Roadha Mihaaru
ހަލީމް އެމްއާރުޑީސީއަށް، ސިނާން ސްޓެލްކޯގެ ޗެއާމަނަކަށް

ހަލީމް އެމްއާރުޑީސީގެ އެމްޑީއަކަށް، ސިނާން ސްޓެލްކޯގެ ޗެއާމަނަކަށް

13 ޖޫން 2016

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯގެ މަގާމުން އިއްޔެ ވަކިކުރި އިބްރާހިމް އަބްދުއްރައްޒާގް ހަލީމް، މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރަކަށް މިއަދު ހަމަޖައްސައިފި އެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުން ބުނިގޮތުގައި އެމްއާރުޑީސީގެ އެމްޑީއަކަށް ހަލީމް ހަމަޖެއްސުމުގެ އިތުރުން، އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑުން އިއްޔެ ވަކިކުރި ސިނާން އަލީ ސްޓެލްކޯގެ ޗެއާމަން ކަމަށް ހަމަޖައްސާފައިވާ ކަމަށެވެ.

އެމްއާރުޑީސީގެ އެމްޑީއަކަށް ހަލީމް ހަމަޖެއްސިއިރު، އެ މަގާމުގައި ކުރިން ހުންނެވި އިބްރާހިމް ނަޒީމް ވެސް ވަނީ އިއްޔެ ވަކިކޮށްފަ އެވެ.

ކޮރަޕްޝަންގެ ބޮޑު މައްސަލައެއްގައި އޭނާގެ މައްޗަށް ދައުވާކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ފޮނުވައިފަ އެވެ.