24 އޮކްޓޯބަރ 2024
ދައުލަތުގެ މި އަހަރުގެ ބަޖެޓަށް 5.1 ބިލިއަން ރުފިޔާ އިތުރު ކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ސަޕްލިމެންޓަރީ ބަޖެޓެއް މިއަދު ހުށަހަަޅައިފި އެވެ.
ދައުލަތުގެ މި އަހަރުގެ ބަޖެޓަށް 5.1 ބިލިއަން ރުފިޔާ އިތުރު ކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ސަޕްލިމެންޓަރީ ބަޖެޓެއް މިއަދު ހުށަހަަޅައިފި އެވެ.
މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް އެ ބަޖެޓު ހުށަހަޅުއްވައި ދެއްވީ އާ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. މިއީ މިދިޔަ މަހުގެ 30 ގައި ޒަމީރު މަގާމާ ހަވާލުވެވަޑައިގެންނެވި އޭނާގެ އިސްނެންގެވުމުގެ މަތިން ތައްޔާރު ކުރެއްވި ފުރަތަމަ ބަޖެޓެވެ.
ސަޕްލިމެންޓަރީ ބަޖެޓާ އެކު ޖުމްލަ ބަޖެޓުގެ ޑެފިސިޓު 18 ބިލިއަނަށް އަރައިގެންދާނެ އެވެ.
ސަޕްލިމެންޓްރީ ބަޖެޓުން އެންމެ ބޮޑު ބައެއް ހޭދަކުރަނީ ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށެވެ. ފަސް ބިލިއަން ރުފިޔާގެ ބަޖެޓުން ދެ ބިލިއަން ކަނޑައަޅާފައިވަނީ ޕީއެސްއައިޕީ މަޝްރޫއުތަކަށެވެ.
- ޕީއެސްއައިޕީ: ދެ ބިލިއަން ރުފިޔާ
- ސަބްސިޑީ (ތެޔޮ، ކާޑު، ކަރަންޓާއި ނަރުދަމާ އާއި ފެނުގެ ހިދުމަތް): އެއް ބިލިއަން ރުފިޔާ
- ކޮންޓިންޖެންސީ ބަޖެޓު: 650 މިލިއަން ރުފިޔާ
- ސްޓޫޑެންޑް ލޯނު: 458 މިލިއަން ރުފިޔާ
- ސަރުކާރު ހިއްސާވާ ކުންފުނިތައް: 441 މިލިއަން ރުފިޔާ
- އެންސްޕާ: 263 މިލިއަން ރުފިޔާ
- މެޑިކަލް ކޮންޒިއުމަބަލްސް: 200 މިލިއަން ރުފިޔާ
- މުސާރަ: 24 މިލިއަން ރުފިޔާ
ފިނޭންސް މިނިސްޓްރީން ބުނީ، ޕީއެސްއައިޕީ އަށް އެހާ ބޮޑު އަދަދެއް ހޭދަކުރަން ޖެހުނީ، ބަޖެޓުގައި ކަނޑައެޅި އަދަދަށް ވުރެ އިތުރަށް ބައެއް ޕްރޮޖެކްޓްތަކަށް ހަރަދު ކުރަން ޖެހުމުން ކަމަށެވެ. އެއީ މި އަހަރުގެ ބަޖެޓް ތައްޔާރުކުރިއިރު، ގިނަ މަޝްރޫއުތަކަށް ރިއަލިސްޓިކް އަދަދަށް ވުރެ ކުޑަކޮށް ޖަހާފައި އޮތުމުން ދިމާވި މައްސަލައެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެސްއޯއީތަކަށް ކުރާ ހޭދަ އިތުރު ކުރަން ޖެހުނު މައިގަނޑު ސަބަބަކީ ކުންފުނިތަކުން ހިންގާ ބައެއް މަޝްރޫއުތަކަށާއި އަލަށް އުފެއްދި، ޑިވަލޮޕްމެންޓް ބޭންކުގެ އޮޕަރޭޝަންތައް ފަށައިގަތުމަށް ބޭނުންވާ ކެޕިޓަލް ދޫކުރަން 150 މިލިއަން ރުފިޔާ ހަރަދު ކުރުމަށެވެ.
ސަރުކާރުން ދޭ ސްޓޫޑަންޓް ލޯނުގެ ހަރަދު އިތުރުވީ، އެ ސްކީމުގެ ދަށުން ކުރިން ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރަށް ލޯނު ދޭން ސަރުކާރުން ނިންމާފައިވާތީ އެވެ. ސަބްސިޑީގެ ހަރަދުތައް އިތުރުވީ، ކުރިން ބަޖެޓުގައި ކަނޑައަޅާފައިވާ ރިފޯމާ އެއްގޮތަށް ހަރަދުތައް ކުޑަކޮށްފައި ނުވާތީ އެވެ. ކުރިން ބަޖެޓުގައި ސަބްސިޑީއަށް ކަނޑައަޅާފައިވަނީ 2.8 ބިލިއަން ރުފިޔާ އެވެ. އަލަށް އިތުރުވާ އެއް ބިލިއަނާ އެކު އެ އަދަދު 3.8 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް އަންދާޒާކުރެވެ އެވެ.
މި އަހަރުގެ ބަޖެޓު ހުށަހެޅިއިރު ސަރުކާރުން ވަނީ ކަނޑައެޅި ރިފޯމުތަކާ އެކު، ބަޖެޓުން ގާތްގަނޑަކަށް 2.5 ބިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ބުނެފަ އެވެ. ނަމަވެސް އެކަންކަން އެގޮތަށް ކުރެވިފައި ނުވާތީ ސަޕްލިމެންޓްރީ ބަޖެޓާ އެކު، މި އަހަރުގެ ޖުމްލަ ބަޖެޓުގެ އަދަދު 55 ބިލިއަން ރުފިޔާ އަށް އެރުމުގެ ފުރުސަތު އެބަ އޮތެވެ. މި އަހަރު ފެށި އިރު ސަރުކާރުން ފާސްކޮށްފައިވަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، މި އަހަރުގެ މިހާތަނަށް ޖުމްލަ ބަޖެޓުން 39.2 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ. މި އަހަރުގެ އާމްދަނީ އަށް 640 މިލިއަން ރުފިޔާ އިތުރަށް ލިބި ޖުމްލ އާމްދަނީ 34 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
ހިލޭ އެހީގެ ގޮތުގައި ލިބުނީ 23 މިލިއަން: ޒަމީރު
ޕްރޮޖެކްޓްތަކުގެ އަގު 36 ބިލިއަނަށް އަރާ:ޒަމީރު
މި އަހަރަށް 5 ބިލިއަންގެ ސަޕްލިމެންޓަރީ ބަޖެޓެއް
"އަމާޒަކީ ޖީޑީޕީ 10 ބިލިއަން ޑޮލަރަށް ގެންދިއުން"
އަންނަ އަހަރު ހަރަދުން 6.6 ބިލިއަން ސަލާމަތް ކުރަނީ
އަންނަ އަހަރަށް ލަފާކުރާ ބަޖެޓު 64 ބިލިއަނަށް
ސަޕްލިމެންޓްރީ ބަޖެޓް ކޮމިޓީން ފާސްކޮށްފި
މުސާރަ ކުޑަކުރާއިރު ޕްރޮފެޝަނަލް ސްޓާފުން އިސްތިސްނާވާނެ
ސިޔާސީ މުވައްޒަފުންގެ މުސާރައަކީ ބަޖެޓުގެ އެއް ޕަސެންޓް
ސަޕްލިމެންޓްރީއާ އެކު ބަޖެޓުގެ ޖުމްލަ 55 ބިލިއަނަށް