28 އޮކްޓޯބަރ 2024
މެންޗެސްޓާ (އޮކްޓޯބަރު 28) – މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުން އެރިކް ޓެން ހަގް ވަކި ކޮށްފި އެވެ.
މެންޗެސްޓާ (އޮކްޓޯބަރު 28) – މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުން އެރިކް ޓެން ހަގް ވަކި ކޮށްފި އެވެ.
މިދިޔަ 10 އަހަރުތެރޭ، ޔުނައިޓެޑާ ހަވާލުވި އެއްވެސް ކޯޗަކަށް ކޮންޓްރެކްޓް ފުރިހަމަ ނުކުރެވުނެވެ. ލެޖެންޑް ކޯޗު އެލެކްސް ފާގަސަންގެ ފަހުން އެ ޓީމާ ހަވާލުވި ކޮންމެ ކޯޗަކު ވެސް ކްލަބް ދޫކޮށްލަން ޖެހުނީ މަގާމުން ވަކި ކުރުމުންނެވެ.
ލުއިސް ވެން ހާލް އާއި މަޝްހޫރޫ ހޯޒޭ މޮރީނިއޯ އަށް ވެސް މަގާމުން ވަކި ކުރީ އެވެ.
ކުރިން އަޔެކްސްގައި ކާމިޔާބު ހޯދި ޓެން ހަގް މަގާމުން ވަކި ކުރީ އާދިއްތަ ދުވަހު ކުޅުނު މެޗުގައި ވެސްޓްހޭމް ޔުނައިޓެޑް އަތުން ބަލިވުމުންނެވެ. ހަފުތާ ބަންދުގައި ކުޅުނު ޔޫރޮޕާ ލީގު މެޗުގައި ފެނަބާޗޭ އަތުން ވީ އެއްވަރެވެ.
ޔުނައިޓެޑްގެ ވަގުތީ ކޯޗަކީ، އެ ޓީމުގެ ކުރީގެ ސްޓައިކަރު އަދި ޓެން ހަގްގެ އެސިސްޓެންޓެއްގެ ގޮތުގައި މި ސީޒަނުގައި މަސައްކަތް ކުރި ރޫޑް ވެން ނިސްޓްރޯއީ އެވެ. ބުދަ ދުވަހު ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުގައި ޓީމަށް އިރުޝާދު ދޭނީ އޭނާ އެވެ.
އެ ކްލަބްގެ ކޯޗުކަން ހުށަހަޅާނެ ކަމަށް ބެލެވޭ ކޯޗުންގެ ލިސްޓްގެ އެންމެ ކުރީގައި އޮތީ އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ކޯޗު ގެރެތު ސައުތުގޭޓެވެ. އަދި ބްރެންޓްފޯޑްގެ ކޯޗު ތޯމަސް ފްރޭންކަށް ވެސް މަގާމު ހުށަހެޅުމުގެ ފުރުސަތު އެބައޮތް ކަމަށް އިނގިރޭސި މީޑިއާތަކުން ބުންޏެވެ.
ޓެން ހަގް މަގާމުން ވަކި ކުރި އިރު ޔުނައިޓެޑް އޮތީ ލީގުގެ 14 ވަނައިގަ އެވެ. މިދިޔަ އަހަރު އެ ޓީމުން ލީގު ނިންމާލީ 10 ވަނައިގަ އެވެ. އެއީ 1990 ގެ ފަހުން އެ ޓީމުން ލީގު ނިންމާލީ އެންމެ ދަށް ސީޒަނެވެ.
ޔުނައިޓެޑް ދޫކޮށްލަން ޖެހުމުން ދެރަވި: ނިސްޓެލްރޫއީ
ޔުނައިޓެޑްގައި އަމޯރިމްވެސް ބުނީ ވަގުތު ބޭނުންވާ ކަމަށް
އަމޯރިމްގެ ނިންމުން؛ 16 އަހަރުގެ ޑިފެންޑަރު ޓީމަށް
އަމޯރިމަށް ވިސާ ނުލިބޭ، މަސައްކަތް ފެށުން ލަސްވެދާނެ
ޔުނައިޓެޑްގެ ދާއިމީ ކޯޗުކަން ކުރަން ނިސްޓެރޫއީ ބޭނުންވޭ
ޓެން ހަގްގެ ކިބައިން ބްރުނޯ މައާފަށް އެދިއްޖެ
ޔުނައިޓެޑްގައި ކަމެއް ސާބިތުކޮށްދޭން އަމޯރިމް ބޭނުންވޭ
ޑިލިޓް ދަނޑުން ފޮނުވާލުމުން ޓެން ހަގް ރަތަށް
ހަރަދު ކުޑަ ކުރަން ޔުނައިޓެޑަށް މަޖުބޫރު ވެއްޖެ
ޔުނައިޓެޑުގެ އާ ސްޓޭޑިއަމުން ނުވަ ބިލިއަން ޑޮލަރު