05 ޑިސެމްބަރ 2024
ދުންފަތާ ދުރުވާން ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ސިޒޭޝަންގެ ހިދުމަތް ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ވެސް ލިބޭ ގޮތް ހަމަޖައްސައި އެ ހިދުމަތް ބޭނުންވާ މީހުން ގުޅުމަށް ހާއްސަ "ކުއިޓް ލައިން" އެއް ގާއިމުކޮށްފި އެވެ.
ދުންފަތާ ދުރުވާން ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ސިޒޭޝަންގެ ހިދުމަތް ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ވެސް ލިބޭ ގޮތް ހަމަޖައްސައި އެ ހިދުމަތް ބޭނުންވާ މީހުން ގުޅުމަށް ހާއްސަ "ކުއިޓް ލައިން" އެއް ގާއިމުކޮށްފި އެވެ.
ސިޒޭޝަންގެ ހިދުމަތް ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ވެސް ލިބޭނެ ގޮތް ހަމަޖެއްސުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ މިދިޔަ އޮކްޓޫބަރު 17 ގަ އެވެ.
މައުލޫމާތު ދިނުމަށް ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ ސެޒޭޝަންގެ ހިދުމަތް ހޯދުމަށް ގުޅާނެ ހާއްސަ ނަންބަރެއް ހަމަޖެއްސީ ފަސޭހައިން އެ ހިދުމަތް ލިބޭނެ ގޮތް ހަމަޖައްސަން ކަމަށެވެ. އެ ނަންބަރަކީ 1676 އެވެ.
އަންނަ އާދިއްތަ ދުވަހު ފަށާ އެ ނަމްބަރުން 24 ގަޑިއިރު ހިދުމަތް ލިބޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ދުންފަތާ ދުރުވާން ބޭނުންވާ މީހުންނަށް ބޭނުންވާ ނިކޮޓިން ޕެޗް އަދި ގަމްގެ އިތުރުން އެހެން ފަރުވާތައް ވެސް އާސަންދަ އިން ލިބޭނެ ގޮތް ސަރުކާރުން މިހާރު ހަމަޖައްސާފައިވާކަން ވެސް ފާހަގަކުރެއްވި އެވެ. މިނިސްޓަރު ވިދާޅުވީ ސިޒޭޝިއަންގެ ހިދުމަތް ދިނުމަށް ބޭނުންވާ ފަންނީ މުވައްޒަފުން ވެސް މިހާރު ތަމްރީން ކޮށްފައިވާ ކަމަށެވެ.
ދުންފަތާ ދުރުވުމަށް އެހީވުމަށް ރާއްޖޭގެ ހުރިހާ ރަށެއްގައި "ޓޮބޭކޯ ސިޒޭޝަން ކްލިނިކް" ތައް ގާއިމް ކުރަން ސަރުކާރުން ނިންމައިފައިވާކަން އިއުލާނުކުރީ އިއްޔެ އެވެ. ނާޒިމް ވިދާޅުވީ ހުރިހާ ރަށެއްގައި، ކުރިއަށް އޮތް ދެތިން މަސް ތެރޭ އެ ހިދުމަތް ފަށާނެ ކަމަށެވެ.
ދުންފަތުގެ މައްސަަލަ އަށް ދާއިމީ ހައްލެއް ހޯދުމަށް، ފިޔަވަހިތަކަކަށް ބަހާލައިގެން، ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭ ރަނގަޅު ނަތީޖާއެއް ހާސިލް ކުރެވޭނެ ޕްލޭނެއް އެކުލަވައިލަން މިދިޔަ އާދިއްތަ ދުވަހު ބޭއްވި ކެބިނެޓްގެ ބައްދަލުވުމުގައި ވަނީ ނިންމައިފަ އެވެ.
ދުންފަތާ ދުރު މުޖުތަމައުއެއް ބިނާކުރުމަށް، އިޖުތިމާއީ ގޮތުން ހަރަކާތްތެރިވާ ފަރާތްތަކާއި ދުންފަތުގެ އިސްތިއުމާލުނުކުރާ ރަށްރަށް ފާހަގަކުރުމަށް އިނާމެއް ދިނުމަށް ވެސް ވަނީ ނިންމައިފަ އެވެ. އެ އިނާމު ލިބޭ ރަށެއްގެ އިޖުތިމާއީ ކަމަކަށް މާލީ އެހީތެރިކަން ދިނުން ފަދަ ކަންކަން ހިމަނައިގެން މާސްޓަ ޕްލޭން އެކުލަވައިލުމަށް ރައީސް މުއިއްޒު ވަނީ ނިންމަވައިފަ އެވެ.
މިހާރު ވަނީ ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓް ތިން ރުފިޔާއިން އަށް ރުފިޔާއަށް ބޮޑުކުރުމާ އެކު ދުންފަތުން ނަގާ އެޑްވަލޮރަމް ރޭޓް 50 ޕަސެންޓް މަތިކުރުން ވެސް ނިންމަވައި ގާނޫނަށް އެ އިސްލާހު ގެންނަވައިފަ އެވެ.
މަނާ ތަންތަނުގައި ސިނގިރޭޓު ބޯނަމަ ހުއްދަ ބާތިލްކުރަނީ
ދުންފަތާ ދުރުވުމަށް ހޯދާ ފަރުވާއަށް އާސަންދަ ލިބޭނެ
"ސަރުކާރުގެ ސިޔާސަތަކީ އަމިއްލަ ތަންތަނަށް އެހީވުން"
ވަޒީފާގައި ތިބެގެން ނަރުހުންނަށް ކިޔެވޭނެމަގު ހޯދައިދެނީ
އުރީދޫން ރާއްޖެއަށް ތިން ސީ އެމްބިއުލާންސް ހަދިޔާކޮށްފި
ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވުން ފަސްކޮށްފި
ކުޅުދުއްފުށީ ހޮސްޕިޓަލަށް 50މިލިއަން ރުފިޔާ ހޭދަކުރަނީ
އިދިކޮޅުގެ ދައުރަކީ ޒުމްބާ ކްލާސް ބޭއްވުމެއް ނޫން
އައިބުތަކާ އެކު އުފަންވާ ކުދިންގެ އަދަދު އިތުރުވަނީ
350 ޑޮކްޓަރުން ޚިދުމަތަށް ނެރެފިން: މިނިސްޓަރު