29 އޮކްޓޯބަރ 2024
ޕޯޗުގަލްގެ ސްޕޯޓިންގެ ކޯޗު ރުބެން އަމޯރިމް ގެންނަން މެންޗެސްޓާ ޔުނައިޓެޑުން މަޝްވަރާކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ޕޯޗުގަލްގެ ސްޕޯޓިންގެ ކޯޗު ރުބެން އަމޯރިމް ގެންނަން މެންޗެސްޓާ ޔުނައިޓެޑުން މަޝްވަރާކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ޔުނައިޓެޑުން ވަނީ އެ ޓީމުގެ ކޯޗުކަމުން ނެދަލެންޑްސްގެ އެރިކް ޓެން ހަގް އިއްޔެ ވަކިކޮށްފަ އެވެ. ވަގުތީ ކޯޗުކަން ދީފައިވަނީ ޓެން ހަގްގެ އެސިސްޓަންޓަކަށް މަސައްކަތްކުރި ކުރީގެ ފޯވާޑް ރުޑް ވެން ނިސްޓެލްރޫއީ އަށެވެ.
އިނގިރޭސި ވަރަށް ގިނަ ނޫސްތަކުން ބުނާ ގޮތުގައި ޔުނައިޓެޑުގެ ބޯޑުން ބޭނުންވަނީ އުމުރުން 39 އަހަރުގެ އަމޯރިމް ގެންނާށެވެ. އަދި ޔުނައިޓެޑް އޮތީ ސްޕޯޓިން އިން އޭނާ ވީއްލުމަށް ދައްކަން ޖެހޭ އަދަދު ދޭން ވެސް ތައްޔާރަށް ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.
އަމޯރިމް އަކީ ޕޯޗުގަލް ގައުމީ ޓީމާއި، އެ ގައުމުގެ ބެންފީކާ އަށް ކުޅެފައިވާ މިޑްފީލްޑަރެކެވެ. އޭނާ އުމުރުން 32 އަހަރުގައި ކުޅުން ހުއްޓާލުމަށް ފަހު ކޯޗިން ފަށައި އަންނަނީ ރަނގަޅު މަސައްކަތްތަކެއް ކުރަމުންނެވެ.
ލިވަޕޫލުން ވެސް ވަނީ މިދިޔަ ސީޒަނަށް ފަހު ޔާގެން ކްލޮޕް ވަކިވުމުން އަމޯރިމް ގެންނަން މަސައްކަތްކޮށްފަ އެވެ. ނަމަވެސް އެ ކްލަބުން ފަހުން ނިންމީ އާނެ ސްލޮޓްއާ ޓީމު ހަވާލުކުރާށެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އަމޯރިމްގެ ޝައުގުވެރިކަން ބޮޑަށް ހުރީ މެންޗެސްޓާ ސިޓީގެ ކޯޗުކަމުން ޕެޕް ގާޑިއޯލާ ވަކިވުމުން އެ ޓީމާ ހަވާލުވާށެވެ. އެކަމަކު ޔުނައިޓެޑުގެ ފުރުސަތަކީ ނޫނެކޭ ބުނާ ވަރަށް ވުރެ އޭނާ އަށް މުހިއްމު ވަޒީފާއެއް ކަމަށް ބެލެވެ އެވެ.
ޔުނައިޓެޑުގެ ކޯޗުކަމުން އިއްޔެ ވަކިކުރި ޓެން ހަގް އަކީ ނެދަލެންޑްސްގެ އަޔަކްސްގައި ރަނގަޅު މަސައްކަތްތަކެއްކޮށްފައިވާ ކޯޗެކެވެ. އެކަމަކު ޔުނައިޓެޑާ 2022 ވަނަ އަހަރު ހަވާލުވެ އެފްއޭ ކަޕާއި، ލީގު ކަޕް ކާމިޔާބުކޮށްދެވުން ފިޔަވައި ބޮޑު ކާމިޔާބެއް ނުހޯދުނެވެ. އޭނާ އެދޭ ވަރަށް ކްލަބުން ބަޖެޓް ދިން ނަމަވެސް، އެކަށީގެންވާ ޓީމެއް ބިނާކުރުމުގައި ވެސް ފެއިލްވީ އެވެ. މި ސީޒަނުގައި އެ ޓީމު އޮތީ ނުވަ މެޗުން 11 ޕޮއިންޓާ އެކު ޕްރިމިއާ ލީގުގެ 14 ވަނައިގަ އެވެ.
ވެން ނިސްޓެލްރޫއީ އަށް ފެނާންޑޭސްގެ ތައުރީފު
އަމޯރިމަށް ވިސާ ނުލިބޭ، މަސައްކަތް ފެށުން ލަސްވެދާނެ
ޔުނައިޓެޑްގެ ދާއިމީ ކޯޗުކަން ކުރަން ނިސްޓެރޫއީ ބޭނުންވޭ
ޔުނައިޓެޑުގެ ފުރަތަމަ އިމްތިހާނުން އަމޯރިމް ފާސްވެއްޖެ
ޓެން ހަގްގެ ކިބައިން ބްރުނޯ މައާފަށް އެދިއްޖެ
ޔުނައިޓެޑްގައި ކަމެއް ސާބިތުކޮށްދޭން އަމޯރިމް ބޭނުންވޭ
ނިސްޓެލްރޫއީ ހުރީ ޔުނައިޓެޑުގައި މަޑުކުރަން ބޭނުންވެފައި
ޔުނައިޓެޑްގައި ޓެންހަގަށްވެސް ނުވި، މަގާމުން ވަކިކޮށްފި
ޑިލިޓް ދަނޑުން ފޮނުވާލުމުން ޓެން ހަގް ރަތަށް
ޗެލްސީ އެކަޑަމީ މެޗުތަކަށް ބައެއް ސްކައުޓުން މަނާކުރަނީ