Roadha Mihaaru
ޒަމާނީ ސުޕަމާކެޓެއް ކަސްޓަމަރުން އެދޭ ހުރިހާ ސިފަތަކެއް

ޒަމާނީ އާ ސުޕަމާކެޓެއް؛ ކަސްޓަމަރުން އެދޭ ހުރިހާ ސިފަތަކެއް

01 ޑިސެމްބަރ 2024

ނިކަން ހިތަށް އަރުވާލަބަލާށެވެ. ހަފުތާއެއްގެ ނުވަތަ މަސް ދުވަހުގެ ގްރޮސަރީ ޝޮޕިން، އެއް ފުރާޅެއްގެ ދަށުން ކޮށްލެވޭ ތަނެކެވެ. ތަފާތު އެކި ބްރޭންޑްތައް ޖީބަށް ލުއި އަގުތަކުގަ އެވެ. ހުރިހާ ރެކުތައް، ކަސްޓަމަރުން ގަޔާވާ ކަހަލަ މުދާތަކުން ފުރާލައިފަ އެވެ. ކުރިން ބޭނުންވާ ކަން ނޭނގޭ ކަހަލަ މުދަލާ ވެސް އެކީގަ އެވެ. އާންމު ދިރިއުޅުމުގައި ކޮންމެހެން ބޭނުންވާ ސާމާނާއި 'ފެނި ގެއްލޭ' ނުވަތަ ހޯދަން އުނދަގޫ ސާމާނެވެ.

ނިކަން ހިތަށް އަރުވާލަބަލާށެވެ. ހަފުތާއެއްގެ ނުވަތަ މަސް ދުވަހުގެ ގްރޮސަރީ ޝޮޕިން، އެއް ފުރާޅެއްގެ ދަށުން ކޮށްލެވޭ ތަނެކެވެ. ތަފާތު އެކި ބްރޭންޑްތައް ޖީބަށް ލުއި އަގުތަކުގަ އެވެ. ހުރިހާ ރެކުތައް، ކަސްޓަމަރުން ގަޔާވާ ކަހަލަ މުދާތަކުން ފުރާލައިފަ އެވެ. ކުރިން ބޭނުންވާ ކަން ނޭނގޭ ކަހަލަ މުދަލާ ވެސް އެކީގަ އެވެ. އާންމު ދިރިއުޅުމުގައި ކޮންމެހެން ބޭނުންވާ ސާމާނާއި 'ފެނި ގެއްލޭ' ނުވަތަ ހޯދަން އުނދަގޫ ސާމާނެވެ.

ސުޕަމާކެޓެއްގައި ރަނގަޅު ހިދުމަތެއް ނުލިބިގެން ދެން ކަންބޮޑުވާކަށް ނުޖެހޭނެ އެވެ. ނޫނީ ޖީބަށް ނުކަތާ ވަރަށް އަގުބޮޑުވެގެން ވިސްނާކަށް ވެސް ނުޖެހޭނެ އެވެ. ގަންނަން އުޅޭ އެއްޗެއް ނުލިބިގެން އެހެން ފިހާރައަކަށް ވެސް ދާކަށް ނުޖެހޭނެ އެވެ.

މިހާރު ހިތަށް ތިޔަ ގެނެވުނީ ހިތްހަމަޖެހިލައިގެން ޝޮޕިން ކޮށްލަން ބޭނުންވާ ކޮންމެ މީހެއްގެ ވެސް 'ޑްރީމް ސުޕަމާކެޓް' އެވެ. އެކަމަކު މިއީ ހަމައެކަނި ހިޔާލެއް ނޫނެވެ. މިކަން ހަގީގަތަކަށް ވާން ދެން އޮތީ މަދު ހަފުތާތަކެކެވެ.

މިއީ ދިވެހިންގެ ބަޒާރު ކުރުމުގެ ވައްޓަފާޅިއަށް ބޮޑު ބަދަލެއް ގެނެސްދޭނެ ވަރުގެ ސުޕަމާކެޓެކެވެ. ތަނުގެ ނަން އާންމުންނާ ހަމައަށް ތިލަކުރުން އޮތީ އެންމެ ފަހަށް ބޭއްވިފަ އެވެ. އެހެން ނަމަވެސް މި ސުޕަމާކެޓު އޭގެ މައްޗަށް ބިނާކޮށްފައިވާ ތިން ކަމެއް ބުނެވިދާނެ އެވެ. އެއީ،

- ޗީޕް

- ޗޮއިސަސް

- ކޮންވީނިއެންޓް

ވިއްކާ ގިނަ މުދާ އަގު ހެޔޮވާނެ އެވެ. ތަފާތު ގިނަ ބާވަތްތަކުގެ މުދާ އެއް ފުރާޅެއްގެ ދަށުން ލިބެން ހުންނާނެ އެވެ. ބާޒާރު ކުރުމުގެ ތަޖުރިބާ ބައްޓަން ކުރަނީ ކަސްޓަމަރުންނަށް ވީހާ ވެސް ފަސޭހަވާނެ ފަދަ ގޮތްތައް ބަލައިގެންނެވެ. މިއީ މި ސުޕަމާކެޓު އެކަމެއްގެ މައްޗަށް ގާއިމުވެގެންވާ ތިން އަސާސެވެ. ނުވަތަ ތިން ސިފަ އެވެ.

ޗީޕް

މި ސުޕަމާކެޓުގެ އެންމެ މުހިންމު އެއް ސިފަޔަކީ މި ތަނުން ވިއްކާ ހުރިހާ ބާވަތެއްގެ މުދަލެއް ވެސް ވާދަވެރި އަގުތަކެއްގައި ކަސްޓަމަރުން ލިބުމެވެ. އެއީ ކޮލެޓީ ގެއްލުވާނުލަ އެވެ. މާނައަކީ ހެޔޮ އަގެއްގައި ރަނގަޅު ބާޒާރެއް ކޮށްލަން ބޭނުންވާ ކޮންމެ ކަސްޓަމަރަކަށް ވެސް އެންމެ ފެންވަރު ރަނގަޅު ޕްރޮޑަކްޓްތައް އަގުހެޔޮކޮށް ލިބުމެވެ. ފައިސާ ބޭކާރު ގޮތުގައި ހަރަދުކުރަން ނުޖެހުމުގެ ޔަގީންކަން ލިބުމެވެ.

ޗޮއިސަސް

މީގެ މާނައަކީ ތަފާތު އެކި ބްރޭންޑްތަކުގެ މުދާ ދޭތެރެއަކުން ލިބެން ހުރުމެއް ނޫނެވެ. ތަފާތު ސައިޒުތަކާއި ތަފާތު ރަހަތައް ވެސް ހިމެނޭ ގޮތަށް ތަފާތު ބްރޭންޑުތަކުގެ މުދާ އަބަދު ވެސް ލިބެން ހުރުމެވެ. މި ތަނުގެ ގްރައުންޑް ފްލޯ ހާއްސަކޮށްފައިވަނީ އެފްއެމްސީޖީ (ފާސްޓް މޫވިން ކޮންސިއުމާ ގުޑްސް)އަށެވެ. އެކި ފާޑުފާޑުގެ ކާބޯތަކެތީގެ ބާވަތްތަކާއި ހޯމް ކެއާ ޕްރޮޑަކްޓްތަކާއި ކައްކަން ބޭނުންވާ ސާމާނު އަދި ހައިޖީން ޕްރޮޑަކްޓްސް މި ބައިން ގަންނަން ލިބޭނެ އެވެ.

ދެން އިތުރަށް ކަސްޓަމަރަކު ގޭތެރެއަށް ބޭނުން ވާނެ އެހެން ހުރިހާ ބާވަތެއްގެ މުދާ ހުންނާނީ ފުރަތަމަ ފަންގިފިލާގަ އެވެ. ޕާސަނަލް ކެއާ، ހޯމް އެޕްލަޔަންސަސް، ހޯމް ޑެކޯ، ކްލީނިން ޕްރޮޑަކްޓްސް، އެރޯމާ ތެރަޕީ ޕްރޮޑަކްޓްސް އަދި އުފަންދުވަހާއި ވެޑިން ފަދަ ތަފާތު މުނާސަބަތު ފާހަގަކުރަން ބޭނުންކުރާނެ ސާމާނުން ފެށިގެން ގޮސް ލިނެންގެ އެކި އުފެއްދުންތަކާއި ކުޑަކުދިން ކުޅޭ ސާމާނު ވެސް މި ތަނުން ލިބޭނެ އެވެ.

ކުއްލިއަކަށް ޕާޓީއެއް ބާއްވަން ޖެހިއްޖެ ނަމަ ޑެކަރޭޓް ކުރަން ބޭނުންވާ ސާމާނު ވެސް މި ތަނުން ގަނެ، އެކަން އިންތިޒާމުކޮށްލެވިދާނެ އެވެ. ނޫނީ ކުއްލިއަކަށް ޕާޓީއަކަށް ދާން ޖެހިއްޖެ ނަމަ އެންމެ އެކަށީގެންވާ ކަހަލަ ގިފްޓް ސެޓެއް ވެސް މި ތަނުން ހޯދާލެވިދާނެ އެވެ.

ކޮންވީނިއެންޓް

މި ސުޕަމާކެޓުގެ ލޭއައުޓާއި ސެޓަޕް ބައްޓަންކޮށްފައި ވަނީ އެންމެ ކަމެއްގެ ވަށައިގެންނެވެ. އެއީ ކަސްޓަމަރުންނަށް އެންމެ ލުއިފަސޭހަވާނެ ގޮތަށެވެ. ބިޒީ ޝެޑިއުލްއެއްގައި އުޅޭ ކަސްޓަމަރުންނަށް ހެނދުނު ކިތަންމެ އަވަސް ގަޑިއެއްގައި ވިޔަސް ނުވަތަ ރޭގަނޑު ކިތަންމެ ލަސް ގަޑިއެއްގައި ވިޔަސް ބާޒާރުކޮށްލެވޭނެ 'ފްލެކްސިބަލް' ގަޑިތައް މި ތަނުގައި ހަމަޖެހިފައި އޮންނާނެ އެވެ.

ވީމާ މިހާރުއްސުރެ އުފާވެރިކަން އިހުސާސްކުރަން ފަށާށެވެ. ބާޒާރު ކުރުމުގައި ދިމާވާ ގިނަ މައްސަލަތަކަށް ހައްލެއް ލިބެން ދެން އޮތީ މަދު ހަފްތާތެކެވެ. މި މުއްދަތުގެ ތެރޭގައި މި ސުޕަމާކެޓްގެ ނަމާއި އެ ނޫނަސް މުހިންމު އިތުރު މައުލޫމާތު، އެ ތަން ހުޅުވުމުގެ ކުރިން އާންމުންނަށް ދެމުން ގެންދާނެ އެވެ.

ނޯޓު: މިއީ އެޑްވަޓޯރިއަލް އާޓިކަލްއެކެވެ.