19 އޮކްޓޯބަރ 2024
މި އަހަރަށް ވެސް ފަސް ބިލިއަނެއްހާ ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ހާމަކުރައްވައިފި އެވެ.
މި އަހަރަށް ވެސް ފަސް ބިލިއަނެއްހާ ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ހާމަކުރައްވައިފި އެވެ.
ބަންޑާރަ ނައިބު އަހުމަދު އުޝާމް އާ އެކު ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވި ގޮތުގައި، މިދިޔަ އަހަރުގެ ތެރޭގައި ދައުލަތުގެ ބަޖެޓުން ހަރަދުކުރުމަށް ފަހު ފިނޭންސް މިނިސްޓްރީގެ ސިސްޓަމަށް ނުވައްދާ ރެކޯޑް ނުކޮށް ދެ ބިލިއަންއަށް ވުރެ ގިނަ ރުފިޔާ އެބަހުއްޓެވެ.
އެގޮތުން 2023 ވަނަ އަހަރުގެ ތެރޭގައި ބޭރުގެ އެހީގެ ދަށުން ހިންގާ ޕްރޮޖެކްޓްތަކަށް ބޭރުގެ މާލީ އިދާރާ ތަކުން ދޫކޮށްފައި ހުރި ދޮޅު ބިލިއަނާއި ދެ ބިލިއަން ރުފިޔާއާ ކައިރި ކުރާ އަދަދެއް މި އަހަރުގެ ތެރޭގައި ރެކޯޑްކޮށްފައިވާކަން ފާހަގަކުރެވުނު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެހެންވެ މިދިޔަ އަހަރާއި އޭގެ ކުރި އަހަރުތަކުގައި ޕޯސްޓްކުރަން އެދިފައިވާ ޖުމްލަ 2.5 ބިލިއަން ރުފިޔާގެ ބިލުތަކަށް މި އަހަރުގެ ބަޖެޓުން ޖާގަ ދޭން ޖެހިފައިވާ ކަމަށާއި އޭގެއިތުރުން ވެސް މިފަދަ ބިލުތައް އެކި މިނިސްޓްރީތަކުގެ ހުރުން އެކަށީގެންވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެކަން ދެނެގަތުމުގެ މަސައްކަތް އޮޑިޓަ ޖެނެރަލްގެ އޮފީހާ ގުޅިގެން ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
އެ ހިސާބުތައް ހަމަޖެއްސުމަށްޓަކައި ޒަމީރު ވިދާޅުވީ ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހަޅަންޖެހޭ ކަމަށާއި، އެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށެވެ.
"ދެން އޭގައި އަޅުގަނޑުމެންނަށް ސަޕްލިމެންޓު ކުރަން ޖެހޭނީ ސީދާ އަދަދެއް ކަނޑައަޅާ ނިންމާނީ ކެބިނެޓުގެ ވެސް އަދި އިތުރު ލަފާ ހޯދައިގެން އަދި ރައީސުލްޖުމްހޫރިއްޔާގެ ވެސް ލަފަޔާ އެކީގައި. އަދި ހަމަ އޮޑިޓާ ޖެނެރަލްގެ ރިޕޯޓު ވެސް އަޅުގަނޑުމެންނަށް ލިބުނީމަ ފައިނަލް އަޅުގަނޑުމެން ނިންމާލާނީ. އެކަމަކު ހުށަހަޅާނަން،" ޒަމީރު ވިދާޅުވި އެވެ.
މި އަހަރު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 49.8 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓެކެވެ.
މީގެ ކުރިން ފިނޭންސް މިނިސްޓްރީން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ބުނެފައި ގޮތުގައި، އޭރު ކުރަމުންދިޔަ ގޮތަށް ހަރަދުތައް ކުރާނަމަ، މި އަހަރުގެ ބަޖެޓު 58 ބިލިއަން ރުފިޔާއާ ގާތްކުރާނެ އެވެ.
އެކަމާ ގުޅުވައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޒަމީރު ވިދާޅުވި ގޮތުގައި، ސަރުކާރުން މިހާރު އަޅާފައިވާ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެ އަދަދަށް ބަޖެޓު ސަޕްލިމަންޓް ކުރަންނުޖެހޭނެ އެވެ. އެގޮތުން، ސަޕްލިމަންޓް ބަޖެޓުގެ ގޮތުގައި ފަސް ބިލިއަނެއްހާ ރުފިޔާ ހުށަހަޅަންޖެހޭނެކަމަށް ލަފާކުރެއްވޭ ކަމަށާއި، އެކަމަކު ސީދާ އަދަދެއް ނިންމާނީ މަޝްވަރާއަށްފަހު ކަމަށް އޭނާ ވިދާޅުވި އެވެ.
ހިލޭ އެހީގެ ގޮތުގައި ލިބުނީ 23 މިލިއަން: ޒަމީރު
ޕްރޮޖެކްޓްތަކުގެ އަގު 36 ބިލިއަނަށް އަރާ:ޒަމީރު
ސަޕްލިމެންޓްރީ ބަޖެޓް ކޮމިޓީން ފާސްކޮށްފި
މުސާރަ ކުޑަކުރާއިރު ޕްރޮފެޝަނަލް ސްޓާފުން އިސްތިސްނާވާނެ
ސިޔާސީ މުވައްޒަފުންގެ މުސާރައަކީ ބަޖެޓުގެ އެއް ޕަސެންޓް
ބަޖެޓަށް 5.1 ބިލިއަން ރުފިޔާ އިތުރުކުރަން މަޖިލީހަށް
ސަޕްލިމަންޓްރީ ބަޖެޓުތަކުން ހަރަދުކުރީ ގާނޫނާ ހިލާފަށް
6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓު ފާސްކޮށްފި
ތަފްސީލުނެތަސް، ހުރިހާ ރަށެއްގައި ޕްރޮޖެކްޓް ހިންގާނެ
ބަޖެޓުގައި ޖެހި މަޝްރޫއުތަކުގެ ތަފްސީލު ނުދޭތީ ނުރުހުން