24 ނޮވެމްބަރ 2024
އިންޑިއާގެ ޗެންނާއީގައި ހުންނަ މަލްޓި ސެޕަޝަލްޓީ ހޮސްޕިޓަލް "މިއޮޓް"އިން ރާއްޖޭގައި މަސައްކަތް ކުރާ ޑޮކްޓަރުންނާ ބައްދަލުކޮށްފި އެވެ.
އިންޑިއާގެ ޗެންނާއީގައި ހުންނަ މަލްޓި ސެޕަޝަލްޓީ ހޮސްޕިޓަލް "މިއޮޓް"އިން ރާއްޖޭގައި މަސައްކަތް ކުރާ ޑޮކްޓަރުންނާ ބައްދަލުކޮށްފި އެވެ.
"ކަނެކްޓް މިއޮޓް"ގެ ނަމުގައި ބޭއްވި މި ހާއްސަ ހަރަކާތަކީ އެ ހޮސްޕިޓަލުން އަލަށް ތައާރަފް ކޮށްފައިވާ ޖެނެކިއުލާ އާޓަރީ އެމްބޮލައިޒޭޝަން ޓްރީޓްމަންޓާއި ގުޅޭގޮތުން، ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ގޮތުން ބޭއްވި ފޯރަމެކެވެ. އަދި މިއީ ރާއްޖޭގެ ސިއްހީ ހިދުމަތްތެރިންނާ އެކު ގުޅުން ގާއިމްކޮށް, ޑޮކްޓަރުންނާއި ސިއްހީ ހިދުމަތްތެރިން އެ ހޮސްޕިޓަލާ ގުޅުވާލަ ދިނުމަށް ބޭއްވި ހާއްސަ ހަރަކާތެކެވެ.
"ކަނެކްޓް މިއޮޓް"ގެ ބައެއް ބައިވެރިން. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މި ހަރަކާތުގައި ޖެނެކިއުލާ އާޓަރީ އެމްބޮލައިޒޭޝަނާ ގުޅޭ މައުލޫމާތާއި އޭގެ ބައެއް ކޭސް ސްޓަޑީތައް އެ ހޮސްޕިޓަލުގެ ފަރާތުން ހިއްސާކުރި އެވެ. އަދި ޑޮކްޓަރުންނަށް އެކަމާ ގުޅޭގޮތުން އިތުރު މައުލޫމާތުތައް ހޯދުމަށް ހާއްސަ "ކިއު އެންޑް އޭ"ސެޝަނެއް ކުރިއަށް ގެންދިޔަ އެވެ.
ޖެނެކިއުލާ އާޓަރީ އެމްބޮލައިޒޭޝަން އަކީ ނީ އޮސްޓިއޯއާތްރައިޓިސް ނުވަތަ ކަކުލު ހުޅު ގޭނި، ހުޅު ބަދަލުކުރަން ޖެހިފައި ތިބޭ ޕޭޝަންޓުންގެ ހުޅު ބަދަލު ކުރުމުގެ ބަދަލުގައި އެ ހޮސްޕިޓަލުން ތައާރަފްކޮށް ދޭން ފެށި ޓްރީޓްމަންޓެކެވެ. މި ޓްރީޓްމަންޓު ދޭން ފެށިތާ ދެ އަހަރެއްހާ ދުވަސްވެފައި ވާއިރު، މިއީ ކާމިޔާބު ޕްރޮސީޖާއެއް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
މި ޕްރޮސީޖާ އަކީ އިންޓަވެންޝަނަލް ރޭޑިއޮލޮޖީގެ އެހީގައި ކަކުލު ހުޅުގެ ތަދު ފޮނުވާ ލޭ ނާރު ބްލޮކް ކޮށްލުމަށް ހަދާ ޕްރޮސީޖާ އެކެވެ. މިނިމަލީ އިންވޭސިވް މި ޕްރޮސީޖާއަކީ ހޭނުނައްތާ ހެއްދޭ ކުޑަކުޑަ ޕްރޮސީޖާ އެކެވެ. މި ޕްރޮސީޖާ ހަދާތާ ދެ ދުވަހުގެ ތެރޭގައި ތަދަށް ލުއި ލިބި, ދެ އަހަރާއި ތިން އަހަރާ ދެމެދުގެ މުއްދަތަކަށް ތަދާ ނުލާ ރަނގަޅަށް ހިނގާ ބިގާވެ އުޅެވޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
މިއޮޓް ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު ޑރ. ޕްރިތްވީ މޮހަންޑަސް ވިދާޅުވި ގޮތުގައި ރާއްޖޭގެ ޑޮކްޓަރުންނާއި އެކު ބޭއްވި ހާއްސަ ބައްދަލުވުމަކީ އެމްބޮލައިޒޭޝަންގެ މައުލޫމާތު ހިއްސާކޮށް ޑޮކްޓަރުން ބޭނުންވާ ނަމަ, އެ ޕްރޮސީޖާ ހެދޭނެ މަގު ރާއްޖޭގައި ތަނަވަސްކޮށްދިނުމަށް މަޝްވަރާ ކުރުމުގެ ގޮތުން ބޭއްވި ބައްދަލުވުމެކެވެ.
މިއޮޓް އިން އަލަށް ތައާރަފްކުރި ހިދުމަތާއި ގުޅޭ ގޮތުން "ކިއު އެންޑް އޭ" ސެޝަނުގައި. -- ފޮޓޯ" ފަޔާޒް މޫސާ | މިހާރު
"މި ހިދުމަތް ތައާރަފްކުރަން ބޭނުން ވާނީ ހަމައެކަނި ކެތުލެބެއް. އެ ފެސިލިޓީތައް ރާއްޖޭގެ ހޮސްޕިޓަލްތަކުގައި އެބަހުރި. އަޅުގަނޑުމެން ބޭނުންވަނީ ރާއްޖޭގައި ވެސް ކަކުލު ހުޅުގެ އާތްރައިޓިސް މައްސަލަ ގިނަ އިރު, ރާއްޖޭގައި ފަސޭހައިން މި ހިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުމަށް." ޑޮކްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ހޮސްޕިޓަލުން މި ހިދުމަތް ތައާރަފް ކުރަން ބޭނުންވާ ތަމްރީނުތައް ޑޮކްޓަރުންނަށް ފޯރުކޮށްދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.
"މިއޮޓް އަކީ ބަލި މީހުން ބެލުމުގެ އިތުރުން ޑޮކްޓަރުން ތަމްރީނުކުރާ ތަނެއް. ދުނިޔޭގެ އެކި ހިސާބުތަކުގައި އަޅުގަނޑުމެންގެ އެކި ހިދުމަތްތައް ތައާރަފްކުރަން ޑޮކްޓަރުންނަށް ތަމްރީނުތައް ދެން. އަދި ބައެއް ގައުމުތަކުގައި އަޅުގަނޑުމެންގެ ޑޮކްޓަރުންގެ ޓީމުތައް ވެސް ސްޓޭޝަން ކުރުވާ ހިދުމަތްތައް ދެން. ރާއްޖެއަކީ އެ ގޮތަށް މިހާރު ވެސް ގިނަ އެހީތަކެއް އަޅުގަނޑުމެން ފޯރުކޮށްދޭ ގައުމެއް." އޭނާ ވިދާޅުވި އެވެ.
ޖެނެކިއުލާ އާޓަރީ އެމްބޮލައިޒޭޝަން ޕްރޮސީޖާއަކީ ހަކުރު ބަލި ފަދަ އެކި މައްސަލަތަކާއި ބަރުދަން މާ ބޮޑަށް ބަރުވުމުގެ ސަބަބުން ސާޖަރީ ހެދުމަށް އުނދަގޫވެފައި ހުރި ފަރާތްތަކާއި އުމުރުން ދުވަސްވީ ފަރާތްތަކަށް ވެސް ފަސޭހައިން ހެދޭނެ ރަނގަޅު ޕްރޮސީޖާއެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ހޮސްޕިޓަލުން އެ ޕްރޮސީޖާ ހަދަން ފެށިތާ ފާއިތުވި ކުރު މުއްދަތުގައި އެ ހޮސްޕިޓަލުން ދިވެހިން ވެސް އެ ޕްރޮސީޖާ ހަދާފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.
މިއޮޓް ހޮސްޕިޓަލަކީ ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް އައިޖީއެމްއެޗްއަށް ގިނަ އެހީތަކެއް ފޯރުކޮށްދީފައިވާ ހޮސްޕިޓަލެކެވެ. މި ތަނުން އާސަންދަ މެދުވެރިކޮށް ހިދުމަތް ހޯދޭނެ އެވެ.
ކަކުލު ހުޅުގެ މައްސަލަ ޖެހި ތަދު ތަހައްމަލް ކުރަމުންދާ ފަރާތްތަކަށް މިއޮޓް ހޮސްޕިޓަލަށް ކޮންސަލްޓްކޮށް، ހިދުމަތް ހޯދުމަށް އެ ހޮސްޕިޓަލުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ޕޭޝަންޓް ކެއާ ކޯޑިނޭޓަރަށް 9326772 ނަމްބަރުން ގުޅޭނެ އެވެ.
އާސަންދަ ބަޖެޓް ހުސްވެ އިގްތިސާދީ ބުރައަކަށްވޭ: ނާޒިމް
ހުޅުމާލޭ ހޮސްޕިޓަލު ޓާޝަރީ ފެންވަރަށް ބަދަލުކޮށްފި
ދަރުމަވަންތަ ހޮސްޕިޓަލުގެ ހާލަތު ބަދަލުކޮށްފި:ހަލީމް
ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވައިފި
150 އެއްހާ ސްކޫލްގައި ހެލްތު އޮފިސަރުންނެއް ނެތް!
ހެޔޮ އަގުގައި ސިއްހީ ހިދުމަތް ދޭން ބަޖެޓް ކްލިނިކެއް
ގިނަ ވަސީލަތްތަކާއެކު އީވް ވެސްޓް ޕާކް ހުޅުވައިފި
ވިލިމާލޭގައި ހޮސްޕިޓަލްގެ ޑިޒައިންގެ މަސައްކަތް ފަށަނީ
ދަރުމަވަންތައިގެ ހައިބްރިޑްތިއޭޓަރު ބޭނުންކުރަން ފަށައިފި
ލޮލުން ކަރުނައާ އެކު ފޭބީ ލޭ؛ ހޮސްޕިޓަލަށް ތުހުމަތު