ރާއްޖޭގެ ހާލަތު އޮތީ އެއްވެސް ގައުމަކާ ޖެހިގަނެގެން އުޅެވޭ ގޮތަށް ނޫން ކަމަށާއި އިޒްރޭލް ޕާސްޕޯޓު މަނާކުރުމާ މެދު އިތުރަށް ވިސްނާލަން ޖެހޭ ކަމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ މިއަދު ވިދާޅުވެއްޖެ އެވެ.
20 ނޮވެމްބަރ 2024
ރާއްޖޭގެ ހާލަތު އޮތީ އެއްވެސް ގައުމަކާ ޖެހިގަނެގެން އުޅެވޭ ގޮތަށް ނޫން ކަމަށާއި އިޒްރޭލް ޕާސްޕޯޓު މަނާކުރުމާ މެދު އިތުރަށް ވިސްނާލަން ޖެހޭ ކަމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ މިއަދު ވިދާޅުވެއްޖެ އެވެ.
އިޒްރޭލް ޕާސްޕޯޓު މަނާކުރުން އަވަސް ކުރުމަށް ގޮވާލާ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަށް ބަހުސް ކުރައްވަމުން ސައުދުﷲ ވިދާޅުވީ ފަލަސްތީން ރައްޔިތުންނަށް މިހާރު ދިމާވެފައިވާ ހާލަތާ މެދު ހިތާމަ ކުރައްވާ ކަމަށެވެ.
ދިވެހިންނާއި ފަލަސްތީނުގެ ރައްޔިތުންނަކީ ދީނީ ގޮތުން އެއްބަނޑު އެއްބަފާ ބައެއް ކަމަށާއި ނަމަވެސް ފަލަސްތީނުގެ ވަށައިގެން އެ މީހުންނާ އާއިލީ ގޮތުންނާއި ދަރިފަސްކޮޅުގެ ގޮތުން އަދި ދީނީ ގޮތުން ވެސް އެއްބަނޑު އެއްބަފާ ގައުމުތައް އެބަތިބި ކަމަށް ސައުދުﷲ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ވުރެ މާ މުއްސަނދި މާ ފުދުންތެރި އަދި ފަލަސްތީން ރައްޔިތުންނާ އެހާ ގާތް ބަޔަކު ނާޅާ ފިޔަވަޅެއް އަޅުގަނޑުމެން އަޅާއިރު އަޅުގަނޑުމެންގެ ރައްޔިތުންނާ ދޭތެރޭ ވެސް އަޅުގަނޑުމެން ވިސްނާލަން ޖެހޭ،" ސައުދުﷲ ވިދާޅުވި އެވެ.
ސައުދުﷲ ވިދާޅުވި ގޮތުގައި އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރުމުން ރާއްޖެ އަށް ވާނީ ފައިދާތޯ ނުވަތަ ގެއްލުންތޯ ވިސްނާލަން ޖެހެ އެވެ.
ގައުމުގެ ހާލަތު މިއަދު އޮތީ އެއްވެސް ގައުމަކާ ޖެހިގަނެގެން އުޅެވޭ ފަދަ ގޮތަކަށް ނޫން ކަމަށާއި އެ ހުރިހާ ކަމަކަށް ވެސް ވިސްނަައިގެން ނޫނީ ފިޔަވަޅު އެޅުން ރަނގަޅު ނުވާނެ ކަމަށް ސައުދުﷲ ވިދާޅުވި އެވެ.
އިޒްރޭލުގެ ރައްޔިތުން ރާއްޖެ އައުން މަނާކުރާ އިރު އެތަނުގައި ވެސް މުސްލިމުން އުޅޭ ކަމަށާއި އެ މީހުން ރާއްޖެ އައުން މަނާކުރަން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ސައުދުﷲ ވިދާޅުވި އެވެ.
"އެ މީހުން ބޮޑުވަޒީރު ކަމަށް ގެންނަން ވޯޓު ދިނީ ބެންޖަމިން ނަތަންޔާހޫ އަށް ކަމަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. އަދި މަޖިލީހަށް ވޯޓު ދޭން ވޯޓު ދިނީ ވެސް އެފަދަ ޔަހޫދީންތަކަކަށް ކަމަށް ގަބޫލެއް ނުކުރެވޭ. އެހެންވީމަ އެ މީހުންގެ ހައްގުތަކަށް އަރައިގަންނަން އަޅުގަނޑުމެން ފުރުސަތު ދީގެން ނުވާނެ،" ސައުދުﷲ ވިދާޅުވި އެވެ.
ސައުދުﷲ ވިދާޅުވި ގޮތުގައި 20 ވަނަ މަޖިލީހުން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އަޑު އިއްވައި އެ އަނިޔާވެރިކަމާ ކަނޑައެޅިގެން ދެކޮޅު ހަދާ ކަމުގެ ގަރާރެއް ނަމަވެސް ފާސް ކުރަން ވަރަށް ބޮޑަށް ތާއީދު ކުރައްވާ ކަމަށެވެ.
"ނަމަވެސް އިޒްރޭލް ޕާސްޕޯޓު މަނާކުރުމާ ދޭތެރޭގައި އަދި އިތުރަށް ވިސްނާލަން ޖެހޭ." އޭނާ ވިދާޅުވި އެވެ.
ސަރުކާރުން ވަނީ އިޒްރޭލް ޕާސްޕޯޓު މަނާކުރަން ނިންމައިފަ އެވެ. ނަމަވެސް އެ މައްސަލާގައި އެމްޑީޕީގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ބިލު މިހާރު އޮތް ގޮތަށް ފާސް ނުކުރެވޭނެ ކަމަށް އެޓާނީ ޖެނަރަލް އަހުމަދު އުޝާމް ވެސް ވަނީ ވިދާޅުވެފަ އެވެ. ސަބަބެއް ގޮތުގައި އޭނާ ވިދާޅުވީ އިޒްރޭލުގެ ޕާސްޕޯޓުގައި ބައެއް ފަލަސްތީނުގެ ރައްޔިތުން ވެސް އުޅޭތީ އެވެ.
އިޒްރޭލު ޕާސްޕޯޓާ ގުޅޭ ކުއްލި މައްސަލަ ބަލައިނުގަތް!
އިޒްރޭލް ޕާސްޕޯޓު ނިންމުން ޖުލައިގެ ނިޔަލަށް ފަސްކޮށްފި
އިޒްރޭލް ޕާސްޕޯޓް މަނާކުރަން ގެސްޓްހައުސްތަކުން ދެކޮޅު
އިޒްރޭލު ޕާސްޕޯޓު މަނާކުރަން ފަލަސްތީނުގެ ބަސް ހޯދަނީ
ޕާސްޕޯޓް މަނާކުރުމަށް މީކާއިލް ހުށަހެޅުއްވި ބިލް މާދަމާ
އިޒްރޭލު ޕާސްޕޯޓު މަނާކުރުން ލަސްވާތީ ޒަމީރު ކޮމިޓީއަށް ގެންދަނީ
އިޒްރޭލު ޕާސްޕޯޓު މަނާކުރަން ރައީސަށް ހުށަހަޅަނީ
އިޒްރޭލު ޕާސްޕޯޓު މަނާކުރަން މަޖިލީހަށް ޕްރެޝަރު ކުރަނީ
އިޒްރޭލުގެ ޓޫރިސްޓުން އައުން މަނާކުރަން ހުށަހަޅައިފި
އިޒްރޭލާ ދެކޮޅު ގަރާރެއް މަޖިލީހަށް ހުށަހަޅައިފި