އަޅުގަނޑު އެތައް ފަހަރަކު އެ ގެއަށް ވެސް ދިޔައިން،" ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވި އެވެ.
ބަންގްލަދޭޝްގައި ހިންދޫންގެ ހާލަތާ ބެހޭ ގޮތުން އިންޑިއާގެ މީޑިއާތަކުން ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށް ތައުހިދު ތުހުމަތު ކުރެއްވި ނަމަވެސް، ސުލްހަވެރި ރާގުގައި ވަނީ ވާހަކަ ދައްކަވައިފަ އެވެ.
"މައްސަލަތައް ހައްލު ކުރެވިދާނެ،" އޭނާ ވިދާޅުވި އެވެ. "ދެ ގައުމުގެ މަސްލަހަތު ހިމާޔަތްކުރަން ޖެހޭނެ. ބަންގްލަދޭޝް އިން އެދެނީ އިންޑިއާއާ އެކު އެކުވެރި ގުޅުމެއް ބާއްވަން."
އާބާދީ 170 މިލިއަނަށް އަރާ ބަންގްލާދޭޝްގައި އިންޑިއާއާ ދެކޮޅު ވިސްނުން ވަނީ ވަރުގަދަވެފަ އެވެ. އިންޑިއާ އަކީ ވެރިކަމުން ދުރުކުރި ހަސީނާގެ އެންމެ ގާތް އެއް ބައިވެރިޔާއަށް ވާއިރު ހަސީނާ މިހާރު ވެސް ހިމާޔަތް ހޯދަމުން އަންނަނީ އިންޑިއާގަ އެވެ.
މަސްރަހު ފިނިކުރަން އިންޑިއާގެ މަންދޫބެއް ބަންގްލަދޭޝަށް
އިންޑިއާގެ އުނދަގުލާ ދެކޮޅަށް ތެދުވާންޖެހޭ: ޔޫނުސް
ތޫފާން ޑާނާ: މިލިއަން މީހުން ރައްކާތެރި ހިސާބުތަކަށް
ހަސީނާ ބަންގްލާދޭޝްއާ ހަވާލުކުރަން އިންޑިއާއަށް އަންގަނީ
ސާފްގެ މުބާރާތުން ބަންގްލަދޭޝާއި އިންޑިއާއަށް ވެސް ތަށި
ފައިލޭރިއާ އަށް މިހާތަނަށް 452 މީހަކު ޓެސްޓުކޮށްފި
މަރުވި އެންމެންގެ ހަށިތައް ފޮނުވާލައިފި
މަރުވި މީހުންގެ ހަށިގަނޑު ގައުމުތަކަށް ފޮނުވާލަނީ
މަރުވި މީހުންގެ ތެރޭގައި އިންޑިއާގެ ހަތް މީހެއް
ރަހުމަތްތެރިޔާ ދިޔައީ ކާން، ކުރިމަތިވީ ފަހު ވަގުތާ