Roadha Mihaaru
ލޯބިވެރިޔާ ބްލެކްމެއިލް ކުރި ޕޮލިހަކު ހައްޔަރުކޮށްފި

ލޯބިވެރިޔާގެ ފޮޓޯތައް ލީކުކުރާނެ ކަމަށް ބްލެކްމެއިލް ކުރި ފުލުހަކު ހައްޔަރުކޮށްފި

14 ނޮވެމްބަރ 2024

އއ. މަތިވެރި ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ޕޮލިހަކު އޭނާގެ ލޯބިވެރިޔާގެ އޮރިޔާން މަންޒަރުތައް ލީކުކޮށްލާނެ ކަމަށް ބްލެކްމެއިލްކުރި މައްސަލާގައި ހައްޔަރުކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އއ. މަތިވެރި ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ޕޮލިހަކު އޭނާގެ ލޯބިވެރިޔާގެ އޮރިޔާން މަންޒަރުތައް ލީކުކޮށްލާނެ ކަމަށް ބްލެކްމެއިލްކުރި މައްސަލާގައި ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ހައްޔަރުކުރީ ރެކްރޫޓު ފުލުހެއް ކަމަށްވާ، ޒައިދާން މުހައްމަދު ކަމަށެވެ. އޭނާއަކީ މަތިވެރި މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި 19 އަހަރުގެ އެ ފުލުސް މީހާ ވަނީ އޭނާގެ ލޯބިވެރިޔާއަށް ބިރު ދައްކައި، އޭނާގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގައި ލީކުކޮށްލާނެ ކަމަށް ބުނެފަ އެވެ.

އެހެންވެ، ބްލެކްމެއިލް ކުރި ކަމަށް ތުހުމަތުކުރެވޭ އެ މައްސަލާގައި އޭނާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އިއްޔެ އެވެ.

އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން މަތިވެރި މެޖިސްްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ބަންދަށް ތިން ދުވަސް ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލަ ދަނީ އިތުރަށް ތަހުގީގުކުރަމުންނެެވެ.