17 ސެޕްޓެމްބަރ 2023
މާލެ އަށް މިރޭ ވެހުނު ބޯ ވާރޭގައި ފެމިލީ ކޯޓުގެ ތެރެއަށް ފުރާޅުން ފެން ފައިބައި ވަރަށް ގިނަ ތަކެއްޗަށް ގެއްލުން ވެއްޖެ އެވެ.
މާލެ އަށް މިރޭ ވެހުނު ބޯ ވާރޭގައި ފެމިލީ ކޯޓުގެ ތެރެއަށް ފުރާޅުން ފެން ފައިބައި ވަރަށް ގިނަ ތަކެއްޗަށް ގެއްލުން ވެއްޖެ އެވެ.
މައުލޫމާތު އެނގޭ މީހަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި، ހެންވޭރުގައި ހުންނަ ފެމިލީ ކޯޓުގެ އިމާރާތުގެ ފުރާޅުގެ އެކި ދިމަދިމާލުން ވަރަށް ގިނަ އަދަދަކަށް ފެން ފޭބުމުން ބައެއް ޑޮކިއުމަންޓްތަކާއި ކޮމްޕިއުޓަރު ސިސްޓަމްތަކަށް ވަނީ ގެއްލުން ވެފަ އެވެ.
ފެމިލީ ކޯޓުގެ ތެރެއަށް މިރޭ ވާރޭ ވެހޭތީ، ކޮމްޕިއުޓަރު ސިސްޓަމްތައް މަތީގައި ސަތަރި އަޅާފައި.
"ފެމިލީ ކޯޓް މިހާރު މި ވަނީ ޑައުން ވެފައި. ސާވާ ރޫމަށް ވެސް ފެން ވަދެ، ސާވާ އަށް ވެސް ވަނީ ގެއްލުން ވެފައި. ސާވާގެ ސުވިޗް ސިސްޓަމަށް ވަނީ ފެން އެޅިފައި. ބަައެއް ޑޮކިއުމަންޓްތައް ވެސް ހަލާކުވި،" އޭނާ ބުންޏެވެ.
ފެމިލީ ކޯޓުގެ ތެރެއަށް މިރޭ ވާރޭ ވެހޭތީ، ސަތަރި އަޅާފައި.
ސެނަހިޔާ ހޮސްޕިޓަލް ކައިރީގައި ހުންނަ ފެމިލީ ކޯޓުގެ އިމާރާތުގައި ކުރިއަށް ގެންދަނީ ކައިވެންޏާ ގުޅޭ ހުރިހާ ކަމެކެވެ. ކައިވެނި ކޮށްދިނުމާއި ކައިވެންޏާ ގުޅޭ ހުރިހާ ލިޔެކިޔުންތައް ބަލަހައްޓަނީ އެ ތަނުންނެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ފެމިލީ ކޯޓުގެ ފުރާޅުން ފައިބާ މައްސަލަ ކަމާ ބެހޭ އިދާރާ އަށް ހުށަހަޅާފައިވާތާ ވެސް ދުވަސްތަކެއް ވެއްޖެ އެވެ. އެއީ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ބަލަހައްޓާ އިމާރާތެކެވެ.
ފެމިލީ ކޯޓުގެ ސާވާ ރޫމަށް ފެން ވަދެފައިވާތީ ސާވާ ސިސްޓަމް ސަލާމަތް ކުރަން ސަތަރިގަނޑެއް އަޅާފައި.
"މި ގޮތަށް ބޮޑު ކެރިގަނޑެއް އަތުވެއްޖިއްޔާ މިހާރު އުޅެން ޖެހެނީ މި ހާލުގައި. މިރޭ ވެސް އެކި ދިމަދިމާލުގައި ބާލިދީތައް ބަހައްޓައިގެން ތިބީމާ ފެން ބޮޑު ނުވެ ހިފަހައްޓާލެވުނީ. އެކަމަކު އެ ވަރުން ވެސް ބައެއް ތަކެއްޗަށް ގެއްލުންވި،" އޭނާ ބުންޏެވެ.
ވިއްސާރައިގައި ލިބުނު ގެއްލުން މިލިއަނަކަށް ވުރެ މަތި
ހުއްދަ ނެތި ކޯޓުން ނުކުތުމުން ތިން ދުވަހަށް ޖަލަށް
ބޯވާރޭގައި މުޅި މާލެ ފެންބޮޑުވެއްޖެ
ޑްރެއިން ސިސްޓަމް ބޭނުންކުރަން ފެށުމުން ފެންބޮޑެއްނުވޭ
މާލެއަށް އިއްޔެ 89 މިލިމީޓަރުގެ ވާރޭ ވެހުނު
ފެން ބޮޑުވުން ޗައިނާގެ މަޝްރޫއުން ހައްލުވާނެ: ރައީސް
މާލޭގައި ބަރު ވެހިކަލް ނުދުއްވަން އެދިއްޖެ
ބޯ ވިއްސާރާގައި މާލޭގެ މަގުތަކުގައި ފެންބޮޑުވެއްޖެ
ވިއްސާރާގައި ނުވަ ރަށެއްގައި ފެން ބޮޑުވެއްޖެ
އާދަޔާ ހިލާފަށް ވާރޭވެހުން އެކަށީގެންވޭ: މެޓް