08 ޑިސެމްބަރ 2024
ނޭޕާލްގެ ކަތަމަންޑޫގައި އިއްޔެ ފެށި ކާވާ ކްލަބް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ކްލަބް އެޗްޑީސީން ކުޅުނު ފުރަތަމަ މެޗުގައި އެގައުމުގެ ގަންޑާކީ ކްލަބާ ވާދަކޮށް ފަހަތުން އަރައި 3-2 ސެޓުން މޮޅުވެއްޖެ އެވެ.
ނޭޕާލްގެ ކަތަމަންޑޫގައި އިއްޔެ ފެށި ކާވާ ކްލަބް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ކްލަބް އެޗްޑީސީން ކުޅުނު ފުރަތަމަ މެޗުގައި އެގައުމުގެ ގަންޑާކީ ކްލަބާ ވާދަކޮށް ފަހަތުން އަރައި 3-2 ސެޓުން މޮޅުވެއްޖެ އެވެ.
ފުރަތަމަ ދެ ސެޓުގައި ގަންޑާކީން ވަނީ އެޗްޑީސީގެ މައްޗަށް ކުރި ހޯދައިފަ އެވެ. ގަންޑާކީން ކުރި ސެޓްތައް ގެންދިޔައީ 25-18، 25-23 އިންނެވެ.
ނަމަވެސް ކޯޗު ހުސެއިން ޝަރީފް (ނަލަ ހުސެން) ގެ އިރުޝާދުގެ ދަށުން ކުޅޭ އެޗްޑީސީ ވަނީ ޖެހިގެން އައި ތިން ސެޓު ވެސް ހޯދައި މެޗު ކާމިޔާބު ކޮށްފަ އެވެ. އެޗްޑީސީގެ ސެޓްތައް ގެންދިޔައީ 25-23، 30-28 އަދި 15-13 އިންނެވެ.
ކާވާ ކްލަބް ޗެމްޕިއަންޝިޕްގައި ހަތަރު ގައުމަކުން ފަސް ޓީމު ވާދަކުރެ އެވެ. އެއީ އެޗްޑީސީ އާއި އިންޑިއާގެ ކަލިކަޓް ހީރޯސް އާއި އީރާނުގެ ޗަދޯރުމަލޫގެ އިތުރުން ނޭޕާލްގެ ދެ ކްލަބެވެ. އެއީ ގަންޑާކީގެ އިތުރުން ހެލްޕް ނޭޕާލް ސްޕޯޓްސް ކްލަބެވެ.
އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި ހެލްޕް ނޭޕާލް ކްލަބް ވަނީ 3-2 ސެޓުން އިންޑިއާގެ ކަލިކަޓް ހީރޯސް ބަލިކޮށްފަ އެވެ.
އެޗްޑީސީ ކުޅޭ ދެވަނަ މެޗުގައި މިއަދު ހަވީރު އީރާނުގެ ޗަދޯރުމަލޫއާ ދެކޮޅަށް ނުކުންނާނެ އެވެ.
ތިންވަނަ ހޮވި މެޗުން އެޗްޑީސީ އަށް ނާކާމިޔާބު
ސިފައިން ބަލިކޮށް ވީއޭއެމް ކަޕް އެޗްޑީސީ ކާމިޔާބުކޮށްފި
ސިޓީން މެޗު ދޫކޮށްލުމުން އެޗްޑީސީ ފައިނަލަށް
ވޮލީ ޓީމު ރޭންކިން މެޗުގައިވެސް ތަޖިކިސްތާން ބަލިކޮށްފި
ޕޮލިސް ބަލިކޮށް ގައުމީ ތަށި ވެމްކޯއިން މިލްކުކޮށްފި
ގައުމީ ތައްޓަށް ވާދަކުރަނީ ވެމްކޯ އާއި ޕޮލިސް
ވީއޭއެމްއާ ގުޅޭ ދޮގު ވާހަކަ ފަތުރާނަމަ ސަސްޕެންޑް
ވީއޭއެމްގެ ހަތަރު އަހަރުގެ އޮޑިޓް ރިޕޯޓްތައް ފާސްކޮށްފި
ޗެލެންޖްކަޕްގައި ފިރިހެން ވޮލީޓީމަށް ނާކާމިޔާބު ފެށުމެއް
ޕޮލިސް ބަލިކޮށް ގައުމީ ލީގު ޗެމްޕިއަންކަން ވެމްކޯއަށް