01 ނޮވެމްބަރ 2024
މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ އެވޯޑް ނައިޓްގައި، އޯޑިއޯ/ވީޑިއޯ ކެޓަގަރީގެ ތަހުގީގީ ނޫސްވެރިކަމުގެ އިނާމު "އަދަދު" އޮންލައިނަށް ދީފައި ވަނީ އުސޫލުތަކާއި މަގުސަދުތަކާ ހިލާފަށް ކަމަށް އެވޯޑްތަކަށް އިންސާފު ކޮށްދިން ފަނޑިޔާރުން މިރޭ ވިދާޅުވެއްޖެ އެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ އެވޯޑް ނައިޓްގައި، އޯޑިއޯ/ވީޑިއޯ ކެޓަގަރީގެ ތަހުގީގީ ނޫސްވެރިކަމުގެ އިނާމު "އަދަދު" އޮންލައިނަށް ދީފައި ވަނީ އުސޫލުތަކާއި މަގުސަދުތަކާ ހިލާފަށް ކަމަށް އެވޯޑްތަކަށް އިންސާފު ކޮށްދިން ފަނޑިޔާރުން މިރޭ ވިދާޅުވެއްޖެ އެވެ.
މިދިޔަ އަހަރުގެ ނޫސްވެރިކަމުގެ އެވޯޑުގެ ހަ ފަނޑިޔާރުން އެހެން ވިދާޅުވީ، އެ ބޭފުޅުން ސޮއިކުރައްވައި ދެންމެ ނެރުއްވި ބަޔާނެއްގަ އެވެ.
ތަހުގީގީ ދާއިރާއިން ނޫސްވެރިކަމުގެ އިނާމު ލިބުނީ "އަދަދު" އޮންލައިންގެ "ސްކީލާން" ޑޮކިއުމެންޓްރީއަށެވެ. އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދޮންމަންމާފުޅު ސްކީލާން އެ މަނިކުފާނަށް ބޮޑެތި ތުހުމަތެއް ކުރައްވާފައިވާ ޑޮކިއުމަންޓްރީއެކެވެ.
މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ނެރުނު އެ ޑޮކިއުމެންޓްރީގައި ކުރާ ތުހުމަތުތައް ރައީސް މުއިއްޒުގެ ފަރާތްޕުޅުން އޭރު ވެސް ވަނީ ދޮގު ކުރައްވައިފަ އެވެ. ރައީސްގެ ފަރާތްޕުޅުން ވިދާޅުވެފައި ވަނީ އެއީ ހަގީގަތާ ހިލާފު ވާހަކަތަކެއް ހިމެނޭ ވީޑިއޯއެއް ކަމަށެވެ.
އެ ޑޮކިއުމެންޓްރީ އަށް އިންސާފު ކޮށްދިން ފަނޑިޔާރުން ވަނީ އެ ބޭފުޅުން ނެރުއްވި ބަޔާނުގައި ހަތް ކަމެއް ފާހަގަކުރައްވައިފަ އެވެ.
އެއްކަމެއްގެ ގޮތުގައި ފަނޑިޔާރުން ވިދާޅުވީ، އެ ޑޮކިއުމެންޓްރީއަކީ ދިވެހި މީޑިއާގެ އަޚުލާގީ މިންގަނޑުގައި ބަޔާންކުރާ އުސޫލުތަކަށް ބެލުމެއް ނެތި އާންމު ކޮށްފައިވާ ޑޮކިއުމެންޓްރީއެއްކަން އެމްއެމްސީ އަށް ފާހަގަވެގެން އެކަން އެ ގޮތަށް ނުކުރަން މިދިޔަ އަހަރުގެ ސެޕްޓެމްބަރު 28 ގައި ނޫސްބަޔާން ނެރެފައިވުމެވެ.
ފަނޑިޔާރުން ވިދާޅުވީ، އެ ޑޮކިއުމެންޓްރީ އެމްއެމްސީ އަށް ބަލައިގަނެ، ފަނޑިޔާރުންނާ ހަމައަށް ގެންދިޔައީ ބަލަންވާ ވަރަށް ނުބަލައި ކަމަށެވެ.
1- ހޯރަފުށި މުހައްމަދު ސަލީމް
2- ޝަމްއާން ޝާކިރު
3- ހަސަން އާމިރު
4- ފާތިމަތު އަޝްމާ ފަހީމް
5- އަބްދުﷲ ނައީމް އިބްރާހިމް
6- އަބްދުﷲ އަޒްމީން
"އެހެންކަމުން މި އުފެއްދުން ކައުންސިލަށް ބަލައިގަތް ނިޔަތާ މެދު ސުވާލު އުފެދޭ،" ފަނޑިޔާރުންގެ ބަޔާނުގައި ވެ އެވެ.
ފަނޑިޔާރުން ވިދާޅުވިގޮތުގައި، އެ ބޭފުޅުން އުފެއްދެވި ސުވާލުތަކަށް އެމްއެމްސީން ޒިންމާދާރުކަމާ އެކު ޖަވާބުދާރީއެއް ވެސް ނުވެ އެވެ.
"އޯޑިއޯ، ވީޑިއޯ ދާއިރާ އިން ތަހުގީގީ ނޫސްވެރިކަމުގެ އެވޯޑަށް އިންސާފު ކުރުމަށް ފަނޑިޔާރުންނަށް ދީފައިވާ ރުބްރިކްގައި ތަހުގީގީ ނަޒަރަކުން އުފެއްދުމަށް އިންސާފު ކުރެވޭނެ ގޮތް ވަރަށް ބޮޑަށް ހަނިކޮށްފައި އޮތުން. ރުބްރިކްގައި 80 ޕަސެންޓް ފަރުމާ ކޮށްފައި އޮތީ ވީޑިއޯ އުފެއްދުމުގެ ޓެކްނިކަލް ކޮލިޓީސްތަކަށް މާކްސް ދޭން ޖެހޭ ގޮތަށް. މިހެންވެ ތަހުގީގީ ނޫސްވެރިކަމުގެ ނަޒަރިއްޔާތަކުން މާކްސް ދެވޭނެ އެއްވެސް ގޮތެއް ނެތް،" ފަނޑިޔާރުން ވިދާޅުވި އެވެ.
އެ ބޭފުޅުން ވިދާޅުވީ، އެވޯޑަށް ހުށަހަޅާފައިވާ ހުރިހާ އުފެއްދުންތަކާއި އެވޯޑްސްގެ ޖުމުލަ އަދަދު ފަނޑިޔާރުންގެ ޕެނަލާ ވެސް ހިއްސާ ނުކުރާ ކަމަށެވެ.
"މީގެ ކުރީ އަހަރުތަކުގައި ފަނޑިޔާރުންގެ ނިންމުންތައް ކައުންސިލާ ހަވާލުކުރުމުގެ ބަދަލުގައި، މާކްސް ނިމުމުން ހަވާލުކުރަނީ ސިޓީ އުރައިގައި ބަންދުކޮށް، ސީލްކޮށް އެކަމަށް ކަނޑައަޅާފައިވާ އޮޑިޓް ފާމަށް. މި ފަހަރު މިއިން އެއްވެސް ކަމެއް ކޮށްފައި ނެތް،" ފަނޑިޔާރުން ވިދާޅުވި އެވެ.
އެމްއެމްއެސީ އެވޯޑް ނައިޓްގެ ހަފުލާ ދައުލަތުގެ މީޑިއާ ޕީއެސްއެމުން ލައިވްކޮށްފައިވާއިރު، "ސްކީލާން" ޑޮކިއުމެންޓްރީ ވެސް ވަނީ ލައިވްކޮށް ދައްކައިފަ އެވެ. އެއީ ޕީއެސްއެމުން ގެންގުޅޭ މިންގަނޑާ ހިލާފު ވީޑިއޯއެއް ކަމަށް ވާތީ އެ ވީޑިއޯ ލައިވް ކުރި މައްސަލާގައި އެމްއެމްސީގެ ރައީސް އަހުމަދު މުސްތަފާ ވެސް ރޭ ޕީއެސްއެމްގެ ވަޒީފާ އިން ވަކިކުރި އެވެ. އެކަމަކު، މުސްތަފާ ވަޒީފާ އިން ވަކިކުރި ކުރުން ޕީއެސްއެމްގެ ބޯޑުގައި މުރާޖައާ ކޮށްދިނުމަށް އެދިވަޑައިގަތުމުން ވަޒީފާ މިރޭ ވަނީ އިޔާދަކޮށްދީފަ އެވެ.
ޕީއެސްއެމްގެ ނިއުސް އޮޕަރޭޝަންގެ މަގާމު ފުރުއްވަމުން އައި މުސްތަފާ މިރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެވޯޑް ހަފުލާއާ ގުޅޭ ކަންކަމުގައި އޭނާގެ ސީދާ ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ.
ނޫސްވެރިކަމުގެ އިނާމުގެ މާކްސްތައް އާންމުކޮށްފި
އެވޯޑުގެ މައްސަލަ ތަހުގީގުކުރަން އޭސީސީން އެމްއެމްސީއަށް
"އެވޯޑު ހަފުލާގައި އަޅުގަނޑުގެ ބައިވެރިވުމެއް ނެތް"
ޝަނާ: ލިޔަން ޖެހިލުމެއް ނުވާނެ، ނަތީޖާ ނެރޭނެ
ނޫސްވެރިކަމުގެ އެވޯޑު ޖަލްސާ ބުދަ ދުވަހަށް ފަސްކޮށްފި
ނޫސްވެރިކަމުގެ އިނާމަށް 80 އަށް ވުރެ ގިނަ ހުށަހެޅުން
"ދައުރު ނިމެންވާއިރަށް ޕްރެސް ކްލަބް ނިންމާލެވޭނެ"
އަރުތަ އެވޯޑު: އަލީ ހުސެއިނާއި ހުސެއިން މުހައްމަދަށް
ނޫސްވެރިކަމުގެ ގިނަ އެވޯޑުތައް ސަންގަށް
އިނާމުގެ މައްސަލަ ބޮޑުވެފައި ވަނިކޮށް ރައީސަށް ސިޓީއެއް