ދިވެހިބަހުގެ ލިޔެކިޔުންތަކަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ އޮޕްޓިކަލް ކެރެކްޓާ ރެކޮގްނިޝަން (އޯސީއާރު) ސިސްޓަމެއް ދިވެހިޖީޕީޓީން ތައާރަފުކޮށްފި އެވެ.
ދިވެހިބަހުގެ ލިޔެކިޔުންތަކަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ އޮޕްޓިކަލް ކެރެކްޓާ ރެކޮގްނިޝަން (އޯސީއާރު) ސިސްޓަމެއް ދިވެހިޖީޕީޓީން ތައާރަފުކޮށްފި އެވެ.
މި އާ ޓެކްނޮލޮޖީން ދިވެހި ބަހުގެ ލިޔެކިޔުންތައް ޑިޖިޓަލް ފޯމެޓަށް ވަރަށް ފަސޭހަކަމާ އެކު ބަދަލުކޮށްލެވޭނެ އެވެ.
ދިވެހިޖީޕީޓީގެ ސީއީއޯ މުހައްމަދު ޖައިލަމް ވިދާޅުވީ، މި އޯސީއާރު ސިސްޓަމަކީ ޕީޑީއެފް ފައިލްތަކާއި އިމޭޖުތަކުން ދިވެހި ލިޔުންތައް ޑިޖިޓަލައިޒް ކުރުމަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ސިސްޓަމެެއް ކަމަށެވެ.
"މި ސިސްޓަމުގެ ސަބަބުން، އަތުން ލިޔެފައިވާ ލިޔުންތަކާއި، އިހުޒަމާނުގެ ދިވެހި ލިޔުންތަކާއި، ޕްރިންޓްކޮށް ސްކޭންކޮށްފައިވާ ލިޔުންތައް ވެސް ވަރަށް ފަސޭހައިން އަދި އެކިއުރެސީ މަތިކޮށް ޑިޖިޓަލް ފޯމެޓަށް ބަދަލުކުރެވޭނެ،" އޭނާ ވިދާޅުވިއެވެ.
މި ސިސްޓަމްގެ ފީޗާތަކުގެ ތެރޭގައި ފޮޓޯ އާއި ޕީޑީއެފް ފައިލްތައް ލިޔުމަށް ބަދަލުކުރުމުގެ އިތުރުން، "މެޖިކް އެޑިޓް" މެދުވެރިކޮށް ފަސޭހަކަމާ އެކު ލިޔުން އިސްލާހު ކުރެވެ އެވެ. އަދި ލިޔުމުގެ ތެރެއިން ބޭނުން ބަހެއް ހޯދައި ސާޗު ވެސް ކުރެވޭނެ އެވެ. މީގެ އިތުރުން ލިޔުން އަޑަށް ބަދަލުކުރުމާއި، ލިޔުން ބޭނުންކޮށްގެން ސުވާލުކޮށް މައުލޫމާތު ހޯދައި ސިޓީ އާއި މަޒުމޫނާއި ޚަބަރު ފަދަ ތަފާތު އެކި ބާވަތްތަކުގެ ލިޔުންތައް އުފެއްދެ އެވެ. އަދި ލިޔުން ތަރުޖަމާކުރުމުގެ އިތުރުން ޚުލާސާކުރެވެން ވެސް ކުރެވޭނެ އެވެ.
"މިއީ އަޅުގަނޑުމެންގެ އަމިއްލަ މަސައްކަތުން ދިވެހިބަހަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ އަމިއްލަ އޭއައި މޮޑެލްއެއް. ވީހާ ވެސް ފަސޭހަކަމާ އެކު ލިޔުމަށް ބަދަލުކޮށް، އިސްލާހުކޮށް އެ ލިޔުމުން ބޭނުންވާ މައުލޫމާތު ނެގޭނެ ގޮތަށް – ވީހާވެސް ޕްރެކްޓިކަލް ބޭނުންތަކަށް އެކަށޭނެ ގޮތަށް މި ސިސްޓަމް ތައްޔާރުކުރެވޭތޯ މަސައްކަތް ކުރިން،" ޖައިލަމް ވިދާޅުވި ދިނެވެ.
އޭނާ ވިދާޅުވި ގޮތުގައި މިއީ ސަރުކާރުގެ އިދާރާތަކަށާއި އަމިއްލަ ވިޔަފާރިތަކަށް އަދި އަމިއްލަ ފަރުދުންނަށް ލިޔުން އާކައިވްކުރުމަށް ލިބޭނެ ބޮޑު ފަސޭހައަކަށް ވާނެ އެވެ.
ދިވެހިޖީޕީޓީއަކީ ދިވެހިބަހުން އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރުމަށް ދިވެހި ޒުވާން ޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ ޖަވާބު ޕްރައިވެޓް ލިމިޓެޑުން އުފައްދާފައިވާ ދިވެހި އުފެއްދުމެކެވެ. އޯސީއާރު ކުރުމުގެ އިތުރުން، ދިވެހިބަހުން ދައްކާ ވާހަކަ ވެސް ލިޔުމަށް ބަދަލުކުރުމުގެ ގާބިލްކަން މި ޕްލެޓްފޯމްގައިވެ އެވެ. އަދި ދިވެހިން ލިޔެފައި ހުންނަ ލިޔުމުން ނެރޭޝަން އުފައްދައި، ދިވެހިބަހުން ލިޔުންތަކުން ކުށްފިލުވައި ތަރުޖަމާކޮށް ހުލާސާ ވެސް ކޮށްދެ އެވެ.
"ޖަވާބު" ކުންފުނިން ބުނީ މި އޯސީރާއު ސިސްޓަމް dhivehigpt.com އަށް ލޮގިންކޮށްލުމަށް ފަހު ބޭނުންކުރެވޭނެ ކަމަށެވެ.
ޑީ ފާހުން 30،000ރ. ގެ މުސާރަލިބޭ ވަޒީފާ ބާތިލް
ދިވެހި ޖީޕީޓީ އެއް މިލިއަން ސުވާލުގެ ޖަވާބު ދީފި
ވިލާ ކޮލެޖުން ބިނާކުރަނީ ފައިނޭންސް ދާއިރާގެ މާހިރުން
އަމިއްލަވަންތަކަމުގެ މައިބަދައަކީ ދިވެހިބަސް: ރައީސް
މަޑުލު ވަހީދު އަވަހާރަވެއްޖެ
ރިޓަޔާކުރަން ބޭނުންވާ އުމުރު މައްޗަށް
ތަދުތަކަށް ދޭ ރޭޑިއޯ ފްރީކުއެންސީ ފަރުވާ ޕެއިން ކްލިނިކުގައި
މައުމޫން: ތާރީހުގައި އާ ސަފުހާތަކެއް ފަށާނެ ފޮންޓެއް
"މައިންޑްފުލް ރަމަޟާން" ބަހުސަކަށް: ލިޔަންވީ ކީކޭ؟
ސަމަންގެ ސުޕަމާކެޓު ހުޅުވަނީ، ބާޒާރު ކުރުމަށް ބަދަލެއް