22 ނޮވެމްބަރ 2024
ޓާފް ދަނޑުތައް ރަށްރަށުގައި ނެތް ދުވަސްވަރެއްގައި ވެސް އަމިއްލައަށް އެކަންކޮށް ރަށްރަށުގައި ވެސް ފުލް ޕިޗްގެ ޓާފް އެޅިދާނެކަން އެހެން ރަށްރަށް ސާބިތުކޮށް ދިނީ ޅ. ކުރެންދޫންނެވެ.
ޓާފް ދަނޑުތައް ރަށްރަށުގައި ނެތް ދުވަސްވަރެއްގައި ވެސް އަމިއްލައަށް އެކަންކޮށް ރަށްރަށުގައި ވެސް ފުލް ޕިޗްގެ ޓާފް އެޅިދާނެކަން އެހެން ރަށްރަށް ސާބިތުކޮށް ދިނީ ޅ. ކުރެންދޫންނެވެ.
ހެޔޮއެދޭ ބައެއް ވިޔަފާރިވެރިންނާއި އަމިއްލަ ފަރުދުންގެ ޖީބުން ހަރަދުކޮށްގެން އެ ރަށުގައި އެޅި ޓާފް ދަނޑަކީ އަމިއްލަ ފަރާތަކުން ރާއްޖޭގައި އެޅި އެންމެ ފުރަތަމަ ފުލް ޕޗް ޓާފް ދަނޑެވެ. އައްޑު އާއި ކުޅުދުއްފުށި ފިޔަވައި މާލެއިން ބޭރުގައި ފުލް ޕިޗް ޓާފް ދަނޑެއް އެންމެ ފުރަތަމަ އެޅީ ވެސް ކުރެންދޫގަ އެވެ.
މިހާރު ކުރިއަށްދާ ގޯލްޑް ކަޕްގައި ވާދަކުރާ، ކުރެންދޫ ޓީމުގެ މެނޭޖަރު ހުސައިން ނަޒީރު ބުނި ގޮތުގައި އެއީ ފުޓްބޯޅައާ މެދު ކުރެންދޫގެ ސީރިއަސްކަން ހާމަވާ ކަމެކެވެ.
އެކަމަކު ރަށުގައި ދަނޑެއް އޮތަސް، 2000 ހާ މީހުންގެ އާބާދީއެއް އޮންނަ ކުރެންދޫ އަށް ވެސް ފުޓްބޯޅައިގައި ވާދަ ކުރުމުގެ ފުރުސަތެއް ނޯވެ އެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ އެފްއޭއެމުގެ ވިސްނުން ހުރީ ގައުމީ ފެންވަރުގެ މުބާރާތްތައް މާލެއަށް ނިސްބަތްވާ ޓީމުތަކަށް އެކަނި ފުރުސަތު ލިބޭ ގޮތަށް ބޭއްވުމަށެވެ. މާލެ އަށް ޓީމު ގެންގޮސްގެން މުބާރާތްތަކުގައި ވާދަކުރާނެ ފެންވަރެއް ގިނަ ރަށްރަށުގައެއް ނެތެވެ.
މުޅި އަހަރަށް ބާހާލާފައިވާ ސީޒަނެއް އެހެން ރަށެއްގައި ކުޅޭނަމަ، މާލޭގެ ޓީމުތަކަށް ވެސް ދަތިތައް ކުރިމަތިވާނެ އެވެ.
ނަޒީރު ބުނީ ރަށްރަށަށް ވެސް ބައިވެރިވެވޭ ގޮތަށް އޮތް ކޮންމެ މުބާރާތެއްގައި ކުރެންދޫ މީގެ ކުރިން ވެސް ވާދަކޮށްފައިވާ ކަމަށެވެ. މިނިވަން ޗެމްޕިއަންޝިޕުން ފެށިގެން އެ
މުބާރާތް ހުއްޓާލުމާ ހަމައަށް ކޮންމެ އަހަރަކު ހެން ކުރެންދޫ ޓީމު ބައިވެރިވި އެވެ.
ގޯލްޑް ކަޕް ކަހަލަ ކުރު މުއްދަތުގެ މުބާރާތެއްގައި މާލެ އަށް އައިސް ކުޅެން ފުރުސަތު އޮތަސް ދިގު މުއްދަތަކަށް ދެމިގެންދާ ގޮތަށް މާލޭގައި ބާއްވާ މުބާރާތެއްގައި ޓީމެއް ބާއްވައިގެން ކުޅޭނެ ފެންވަރެއް ކުރެންދޫ ޓީމުގައި ވެސް ނެތެވެ.
"އަޅުގަނޑުމެންނާ ހަމައަށް އައީމަ އަޅުގަނޑުމެންނަށް ބައިވެރި ވެވޭނީ،" ނަޒީރު ބުންޏެވެ.
"މައްސަލައަކީ އެ ފަދަ މުބާރާތްތަކެއް ނޯންނާތީ. އެ ފަދަ ފުރުސަތުތަކެއް ނެތީ. މިއީ [ގޯލްޑް ކަޕް] ފުޓްބޯޅައިން ލިބުނު ފުރުސަތު އަޅުގަނޑުމެން މިތިބީ ބައިވެރިވެގެން. އަދި އެންމެ ރަނގަޅަށް ތައްޔާރުވެގެން މިތިބީ.
"ގޯލްޑަށް ފުޓްސަލް މުބާރާތަށް ވެސް ވަރަށް ރަނގަޅަށް އަޅުގަނޑުމެން ތައްޔާރުވެގެން. ކޮންމެ އަހަރަކު ބައިވެރިވަން."
ކުރެންދޫ ޓީމުން ވަނީ ލަންކާގެ ގައުމީ ޓީމުގެ ކީޕަރު ސޫޖަން ޕެރޭރާ އާއި ބެލްޖިއަމްގެ މިޑްފީލްޑަރެއް ޓީމުގައި ހިމަނައިފަ އެވެ.
އެ ކުޅުންތެރިންނަށް ވެސް ބޮޑު ހޭދައެއް ކުރެންދޫއިން ކުރި އެވެ. ޓީމުގެ ދެން ތިބި ކުޅުންތެރިންނަކީ ރަށުން ނެގެން ތިބި ހުނަރުވެރި ކުޅުންތެރިން ކަމަށް ނަޒީރު ބުންޏެވެ.
"ބިދޭސީ ކުޅުންތެރިން ވެސް ހަމަވެއްޖެ. އެންމެ ފަހުން ޓީމާ ގުޅުނީ ސުޖަން. އޭނާ ވެސް މެޗުގައި ފެންނާނެ،" ނަޒީރު ބުންޏެވެ.
ލަންކާގެ ކީޕަރު މުބާރާތުގައި ވާދަކުރަނީ އެ ގައުމުގެ ގައުމީ ޓީމުގައި ވަރުގަދަ ދެ މެޗު ޔަމަނާ ދެކޮޅަށް ކުޅުމަށް ފަހު އެވެ. ފުރަތަމަ މެޗުން ލަންކާ މޮޅުވި އެވެ.
މާލޭގައި ތިބި ރަށަށް ނިސްބަތްވާ ކުޅުންތެރިން ހިމަނައިގެން ރަނގަޅު ޓީމެއް ކުރެންދޫގައި އެބައޮތެވެ.
"ގޯލްޑަން [ފުޓްސަލް މުބާރާތު] ގައި ވެސް ކުޅޭ އަޅުގަނޑުމެން ރަށު ކުޅުންތެރިން ޓީމުގައި ކުޅޭނެ،" ނަޒީރު ބުންޏެވެ.
ގޯލްޑް ކަޕްގެ ފޯރި ކުރެންދގައި ގަދަ ކުރުމަށް އެ ޓީމުން ލޯންޗު ކުރި ސްލޯގަން: "ގަދަކޮށް ގަލޮޅަށް"
މުބާރާތުގެ ފޯރި ކުރެންދޫގައި ގަދަ ކުރުމަށްޓަކައި، އެ ޓީމުން ވަނީ ޝިޔާރެއް ވެސް ލޯންޗުކޮށް ޕްރޮމޯޓް ކުރަން ފަށައިފަ އެވެ.
"ގަދަކޮށް ގަލޮޅަށް" ޝިޔާރު ބުނަނީ، ގޯލްޑް ކަޕް ކުރިއަށްދާ ގަލޮޅު ދަނޑަށް ކުރެންދޫ ނުކުންނާނީ ގަދަކޮށް ކަމަށެވެ.
ނަޒީރު ބުނީ އެ ރަށުގައި ވެސް އެ ފޯރި އާއި ރޫހު އެބައޮތް ކަމަށެވެ.
"މާލޭގައި ދިރިއުޅޭ އަޅުގަނޑުމެންގެ ރަށުގެ މީހުން ވެސް އެބަ އަހާ ޓިކެޓް ކަންތައްތައް ކިހިނެއްހޭ ހަމަޖެހިފަ ހުރީ. ފެމެލީތައް އެކުގައި ދަނޑަށް އަނާނެ،" ނަޒީރު ބުންޏެވެ.
ކުރެންދޫގެ ފުރަތަމަ މެޗުގައި މިރޭ ނުކުންނާނީ އައްޑުއާ ދެކޮޅަށެވެ. މެޗު ފަށާނީ މިރޭ ނުވައެއް ޖަހާއިރު އެވެ.
ކުރެންދޫ ކަޓުވާލައި މާލޭން އަލިފުށި ގޮވައިގެން ކުއާޓާއަށް
އަލިފުށިން ދެވަނަ ބުރު ވެސް ފެށީ ގަދަކޮށް!
އަރީންގެ ގޯލުން މޮޅުވެ ހުރާ އުންމީދު ހޯދައިފި
އައްޑުއަށް ކުރެންދޫ ކައިރިން ގަދައެއް ނުވެވުނު
ސުޖަން އާއި ބެލްޖިއަމްގެ މިޑްފީލްޑަރެއް ކުރެންދޫ ޓީމަށް
އުދައިގައި ކުރެންދު އަށް ލިބުނު ގެއްލުން 4 މިލިއަނަށް
ފެންނަނީ ރީތި ދަނޑެއް، ނުފެންނަނީ ކުރި މަސައްކަތް!
ނައިފަރު ދެއްކީ ހިތްވަރު، ކުއާޓާއިން ޖާގަ ހޯދައިފި
ރާއްޖޭގައި ފަރުމާކުރި ފުރަތަމަ ބޯޅައިގެ ޕްރީއޯޑަރުނަގަނީ
ގުރައިދޫގެ ދެބަފައިން؛ ފުޓްބޯޅައިގެ މާޒީ އާއި ކުރިމަގު