Roadha Mihaaru

ދެމަފިރިއަކު ބްލެކްމެއިލްކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

ދެމަފިރިއަކު ބްލެކްމެއިލްކޮށް، އެ މީހުންގެ އަތުން ފައިސާ ހޯދަން އުޅުނު މައްސަލައެއްގެ ތުހުމަތުގައި ބ. ތުޅާދޫން މީހަކު ރޭ ހައްޔަރުކޮށްފި އެވެ.

ދެމަފިރިއަކު ބްލެކްމެއިލްކުރި މައްސަލައެއް!
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

05 ޑިސެމްބަރ 2022

ދެމަފިރިއަކު ބްލެކްމެއިލްކޮށް، އެ މީހުންގެ އަތުން ފައިސާ ހޯދަން އުޅުނު މައްސަލައެއްގެ ތުހުމަތުގައި ބ. ތުޅާދޫން މީހަކު ރޭ ހައްޔަރުކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި އުމުރުން 31 އަހަރުގެ އެ ފިރިހެންމީހާ ހައްޔަރުކުރީ ބަރަހަނާ ވީޑިއޯތަކެއް ބޭނުންކޮށްގެން ދެމަފިރިން ބްލެކްމެއިލް ކުރި މައްސަލައެއްގެ ތުހުމަތުގަ އެވެ.

ފުލުހުން މިއަދު ބުނީ، ތުޅާދޫގައި މީހަކު ބްލެކްމެއިލްކޮށް، ފައިސާ ހޯދަން އުޅުނު މައްސަލައެއްގެ ރިޕޯޓް ލިބުނީ މިދިޔަ ހުކުރު ދުވަހު ކަމަށެވެ.

އެ މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން އަންނައިރު، ބްލެކްމެއިލް ކުރުމާއި އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތައް މި ފަހުން ވަނީ އިތުރުވެފަ އެވެ.