Roadha Mihaaru

ހުއްދަ ނެތި ފެމިލީ ކޯޓުގެ ޝަރީއަތުގެ މަޖިލީހުން ނުކުމެގެން ދިޔަ އަންހެނަކު ތިން ދުވަހަށް ޖަލަށް

ފެމިލީ ކޯޓުގެ ޝަރީއަތުގެ އަޑުއެހުމެއް ކުރިއަށް ގެންދަނިކޮށް ހުއްދަ ނުހޯދައި އެ ތަނުން ނުކުތް މައްސަލާގައި އަންހެނަކު ތިން ދުވަހަށް ޖަލަށް ލާން މިއަދު ހުކުމްކޮށްފި އެވެ.

ހުއްދަ ނެތި ކޯޓުން ނުކުތުމުން ތިން ދުވަހަށް ޖަލަށް
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

25 ނޮވެމްބަރ 2024

ފެމިލީ ކޯޓުގެ ޝަރީއަތުގެ އަޑުއެހުމެއް ކުރިއަށް ގެންދަނިކޮށް ހުއްދަ ނުހޯދައި އެ ތަނުން ނުކުތް މައްސަލާގައި އަންހެނަކު ތިން ދުވަހަށް ޖަލަށް ލާން މިއަދު ހުކުމްކޮށްފި އެވެ.

އެ މައްސަލާގައި ކޯޓުން ކުރި ހުކުމުގައި ބުނީ ޝަރީއަތުގެ އަޑުއެހުމެއް ހިނގަމުންދަނިކޮށް، ގާޒީގެ ހުއްދަ ނެތި ޝަރީއަތުގެ މަޖިލިސް ދޫކޮށް ނުދެވޭނެ ކަމާއި ފިޔަވަޅު އެޅޭނެކަން އަންގާފައިވަނިކޮށް، ގާޒީގެ ހުއްދަ ނެތި ޝަރީއަތުގެ މަޖިލީހުން އޭނާ ނުކުތް ކަމަށެވެ.

ހުކުމުގައިވާ ގޮތުން، އެ މީހާ ނުކުމެގެން ދިޔައީ ކޯޓުގެ ރިސެޕްޝަނުގެ ތެރެއިން ލީގަލް އޮފިސަރު އިންނަވާ ކޮޓަރި ތެރެއަށް ވަދެ، އެތަނުން ކޯޓުގެ ލޮބީ ސަރަހައްދުންނެވެ.

އެހެންވެ، އޭނާ ތިން ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރީ ޝަރީއަތުގެ ނިޒާމާ ހިލާފުވެފައިވާތީ އާއި ކޯޓުގެ ހުރުމަތް ކަނޑާފައިވާ މައްސަލައާ ގުޅިގެންނެވެ.