17 ނޮވެމްބަރ 2024
މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން އިންތިޒާމް ކޮށްގެން ބޭއްވި "ދާލަން" ކެރިއާ އެކްސްޕޯގައި އެމްއޭސީއެލްގެ ސްޓޯލަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށް އެ ކުންފުނިން ބުނެފި އެވެ.
މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން އިންތިޒާމް ކޮށްގެން ބޭއްވި "ދާލަން" ކެރިއާ އެކްސްޕޯގައި އެމްއޭސީއެލްގެ ސްޓޯލަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށް އެ ކުންފުނިން ބުނެފި އެވެ.
މި މަހުގެ 15 އިން 16 އަށް ކުރިއަށް ގެންދިޔަ މި އެކްސްޕޯގައި އެމްއޭސީއެލްގެ ސްޓޯލަށް ޖުމްލަ 3،377 މީހުން ޒިޔާރަތްކުރި އެވެ. އަދި އޭގެ ތެރެއިން 600 މީހުން ވަޒީފާއަށް އެދި ފޯމު ފުރިހަމަކޮށްފައިވާ އިރު، 103 މީހަކު އިންޓާންޝިޕް ފުރުސަތުގައި ބައިވެރިވުމަށް އެދި ފޯމު ފުރިހަމަ ކުރި އެވެ.
މި އެކްސްޕޯގައި އެމްއޭސީއެލްގެ 20 ޑިޕާޓްމަންޓަކުން ބައިވެރިވެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންސް ކުރިއަށްދާ ގޮތާއި އެ ކުންފުނިން ކުރާ މުހިއްމު މަސައްކަތްތައް ވަނީ ދައްކާލައިފަ އެވެ. މި ހަރަކާތުގައި އެމްއޭސީއެލް އިން ވަނީ އިގްތިސާދާއި ކުރިއަރަމުން އަންނަ އޭވިއޭޝަން ދާއިރާގައި ޒުވާނުންނަށް ހުޅުވިފައިވާ ވަޒީފާގެ ފުރުސަތުތަކުގެ މައުލޫމާތު ދީފަ އެވެ.
މި ފެއާގައި އެ ކުންފުނީގެ ވަޒީފާއަށް ކުރިމަތިލީ މީހުންގެ ތެރެއިން ހަތަރު މީހަކަށް ވަޒީފާގެ ލިޔުން ހަވާލުކުރި އެވެ. ވަޒީފާ ލިބުނު ފަރާތްތަކަށް ލިޔުން ހަވާލުކުރެއްވީ އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖްތަބާ ލަތީފް އެވެ.
އެމްއޭސީއެލް އިން ބުނީ އެ އެކްސްޕޯގައި ލިބުނު ބާކީ ހުރި އެޕްލިކޭޝަންތައް ޕްރޮސެސް ކުރުމަށް ފަހު އިތުރު ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ލިބޭނެ ކަމަށެވެ.
މި އެކްސްޕޯގައި އެ ކުންފުނީގެ ސްޓޯލަށް ޒިޔާރަތްކޮށް ރަޖިސްޓްރީ ކުރި މީހުންގެ މެދުގައި ނެގި ގުރުއަތުން ހޮވުނު 5 މީހަކަށް ލެޕްޓޮޕް އަދި 10 މީހަކަށް އިތުރު ހަދިޔާތައް ދިނެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި މި އެކްސްޕޯއަކީ ވަޒީފާ ހޯދާ ފަރާތްތަކާއި ވަޒީފާ ދޭ ފަރާތްތަކުގެ ގުޅުވައި ދިނުމުގެ ގޮތުން ބޭއްވި ހަރަކާތެކެވެ.
އެއާޕޯޓުން ކުނި އުފުލުން އަނެއްކާވެސް ވެމްކޯއަށް
ޔުނިފޯމްއެޅި މުއައްސަސާތަކަށް އިތުބާރުކޮށްގެން ނުތިބެވޭނެ
ސީ-ޓު-އެއާ ހިދުމަތުން 1،000 ޓަނުގެ މުދާ ބޭރަށް
އަޒަރުބައިޖާން އެއާލައިނުން ރާއްޖެއަށް ސީދާ ދަތުރުތައް
45މިލިއަން ލީޓަރުގެ ފިއުލް ފާމް ބޭނުންކުރަން ފަށައިފި
އެއާ އަރަބިއާގެ ޝެޑިއުލް ދަތުރުތައް ފަށައިފި
އެމްއޭސީއެލްގެ ބޯޑުން އިބްރާހިމް ނޫރައްދީން ވަކިކޮށްފި
"އެޕެކްސް އިން ސެކިއުރިޓީ" ޕްރޮގްރާމް ފަށައިފި
އެމްއޭސީއެލްއިން ކެރިއާ ގައިޑަންސް ޕްރޮގުރާމެއް ފަށައިފި
ކުރީގެ ރަންވޭ މަރާމާތު ކުރަން ބީޔޫސީޖީއާ ހަވާލުކޮށްފި