Roadha Mihaaru
މައުމޫން ލޯބިން ބިނާކުރެއްވި އިސްލާމީ ލޭންޑްމާކަށް 40

މައުމޫން ލޯބިން ބިނާކުރެއްވި އިސްލާމީ ލޭންޑްމާކަށް 40 އަހަރު

11 ނޮވެމްބަރ 2024

ސިނަމާލެ ބްރިޖު ނެތް ދުވަސްވަރަށް ޖެހިލަމާ ހިނގާށެވެ. މާލެ އަށް ޒިޔާރަތްކުރާ ކޮންމެ މީހަކަށް އެންމެ ފުރަތަމަ މަރުހަބާ ކިޔާނީ ޖުމްހޫރީ މައިދާން ކައިރީގައި މީގެ 40 އަހަރު ކުރިން ބިނާކޮށްފައި އެހެރަ އިސްލާމީ މަރުކަޒުގެ މުންނާރާ ގުއްބެވެ. އުސްމިނުގައި 133 ފޫޓުގެ މުންނާރާ އެކު ދައްކައި ދެނީ ދިވެހިންގެ އިސްލާމީ ވަންތަކަމެވެ. އިސްލާމްދީނަށް އޮތް ލޯތްބެވެ. ނޮވެމްބަރު 11، 1984 ގައި ހުޅުވި އިސްލާމީ މަރުކަޒަށް މިއަދު 40 އަހަރު ފުރުނުއިރު އަދިވެސް އެއީ ދިވެންގެ އެންމެ ބޮޑު ފަހުރެވެ. އެންމެ ބޮޑު އިސްލާމީ ބިނާއެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ސިނަމާލެ ބްރިޖު ނެތް ދުވަސްވަރަށް ޖެހިލަމާ ހިނގާށެވެ. މާލެ އަށް ޒިޔާރަތްކުރާ ކޮންމެ މީހަކަށް އެންމެ ފުރަތަމަ މަރުހަބާ ކިޔާނީ ޖުމްހޫރީ މައިދާން ކައިރީގައި މީގެ 40 އަހަރު ކުރިން ބިނާކޮށްފައި އެހެރަ އިސްލާމީ މަރުކަޒުގެ މުންނާރާ ގުއްބެވެ. އުސްމިނުގައި 133 ފޫޓުގެ މުންނާރާ އެކު ދައްކައި ދެނީ ދިވެހިންގެ އިސްލާމީ ވަންތަކަމެވެ. އިސްލާމްދީނަށް އޮތް ލޯތްބެވެ. ނޮވެމްބަރު 11، 1984 ގައި ހުޅުވި އިސްލާމީ މަރުކަޒަށް މިއަދު 40 އަހަރު ފުރުނުއިރު އަދިވެސް އެއީ ދިވެންގެ އެންމެ ބޮޑު ފަހުރެވެ. އެންމެ ބޮޑު އިސްލާމީ ބިނާއެވެ.

އިސްލާމީ މަރުކަޒާއި އެ ތަނުގެ އެތެރޭގައި ހަދާފައިވާ އެ ތަނަވަސް މިސްކިތަކީ ސީދާ އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިސްނެންގެވުމާއި އެ މަނިކުފާނުގެ އަގުހުރި މަސައްކަތްޕުޅުތަކެވެ. އިސްލާމީ މަރުކަޒަށް 40 އަހަރު ވިއިރު، އެ މިސްކިތުގެ ނަން ބޯޑުންނާއި މިހުރާބުގެ ތެރެއިން ވެސް އެ ފެންނަނީ މައުމޫންގެ އަތު ލިޔުއްވުމެވެ. މިސްކިތުގެ ނަން "މަސްޖިދުއް ސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމް" ބޯޑުގައި ލިޔުއްވީ ސީދާ މައުމޫންގެ އަތްޕުޅުންނެވެ. މިހުރާބުގެ ތެރޭގައި ފާތިހާ ސޫރަތާއި އާޔަތުލް ކުރުސި ލިޔުއްވީ ވެސް އެ މަނިކުފާނެވެ.

އިސްލާމީ މަރުކަޒުގެ މިހުރާބުގެ ތެރޭގައި ފާތިހާ ސޫރަތާއި އާޔަތުލް ކުރުސި ލިޔުއްވީ ވެސް ސީދާ މައުމޫންގެ އަތްޕުޅުން.

އިސްލާމީ މަރުކަޒުގެ މިހުރާބުގެ ތެރޭގައި ފާތިހާ ސޫރަތާއި އާޔަތުލް ކުރުސި ލިޔުއްވީ ވެސް ސީދާ މައުމޫންގެ އަތްޕުޅުން.

މިހާރުގެ އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، މީގެ 40 އަހަރު ކުރިއަށް ބަލާއިރު، އިސްލާމީ މަރުކަޒު ފަދަ ބިނާއެއް ރާއްޖޭގައި ގާއިމް ކުރުމަށް މައުމޫން ގެންގުޅުއްވީ ވަރަށް އުފެއްދުންތެރި ވިސްނުންފުޅެއް ކަމަށެވެ.

"ހަގީގަތުގައި އެ މަނިކުފާނުގެ އެ ހިކުމަތްތެރި ވިސްނުންފުޅުގެ ތެރެއިން ގާއިމް ކުރެވުނު މަރުކަޒު ވެގެން ގޮސްފައި ވަނީ ދިވެހިރާއްޖޭގައި ގައުމީ އެންމެ ބޮޑު އިސްލާމީ ބިނާ އަށް. އިސްލާމީ މަރުކަޒުގެ ތެރޭގައި އެވާ މިސްކިތާއި ދެން ހުރި ހުރިހާ ކަމަކުން މި ދައްކައިދެނީ ރާއްޖޭގެ އިސްލާމީ ވަންތަކަން،" މައުމޫނަށް ހައްގު ޝުކުރު އަދާކުރައްވަމުން ޝަހީމް ވިދާޅުވި އެވެ.

އިސްލާމީ މަރުކަޒު ހުޅުވުމަށް ބޭއްވި ހާއްސަ ހަފުލާގައި މައުމޫން ވިދާޅުވެފައިވާ ގޮތުން ނަމަ މާލޭގައި އެފަދަ ބިނާއެއް ހެދުމަކީ ނޮވެމްބަރު 11، 1978 ގައި ރައީސްގެ މަގާމާ ހަވާލުވެވަޑައިގެންނެވުމާ ހިސާބުން އެ މަނިކުފާނު ގެންގުޅުއްވަން ފެއްޓެވި ވިސްނުންފުޅެކެވެ. އެހެންވެ، މިސްކިތެއްގެ ނަމޫނާ ކުރެހުމެއް ތައްޔާރު ކޮށްދިނުމަށް 1980 ވަނަ އަހަރުގެ ތެރޭގައި އޭރުގެ އާކިޓެކްޗަރަލް ސެކްޝަންގައި މައުމޫން އެދިވަޑައިގަތެވެ.

ރޯދަ މަހުގެ ރޭތައް އިހްޔާ ކުރުމައް މައުމޫން ފައުންޑޭޝަން އިން އިންތިޒާމް ކޮށްގެން އިސްލާމީ މަރުކަޒް ގައި ބޭއްވި ޖަލްސާއެއްގައި އެ މަނިކުފާނު ވާހަކަފުޅު ދައްކަވަނީ: އިސްލާމީ މަރުކަޒު ހުޅުވީއްސުރެ ސަރުކާރުން ބާއްވާ ރޯދަމަސް އިހުޔާ ކުރުމުގެ ޖަލްސާ ބޭއްވި އެ ތަނުގައި.

ރޯދަ މަހުގެ ރޭތައް އިހްޔާ ކުރުމައް މައުމޫން ފައުންޑޭޝަން އިން އިންތިޒާމް ކޮށްގެން އިސްލާމީ މަރުކަޒް ގައި ބޭއްވި ޖަލްސާއެއްގައި އެ މަނިކުފާނު ވާހަކަފުޅު ދައްކަވަނީ: އިސްލާމީ މަރުކަޒު ހުޅުވީއްސުރެ ސަރުކާރުން ބާއްވާ ރޯދަމަސް އިހުޔާ ކުރުމުގެ ޖަލްސާ ބޭއްވި އެ ތަނުގައި.

އެ މަނިކުފާނު 1982 ގައި ސައޫދީ އަރަބިއްޔާ އަށް ވަޑައިގެން އެ ގައުމުގެ އޭރުގެ ރަސްގެފާނު ފަހުދު ބިން އަބްދުލްއަޒީޒަށް އެ ހިޔާލުފުޅު އެރުވި އެވެ. އިސްލާމީ މަރުކަޒުގެ ކުރެހުން ހިއްޕަވައިގެން ސައޫދީ އަރަބިއްޔާގެ ރަސްގެފާނުގެ އަރިހަށް ވަޑައިގަތީ ސީދާ މައުމޫނެވެ. އޭގެ ނަތީޖާއަކީ އިސްލާމީ މަރުކަޒު އިމާރާތްކުރުމަށްޓަކައި އެންމެ ފުރަތަމަ އެހީ ދެއްވީ ސައޫދީގެ އޭރުގެ ރަސްގެފާނު ފަހުދު ބިން އަބްދުލްއަޒީޒު ކަމަށް ވުމެވެ. އެނގިފައިވާ ގޮތުގައި ސައޫދީ ރަސްގެފާނު އެކަނި ވެސް ދެ މިލިއަން ޑޮލަރު ސީދާ މައުމޫންގެ އަތްޕުޅަށް ދެއްވި އެވެ. އެއީ ފައިސާގެ ޗެކެކެވެ.

އިސްލާމީ މަރުކަޒުގެ ގުއްބު އާއި މުންނާރު: މިއީ ރާއްޖޭގެ އިސްލާމީ ވަންތަކަމުގެ ރަމްޒު.

އިސްލާމީ މަރުކަޒުގެ ގުއްބު އާއި މުންނާރު: މިއީ ރާއްޖޭގެ އިސްލާމީ ވަންތަކަމުގެ ރަމްޒު.

މައުމޫނާއި ސައޫދީ ރަސްގެފާނުގެ މަޝްވަރާ އިން ނިންމެވީ ހަމައެކަނި މިސްކިތެއްގެ ބަދަލުގައި ބޮޑު އިސްލާމީ މަރުކަޒެއް މާލޭގައި ބިނާކުރުމަށެވެ.

އެ ހިސާބުން މައުމޫންގެ ވިސްނުންފުޅު އެ މަސައްކަތުގައި މާ ބޮޑަށް ފުޅާކުރެއްވި އެވެ. އެހެންވެ، ދެން ފެއްޓެވީ އެ މަނިކުފާނުގެ ސިކުނޑީގައި ކުރެއްސެވި އިސްލާމީ މަރުކަޒު ކަރުދާހުގައި ކުރަހައި އަދި ފައިސާ ލިބޭނެ ގޮތްތައް ފަހިކުރެއްވުމުގެ އުނދަގޫ މަސައްކަތެވެ.

އިސްލާމީ މަރުކަޒު އިމާރާތްކުރަން ދިވެހި ސަރުކާރުގެ އިތުރުން އެހީތެރިކަން ދިން ގައުމުތައް:

1- ސައޫދީ އަރަބިއްޔާ

2- ބުރޫނާއީ

3- ކުވައިތު

4- ޕާކިސްތާން

5- މެލޭޝިއާ

6- ޔޫއޭއީ

އިސްލާމީ މަރުކަޒު އިމާރާތް ކުރުމަށް ގާތްގަނޑަކަށް ހަ މިލިއަން ޑޮލަރު ހަރަދު ކޮށްފައިވާއިރު އޭގެ ތެރޭގައި އެހީތެރިކަން ދިނީ ދިވެހި ސަރުކާރުގެ އިތުރުން އެ ހަ ގައުމުންނެވެ.

އިސްލާމީ މަރުކަޒު އިމާރާތުގެ މަސައްކަތުގެ މަޝްރޫއު ހިންގުމުގައި އިސްވެ މަސައްކަތް ކުރުމަށް މައުމޫން އައްޔަން ކުރެއްވި ކޮމިޓީގައި ހިމެނިވަޑައިގެންނެވި ރައީސް އޮފީހުގެ އޭރުގެ ޕަބްލިކް ވޯކްސް ކޮންސަލްޓަންޓް އަބްދުﷲ ކަމާލުއްދީން ވިދާޅުވީ، އެކި ގައުމުތަކުން މައުމޫން އެހީ ހޯއްދެވުމުން ދައްކައި ދިނީ އެ މަނިކުފާނުގެ ހާރިޖީ ސިޔާސަތުގެ މޮޅުކަން ކަމަށެވެ.

އިސްލާމީ މަރުކަޒެއް އިމާރާތްކުރުމުގެ ހިޔާލުގައި އަމަލީ ކުލަޖެއްސުމުގެ މަސައްކަތްޕުޅު މައުމޫން އަމިއްލަފުޅަށް ފެއްޓެވީ 1982 ގަ އެވެ. އިސްލާމީ ބައެއް ކޮންފަރެންސްތަކަށް އެ މަނިކުފާނު އޭރު ވަޑައިގަތީ އިސްލާމީ މަރުކަޒުގެ ކުރެހުން ހިއްޕަވައިގެންނެވެ. އޭގެ ނަތީޖާއަކީ މަތީގައި އެވާ ގައުމުތަކުގެ އެހީތެރިކަމާ އެކު، ނޮވެމްބަރު 11، 1982 ގައި ބިންގާ އެޅުމެވެ. އިސްލާމީ މަރުކަޒު އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފެށީ މާޗް 1983 ގަ އެވެ. އަދި 19 މަސް ދުވަސް ފަހުން މަސައްކަތް ނިންމައި ނޮވެމްބަރު 11، 1984 ގައި އެ ތަން ރަސްމީކޮށް ހުޅުއްވައި ދެއްވި އެވެ.

އިސްލާމީ މަރުކަޒު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މައުމޫން އަދި އެ ރަސްމިއްޔާތަށް ވަޑައިގެންނެވި މެލޭޝިއާގެ އޭރުގެ ބޮޑުވަޒީރު މަހާތީރާއި އޭރުގެ ޝޭހް އަޒްހަރު ޖާދުލް ހައްގު އަލީ ޖާދުލް ހައްގު ބައިވެރިވެވަޑައިގަންނަވަނީ

އިސްލާމީ މަރުކަޒު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މައުމޫން އަދި އެ ރަސްމިއްޔާތަށް ވަޑައިގެންނެވި މެލޭޝިއާގެ އޭރުގެ ބޮޑުވަޒީރު މަހާތީރާއި އޭރުގެ ޝޭހް އަޒްހަރު ޖާދުލް ހައްގު އަލީ ޖާދުލް ހައްގު ބައިވެރިވެވަޑައިގަންނަވަނީ

އިސްލާމީ މަރުކަޒު އިމާރާތުގެ މަސައްކަތުގެ މަޝްރޫއު ހިންގުމުގައި އިސްވެ މަސައްކަތް ކުރުމަށް މައުމޫން އައްޔަން ކުރެއްވި ކޮމިޓީގައި ހިމެނިވަޑައިގެންނެވި ރައީސް އޮފީހުގެ އޭރުގެ ޕަބްލިކް ވޯކްސް ކޮންސަލްޓަންޓް އަބްދުﷲ ކަމާލުއްދީން ވިދާޅުވީ، މައުމޫން ނަމޫނާއަކަށް ބެއްލެވީ މެލޭޝިއާގެ ދުވަސްވީ މިސްކިތެއް ކަމަށްވާ ބަންގްސާ މިސްކިތް ކަމަށެވެ.

އެހެންވެ، އެ މިސްކިތް ކުރެއްސެވި ޑިޒައިނަރު ހޯއްދެވި އެވެ. އެއީ އޭރު ވެސް މެލޭޝިއާގައި އާކިޓެކްޓް ކުންފުންޏެއް ހިންގެވި ހާޖީދާރު ބިން އަބްދުލް މާޖިދެވެ.

އިސްލާމީ މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުްނ ދިޔަ ދުވަސްވަރު މައުމޫން އެ ތަނަށް ވަޑައިގެން އިރުޝާދު ދެއްވަނީ.

އިސްލާމީ މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުްނ ދިޔަ ދުވަސްވަރު މައުމޫން އެ ތަނަށް ވަޑައިގެން އިރުޝާދު ދެއްވަނީ.

"އޭނާ ގެންނަވައިގެން މި ކޮންސެޕްޓް ހަދައި، ކުރަހައި ޑިވެލޮޕްކުރީ. ރައީސް ބަރާބަރަށް އެކަންކަން ވަރަށް ގާތުން ބައްލަވަމުން ގެންދެވި. ހާޖީދާރު އެސޯސިއޭޓްސް ކިޔާ ކުންފުންޏެއް އެއީ. އެ ކުންފުނީގެ ވެރިއަކީ ވެސް ހާޖީދާރު. ކޮންޓްރެކްޓްގެ ބައެއް ވެސް އޭނާ ހިލޭ ކޮށްދެއްވި،" އަބްދުﷲ ވިދާޅުވި އެވެ.

އިސްލާމީ މަރުކަޒުގެ އިންޖިނިއަރިންގެ ހުރިހާ މަސައްކަތެއް ކުރީ ވެސް މެލޭޝިއާގެ ކުންފުނިތަކުންނެވެ. ހުރިހާ މަސައްކަތެއްގައި އެ ގައުމުގެ ހަތަރު ކުންފުންޏެއް ހިމެނެނުއިރު، އެ ގައުމުގެ ފަންސާހަކަށް މީހުން އެ މަސައްކަތްތަކަށް ގެނަ އެވެ.

އިސްލާމީ މަރުކަޒުގެ ކޮންޓްރެކްޓަރުން:

1- މެއިން ކޮންޓްރެކްޓަރު: ޗޫޕިއާ ކޮންސްޓްރަކްޝަން

2- ކޮންސަލްޓިން އާކިޓެކްސްޓް: ހާޖީދާރު އެންޑް އެސޯސިއޭޓްސް

3- ކޮންސަލްޓިން އިންޖިނިއާސް: ހާޝިމް އެންޑް ނޭހް ޖުރްޓެރާ ޕެރުންޑިން

4- ކޮންސަލްޓިން ކުއަންޓިޓީ ސާވެއާ: ނިކް ފަރީދު ދާން ލޯ

"އެކަމަކު ޕަބްލިކް ވޯކްސްގެ މަސައްކަތު މީހުން ގެނައިން އެ ތަނަށް. މިސާލަކަށް ދަގަނޑު ކީހުމާއި ފިލާ ކީހުމާއި އަދި ކޮންކްރީޓް ކުރާއިރު އެހީތެރިވާން ވެސް މަސައްކަތު މީހުން ގެނައިން. ދެން އިސްލާމީ މަރުކަޒުގެ ދެ ވިންގުގައި ފުރާޅު އެޅުމުގެ މަސައްކަތްކުރީ ޕަބްލިކްވޯކްސް ޑިޕާޓްމަންޓުގެ ވަޑިން،" މައުމޫން އަރިހުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި އަބްދުﷲ ވިދާޅުވި އެވެ.

އިސްލާމީ މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުްނ ދިޔަ ދުވަސްވަރު މައުމޫން އެ ތަނަށް ވަޑައިގެން އިރުޝާދު ދެއްވަނީ.

އިސްލާމީ މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުްނ ދިޔަ ދުވަސްވަރު މައުމޫން އެ ތަނަށް ވަޑައިގެން އިރުޝާދު ދެއްވަނީ.

އޭނާގެ އިތުރުން ދެން އިސްލާމީ މަރުކަޒުގެ މަސައްކަތްތަކުގައި އިސްކޮށް އުޅުއްވީ އަލީ އުމަރު މަނިކާއި އިލްޔާސް އިބްރާހީމާއި މައިޒާން އިބްރާހިމް މަނިކާއި މުހައްމަދު ޝަފީގު (ވޮޔަޖަސް) އަދި އަބްދުއްޝުކޫރު އަލީ (އާސްތާނާ) އެވެ.

އަބްދުﷲ ފާހަގަކުރެއްވި އެންމެ މުހިންމު އެއް ނުކުތާއަކީ އެ އޮތް ބޮޑު އިމާރާތް ނިންމައިލީ އެއްވެސް ކަމަކަށް އެއްވެސް ދައްޗެއް ނުވެ ކަމެވެ. ސާމާނުތަކެއް ނުލިބިގެން ދުވަހަކު މަސައްކަތެއް ހުއްޓާލާކަށް ނުޖެހެ އެވެ.

އިސްލާމީ މަރުކަޒު: މި މުންނާރުގެ އުސްމިނަކީ 133 ފޫޓު.

އިސްލާމީ މަރުކަޒު: މި މުންނާރުގެ އުސްމިނަކީ 133 ފޫޓު.

"އިލްޔާސް ކޮންމެ ދުވަހަކު ހެން ވަޑައިގަންނަވާ މަސައްކަތްތައް ބައްލަވާލައްވަން. ކޮންކްރީޓް މެޝިނެއް ހުއްޓުނަސް އިލްޔާސް އަރިހުގައި ދަންނަވާލީމާ ކޮންމެވެސް ދިމާލަކުން ގެނެސް ދެއްވާނެ. ވިސްނަވާ އެ އޮތް ބޮޑު ތަނަށް ގޮސްފައި ހުންނާނެ މެޓީރިއަލްގެ އަދަދު. އެކަމަކު، އެއްވެސް އެއްޗަކަށް ދައްޗެއް ނުވޭ،" އަބްދުﷲ ވިދާޅުވި އެވެ.

އިސްލާމީ މަރުކަޒުން މިހާރު އެ ފެންނަ ބައެއް ތަކެތި ގެނައީ ސީދާ ރާއްޖެއިން ބޭރުންނެވެ. ދެވަނަ ބުރި އާއި ތިންވަނަ ބުރީގައި ޖަހާފައިވާ ޓައިލްސްތައް ވެސް ގެނައީ އިސްލާމީ މަރުކަޒަށް ހާއްސަ ކޮށްގެން ގްރީސް އިންނެވެ.

"ކުޑަދޮރުގައި އެހެރަ ޖާލިތަކާއި މިހުރާބުގެ އަށް ވަންނަ ތަނުގައި އެހެރަ 8 ސްޓާ ލާފައިވާ ފިޔަތައް ވެސް ގެނައީ ރާއްޖެ އިން ބޭރުން. އެއީ ސީދާ ހާޖީދާރުގެ ޑިޒައިން. މިހުރާބުގެ ވަށައިގެން ހުންނާނެ ކުލަ ބިއްލޫރި އެއީ ޕާކިސްތާނުން ހައްދައިގެން އިސްލާމީ މަރުކަޒަށް ގެނައި އެއްޗެހި. ފުރަތަމަ ގެނައި ކާޕެޓް ވެސް އެއީ އެ ތަނަށް ޕާކިސްތާނުން ވިޔެގެން ގެނައި ކާޕެޓެއް. އެ ހޯލް ބަލާފައި ހޯލަށް ވިޔެގެން ގެނައީ ވެސް. އެ ފަތުރައި ދޭން ވެސް އައީ ޕާކިސްތާން ސަރުކާރުން ފޮނުވި މީހުން،" އަބްދުﷲ ވިދާޅުވި އެވެ.

"އެ ތާނގައި ހުންނާނެ މައްކާގެ ހަރަމްފުޅުގެ އުރައިގެ ބައެއް ވެސް. ބޮޑު ސިޑިން އަރައިގެންދާއިރު މަތިން އެ ފެންނަނީ މައްކާގެ ހަރަމްފުޅުގެ އުރައިގެ ބައެއް. އެ ކަހަލަ ވަރަށް ހާއްސަ ކަންތައްތަކެއް ހުންނާނެ އިސްލާމީ މަރުކަޒުގައި."

އޭރު އަޅުގަނޑުމެން ރާއްޖެ އިން ބޭރަށް ދިޔައީމާ ވެސް ބައެއް ބޭފުޅުން ވިދާޅުވާނީ ތިއީ މައުމޫންގެ ގައުމުގެ މީހުންނޭ. އެހާ ވެސް މައުމޫން މޮޅު،"--- އަބްދުﷲ ކަމާލުއްދީން

އިސްލާމީ މަރުކަޒު އިމާރާތް ކުރަމުން ދިޔައިރު، މައުމޫން އަޅައިގަތް އެއްކަމަކީ ދިވެހި މަސައްކަތްތެރިންގެ މާ ބޮޑު ކަމެއް އެ ތަނުން ފެންނަން ނެތުމެވެ. އެހެންވެ، ގުރުއާނުގެ އާޔަތްތަކާއި ސޫރަތްތައް ދިވެހިން ލައްވައި ލިޔެފައި ހަރުކުރަން ނިންމެވީ ސީދާ މައުމޫނެވެ. މިހުރާބުގެ ތެރޭގައި ހުންނަ ނޫކުލައިގެ ސެންޓަޕީސްގައި ފާތިހާ ސޫރަތާއި އާޔަތުލް ކުރުސި ސީދާ އެ މަނިކުފާނުގެ އަތްޕުޅުން ލިޔުއްވީ އެހެންވެ އެވެ. މިސްކިތުގެ ނަން ބޯޑު ވެސް ލިޔުއްވީ މައުމޫނެވެ. މައުމޫނަށް އެކަމުގައި އެންމެ ބޮޑު އެހީތެރިކަމެއް ދެއްވި އެއްބޭފުޅަކީ މުހައްމަދު ސޯދިގު (މުރިނގު) އެވެ.

"ދެން އެތެރޭގައި ހުރި އެހެން ލިޔުންތައް ލިޔުއްވީ ތަބައް އަލިފުޅު. އެ އެއްޗެހި ކަރުދާހުގައި ލިޔުއްވީމާ އިސްލާމީ މަރުކަޒަށް ގެނެސްފައި ކަރުދާސް ކަފާފައި ލަކުޑީގައި ހިއްޕައިގެން ލަކުޑި ކަފައިގެން އަކުރުތައް ރީއްޗަށް ކަފައިގެން ނަގައި އަނެއްކާ ހައިވަކަރު ލަކުޑީގައި ތައްކުރީ. އެ މަސައްކަތް ކުރީ ދިވެހިން،" އަބްދުﷲ ވިދާޅުވި އެވެ.

އިސްލާމީ މަރުކަޒުގެ ބައެއް މައުލޫމާތު:

- އިމާރާތް ހަދާފައި ވަނީ ތިން ބުރިއަށް.

- އިމާރާތުގެ އެންމެ ތިރީބައިގެ ބޮޑުމިނަކީ 27،066 އަކަފޫޓު.

- ފަސް ކްލާހާއި ލައިބްރަރީއަކާއި ކޮންފަރެންސް ހޯލެއް ހުރޭ.

- ނަމާދުކުރާ ބައި ބަހާލާފައި ވަނީ ތިން ބަޔަށް. އެއްފަހަރާ 4،500 މީހުންނަށް ނަމާދު ކުރެވޭނެ.

- އިސްލާމީ މަރުކަޒާ އެކު ހެދި މިސްކިތުގެ ނަން ހާއްސަކުރީ ޕޯޗުގީޒުންގެ އަތްދަށުން ދިވެހި ގައުމު ސަލާމަތް ކޮށްދެއްވި ބަތަލަށް. މިސްކިތުގެ ނަމަކީ މަސްޖިދުއް ސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމް އެވެ.

- މިސްކިތް ބިނާކޮށްފައި ވަނީ ކުރީގައި މާލޭގައި މަޝްހޫރު އިބްރާހީމީ މައިދާންގައި. ރާއްޖޭގެ ތަހުތުގައި އެންމެ ފަހުން ދެވަނަ އަށް ރަސްކަން ކުރެއްވި ހަސަން ނޫރައްދީން ރަދުންނަށް ކޮލިލުމުގެ ރަސްމިއްޔާތު ބޭއްވި ދަރުބާރުގެ އެޅީ ވެސް އެ ބިމުގައި. އިނގިރޭސި ސަރުކާރުން ރާއްޖެ އަށް ދެމުން އައި ޖިޒީ ކަނޑާލުމަށް 1948 ގައި ދެ ސަރުކާރުން އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ވެސް ބޭއްވީ ހަމަ މި ބިމުގައި. ގަސްދޮށު މިސްކިތާއި އަފީފުއްދީން މިސްކިތް ވެސް ކުރިން ހުރީ އިސްލާމީ މަރުކަޒު މިހާރު އެހެރަ ބިމުގައި.

އެ މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި އޭރު ވަރަށް ޅަ އެކަމަކު ފަހުން ރާއްޖޭގައި މަޝްހޫރު އާކިޓެކްޗަރުން ހިމެނެ އެވެ. އޭގެ ތެރޭގައި ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރުން ކަމަށްވާ މައުރޫފް ޖަމީލާއި އިބްރާހިމް ރަފީގު އަދި މިހާރުގެ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވެސް ހިމެނިވަޑައިގަންނަވަ އެވެ. ދެން ހިމެނިވަޑައިގަންނަވަނީ އަހުމަދު ނަޖާހާއި އިބްރާހިމް އަބްދުލް އަޒީޒާއި މުހައްމަދު ގާސިމާއި މުހައްމަދު ވަހީދާއި އަބްދުލް މަޖީދު މުހައްމަދާއި ހުސައިން ތައުފީގާއި ހުސއިން އަފީފާއި އަބްދުލް އަޒީޒު ޔޫސުފް (ދޫނިހުރާ) އަދި އިބްރާހިމް ނައީމް (މާކުން ނައީމް) އެވެ.

އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތަށް ނޮވެމްބަރު 1984 ރާއްޖެ ވަޑައިގެންނެވި ބޭރުގެ ބައެއް މަންދޫބުން.

އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތަށް ނޮވެމްބަރު 1984 ރާއްޖެ ވަޑައިގެންނެވި ބޭރުގެ ބައެއް މަންދޫބުން.

އިސްލާމީ މަރުކަޒު އިމާރާތްކޮށް ހުޅުވުމަކީ 80 އިގެ އަހަރުތަކުގައި މާލޭގައި ހިންގި އެންމެ ބޮޑު އަދި ރައްޔިތުންގެ ބައިވެރިވުން ވެސް އެންމެ ބޮޑު އެއް މަޝްރޫއެވެ. އެ ތަން ހުޅުވުމުގެ ތައްޔާރީތަކަށް މައުމޫންގެ އެދިވަޑައިގަތުމަކަށް ހުރިހާ އަވަށްތަކުން މީހުން ނެރުނެވެ. ސަރުކާރުގެ ހުރިހާ އޮފީސްތަކުން މުވައްޒަފުން ނުކުތެވެ. ރާއްޖެ އިން ބޭރުން ފަންސާހަށް ވުރެ ގިނަ ބޭފުޅުން ވަޑައިގަތެވެ.

ނޮވެމްބަރު 11، 1984 ގައި އިސްލާމީ މަރުކަޒު ހުޅުއްވުމުގެ ރަސްމިއްޔާތަށް ފަހު، އޭރުގެ ޝޭހް އަޒްހަރު ޖާދުލް ހައްގު އަލީ ޖާދުލް ހައްގު އިމާމްވެ އެ ދުވަހުގެ މެންދުރު ނަމާދު ކުރައްވަނީ.

ނޮވެމްބަރު 11، 1984 ގައި އިސްލާމީ މަރުކަޒު ހުޅުއްވުމުގެ ރަސްމިއްޔާތަށް ފަހު، އޭރުގެ ޝޭހް އަޒްހަރު ޖާދުލް ހައްގު އަލީ ޖާދުލް ހައްގު އިމާމްވެ އެ ދުވަހުގެ މެންދުރު ނަމާދު ކުރައްވަނީ.

"ވިސްނަވާ އެފަދަ ދުވަސްވަރެއްގައި ވެސް ބޭރުގެ އިއްޒަތްތެރިންގެ ކަންކަން ދިވެހިން މެނޭޖު ކުރެއްވި ގޮތް ރަނގަޅުކަން. އެއްވެސް މައްސަލައެއް ދިމައެއް ނުވޭ. ކުރުނބާގައި އެއްބަޔަކު، އަނެއް ބަޔަކު ވިލިނގިލީގައި. ދެން މާލޭގެ އާއި ހިލާލީގޭގައި ބޭފުޅުން ތިއްބެވީ،" އަބްދުﷲ ފަހުރުވެރިކަމާ އެކު ވިދާޅުވި އެވެ.

އަށްޑިހައިގެ އަހަރުތަކުގައި އިސްލާމީ މަރުކަޒު ދުރުން ފެންނަ ގޮތް.

އަށްޑިހައިގެ އަހަރުތަކުގައި އިސްލާމީ މަރުކަޒު ދުރުން ފެންނަ ގޮތް.

އިސްލާމީ މަރުކަޒު ހުޅުވި ރަސްމިއްޔާތަށް ވަޑައިގެންނެވި ބޭރުގެ އިސް އިއްޒަތްތެރިން

1- ޝައިހް އަޒްހަރް، ޖާދުލް ހައްގު އަލީ ޖާދުލް ހައްގު

2- މެލޭޝިއާގެ ބޮޑުވަޒީރު ޑރ. މަހާތީރު މުހައްމަދު

3- މައްކާގެ ހަރަމްފުޅުގެ އިމާމް

4- ގާރީ އަބްދުލް ބާސިތު އަބްދުއްސަމަދު

5- ބުރޫނާއީގެ ރަސްގެފާނުގެ ފަރާތްޕުޅުން މަންދޫބެއް

6- ސައޫދީ ރަސްގެފާނުގެ ފަރާތްޕުޅުން މަންދޫބެއް

7- ޕާކިސްތާން ފަރާތުން މަންދޫބެއް

8- ކުވެއިތުގެ ފަރާތުން މަންދޫބެއް

9- ސްރީ ލަންކާގެ ފަރާތުން މަދޫބެއް

10- ބަންގްލަދޭޝްގެ މަންދޫބެއް

އިސްލާމީ މަރުކަޒު އިމާރާތް ކުރުމަށް ސީދާ މައުމޫން ކުރެއްވި މަސައްކަތްޕުޅުގެ ނަތީޖާ ވަރަށް ރަނގަޅެވެ. އެއީ އޭރު މައުމޫން ގެންގުޅުއްވި ހާރިޖީ ސިޔާސަތުގެ މޮޅުކަމުންނާއި ގައުމުތަކުގެ ވެރިންނާ ބެހެއްޓެވި ގާތްގުޅުމުގެ ސަބަބުންނެވެ.

"އޭރު އަޅުގަނޑުމެން ރާއްޖެ އިން ބޭރަށް ދިޔައީމާ ވެސް ބައެއް ބޭފުޅުން ވިދާޅުވާނީ ތިއީ މައުމޫންގެ ގައުމުގެ މީހުންނޭ. އެހާ ވެސް މައުމޫން މޮޅު،" އަބްދުﷲ ވިދާޅުވި އެވެ.

އިސްލާމީ މަރުކަޒު ހުޅުވި ރަސްމިއްޔާތަށް ފަހަު ރައީސް މައުމޫން ކާރުކޮޅަށް އަރާވަޑައިގަންނަވަނީ.

އިސްލާމީ މަރުކަޒު ހުޅުވި ރަސްމިއްޔާތަށް ފަހަު ރައީސް މައުމޫން ކާރުކޮޅަށް އަރާވަޑައިގަންނަވަނީ.

އިސްލާމީ މަރުކަޒަށް މިއަދު 40 އަހަރު ފުރޭއިރު އެއީ ތާރީހެއް އޮތް ތަނަކަށް ވަނީ ވެފަ އެވެ. ދިވެހިން އިސްލާމްދީނަށް ހޭލުންތެރިކުރުވުމަށްޓަކައި މިދިޔަ 40 އަހަރު މެދުނުކެނޑި ކޮންމެ ރޯދަމަހެއްގައި އިހުޔާ ޕްރޮގްރާމް ބޭއްވީ އިސްލާމީ މަރުކަޒުގެ ހޯލްގަ އެވެ. މުލީއާގޭގައި މައުމޫން ކުރިއަށް ގެންދެވި އެ ޕްރޮގްރާމް އިސްލާމީ މަރުކަޒަށް ބަދަލުކުރައްވައި ތާރީހުން ޖާގަ ހޯއްދެވި އެވެ. މިއަދު އެއީ އިސްލާމްދީނާ ގުޅޭ އެތައް ކަމެއް ހިނގާ ރާއްޖޭގެ މުހިންމު މަރުކަޒެކެވެ.

އިސްލާމީ މަރުކަޒުގެ ބިނާއަކީ ސީދާ މައުމޫންގެ ދުރު ވިސްނުންފުޅު ނޫން އެހެން ކަމެއް ނޫނެވެ. އިމާރާތުގެ ޑިޒައިނާއި ފައިސާ ހޯއްދެވުމުން ފެށިގެން ހުރިހާ ކަމެއް ގާތުން ބެއްލެވުމުގެ ނަތީޖާ 40 އަހަރު ފަހުން ބަލާލީމާ ފެންނަނީ އެ މަނިކުފާނުގެ މޮޅުކަމެވެ. ހިކުމަތްތެރިކަމެވެ. އިސްލާމީ މަރުކަޒު ހުޅުވި ފަހުން ނުވަ އަހަރު ވަންދެން އެ ތަނުގައި އިދާރީ ކަންކަން ވެސް އިސްވެ ބެލެހެއްޓެވި އަބްދުﷲ ވިދާޅުވާ ގޮތުން ނަމަ އެއީ މައުމޫން ވަރަށް ލޯބި ކުރެއްވި މަސައްކަތްޕުޅެކެވެ.