08 ނޮވެމްބަރ 2024
ލަންޑަން (ނޮވެމްބަރު 8) - އަރުމީނިއާގެ އެފްސީ ނޯއާ އާ ވާދަކޮށް 8-0 އިން މޮޅުވެ، ޗެލްސީން ޔޫއެފާ ކޮންފަރެންސް ލީގު މެޗެއްގައި، ޓީމަކުން މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީ ހޯދައިފި އެވެ.
ލަންޑަން (ނޮވެމްބަރު 8) - އަރުމީނިއާގެ އެފްސީ ނޯއާ އާ ވާދަކޮށް 8-0 އިން މޮޅުވެ، ޗެލްސީން ޔޫއެފާ ކޮންފަރެންސް ލީގު މެޗެއްގައި، ޓީމަކުން މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީ ހޯދައިފި އެވެ.
ރޭގެ ނަތީޖާ އަކީ ޗެލްސީގެ ތާރީހުގައި އެއް މެޗަކުން އެ ޓީމުން ދެވަނަ އަށް ހޯދި އެންމެ ބޮޑު މޮޅެވެ. ހަމަ މި ނަތީޖާއިން 2012 ވަނަ އަހަރު އެސްޓަން ވިލާ އަތުން ވެސް އެ ޓީމު މޮޅުވި އެވެ. އެއް މެޗަކުން އެ ޓީމުން ނެރުނު އެންމެ ބޮޑު ނަތީޖާ އަކީ 1971 ގައި ލަގްޒަމްބާގްގެ ކްލަބް، ޖެނީސް ހާޝްރޭޖް އަތުން 13-0 ން މޮޅުވި މެޗެވެ.
ޗެލްސީން ވަނީ ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ހަ ގޯލު ޖަހައިފަ އެވެ. އެގޮތުން ޑިފެންޑަރު ޓޮސިން އަޑާރަބިއޯޔޯ އާއި މާކް ގިއޫ އަދި ޑިފެންޑަރު އަކްސެލް ޑިސާސީގެ އިތުރުން ޔާއޯ ފީލިކްސް ވަނީ ފުރަތަމަ ވިއްސަކަށް މިނިޓު ތެރޭ ހަތަރު ގޯލުގެ ލީޑެއް ނަގައިދީފަ އެވެ. އަދި ހާފު ނިމެން ފަސްވަނަރަކަށް މިނިޓަށް ވެފައި ވަނިކޮށް ފީލިކްސް އާއި މިކައިލޯ މުޑްރިކް ވަނީ އިތުރު ދެ ގޯލު ޖަހައިފަ އެވެ.
ޗެލްސީގެ ފަހު ދެގޯލު މެޗު ނިމެން ވިއްސަކަށް މިނިޓަށް ވެފައިވަނިކޮށް ކާމިޔާބު ކޮށްދިނީ ކްރިސްޓޮފާ އެންކޫންކޫ އެވެ. އޭނާ ފަހު ގޯލު ކާމިޔާބު ކުރީ ޕެނަލްޓީއަކުންނެވެ.
އެންކޫންކޫ ވަނީ ކޮންފަރެންސް ލީގުގައި ޗެލްސީން މިހާތަނަށް ކުޅުނު ތިން މެޗުގައި ވެސް ގޯލު ޖަހައިފަ އެވެ. އަދި ކޮލިފައިން ޕްލޭއޮފް ދެ މެޗުގައި ވެސް އޭނާ ވަނީ ގޯލެއް ޖަހައިފަ އެވެ. އެންކޫންކޫ އާއި ޔާއޯ ފީލިކްސް ވެސް ވަނީ ކޮންފަރެންސް ލީގުގައި މިހާތަނަށް ޖުމްލަ ހަތަރު ގޯލު ކާމިޔާބު ކޮށްފަ އެވެ.
މިހާތަނަށް ކުޅުނު ލީގު ބުރުގެ ތިން މެޗު ވެސް ކާމިޔާބު ކޮށްގެން ނުވަ ޕޮއިންޓާ އެކު އެއްވަނައިގައި އޮތީ ޗެލްސީ އެވެ. ލީގު ތާވަލްގެ ދެވަނަ މަގާމުން ފެށިގެން ހަޔަކާ ހަމައަށް ތަރުތީބުވެފައިވާ ޓީމުތަކަށް ވެސް ނުވަ ޕޮއިންޓް ލިބިފައިވެ އެވެ. ނަމަވެސް ޗެލްސީ އެއްވަނައިގައި އޮތީ ތަފާތު ބޮޑުކޮށް ގޯލް ޑިފަރެންސުން ކުރި ހޯދައިގެންނެވެ.
ޔޫރަޕްގެ ތިންވަނަ ފަންތީގެ މުބާރާތުގެ ގޮތުގައި ކޮންފަރެންސް ލީގު ފުރަތަމަ ބާއްވަން ފެށީ 2021/2022 ސީޒަންގަ އެވެ. ޗެލްސީ ވަނީ ޔޫރޮޕާ ލީގާއި ޗެމްޕިއަންސް ލީގު ވެސް ދެ ފަހަރު ކާމިޔާބު ކޮށްފަ އެވެ. އަދި މިއީ ޗެލްސީން ކޮންފަރެންސް ލީގުގައި ވެސް ކުޅޭ ފުރަތަމަ ފަހަރެވެ.
ކޮންފަރެންސް ލީގު ފުރަތަމަ ސީޒަންގައި ޗެމްޕިއަންކަން ހޯދީ ހޯޒޭ މޮރީނިއޯ ކޯޗު ކޮށްދިން އިޓަލީގެ ރޯމާ އެވެ. ޖެހިގެން އައި ސީޒަންގައި ޕްރިމިއާ ލީގްގެ ކްލަބް ވެސްޓް ހޭމް ޔުނައިތެޑް ތަށި އުފުލާލި އިރު، މިދިޔަ ސީޒަންގެ ޗެމްޕިއަންކަން ހޯދީ ގްރީސްގެ އޮލިމްޕިއާކޯސް އެވެ.
ޔުވެންޓަސް ޔޫރަޕުން ބޭރުކޮށް ޗެލްސީ ޖޫރިމަނާ ކޮށްފި
ޗެލްސީއާ ހެދި ޔޫއެފާއިން ގަވާއިދު ބަދަލުކުރަނީ
ޔުއެފާ ސުޕަ ކަޕް މެޗަށް އަންހެން ރެފްރީ އެއް
ދަނޑުގެ މައްސަލައިގައި ސާރީ ޔުއެފާ އަށް ފާޑުކިޔައިފި
އާސެނަލް އެއްވަރު، ޗެލްސީ ދެ ވަނައިގައި ލީޑު ނަގައިފި
ޗެލްސީގައި އެއް ކޯޗަކު ދެމިހުންނަން ޖެހޭ: މަރެސްކާ
ޗެލްސީ އެކަޑަމީ މެޗުތަކަށް ބައެއް ސްކައުޓުން މަނާކުރަނީ
ޔުނައިޓެޑާއި ޗެލްސީއަށް ޕޮއިންޓެއް، ޓޮޓެންހަމް ބަލި
ފުރަތަމަ ހާފުގައި ހަތަރު ގޯލު: ޕާމާ އަށް ރެކޯޑެއް
ސިޓީއަށް މޮޅުނުވެވުމުން ލިވަޕޫލް އެއް ވަނައަށް