23 އޮކްޓޯބަރ 2024
ބަޑިބޭހުގެ ކުޅިވަރުތަކާއި ދަނޑުބިންތައް އެންދުން ފަދަ އެތައް ކަމަކާ ހެދި، އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ވައި މި އަހަރުގެ ފިނި މޫސުމުގައި ނުރައްކާތެރި މިންވަރަކަށް ފުރަތަމަ ފަހަރަށް ތަޣައްޔަރު ވެއްޖެ އެވެ.
ބަޑިބޭހުގެ ކުޅިވަރުތަކާއި ދަނޑުބިންތައް އެންދުން ފަދަ އެތައް ކަމަކާ ހެދި، އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ވައި މި އަހަރުގެ ފިނި މޫސުމުގައި ނުރައްކާތެރި މިންވަރަކަށް ފުރަތަމަ ފަހަރަށް ތަޣައްޔަރު ވެއްޖެ އެވެ.
ކޮންމެ އަހަރަކު ވެސް ހާހުން މީހުން މަރުވުމުގެ ސަބަބަކަށް ވެފައިވާ ވިހަ ދުމުގެ ތެރޭގައި އާންމުން ނުކުމެ އުޅެން ޖެހިފައި ވިޔަސް ބައި ބޯ މި ސިޓީގައި، މާސްކް އަޅައިގެން އުޅެނީ މަދު ބައެކެވެ.
ކޮންމެ އަހަރަކުވެސް ނިއު ދިއްލީގައި ދުމުގެ ސަބަބުން ވައި ތަޣައްޔަރުވުމުގެ މައިގަނޑު ސަބަބަކަށް ވެފައިވަނީ ދަނޑުވެރިން އެ މީހުންގެ ދަނޑުތައް ސާފުކޮށް ދަނޑުބިންތައް ތައްޔާރުކުރުމަށް އަލިފާން ރޯކުރުމެވެ.
ނޮވެމްބަރު 1 ގައި އޮންނަ ހިންދޫން ފާހަގަކުރާ "އަލީގެ ފެސްޓިވަލް" ކަމަށްވާ ދިވާލީގައި ބަޑިބޭހުގެ ކުޅިވަރުތައް ކޮންމެ އަހަރަކު ވެސް އިތުރުވެގެން ދާއިރު އެ ދުވަސްވަރު އަދި އިތުރަށް ވައި ތަޣައްޔަރުވުން އެކަށީގެންވާ ކަމަށް ވަނީ ބެލެވިފަ އެވެ. މީގެ ތެރޭގައި، ވިހަ ދުން އެކުލެވޭ ހަވާ އެރުވުން ވެސް ހިމެނެ އެވެ.
އެހެންވެ މިހާރު ވަނީ ބަޑިބޭހުގެ އެއްވެސް އެއްޗެއް އުފެއްދުމާއި އެ ވިއްކުން ވެސް މިހާރު މަނާކޮށްފަ އެވެ.
ފުއްޕާމެއިން ލޭގެ ތެރެއަށް ވަންނަ، ކެންސަރު ޖެހުމަށް މެދުވެރިވާ ކުދިކުދި މާއްދާތައް ކަމަށްވާ ޕީއެމް 2.5 ޕޮލިއުޓަންޓްސްގެ މިންވަރު ވަނީ ވޯލްޑް ހެލްތު އޯގަނައިޒޭޝަނުން ލަފާދޭ އެންމެ މަތީ މިންވަރަށްވުރެ 68 ގުނަ އިތުރުވެފަ އެވެ.
ވައި ސާފުކުރުމަށް އިންޑިއާގެ ނިއު ދިއްލީގައި ފެން ސްޕްރޭކުރަނީ. -- ފޮޓޯ: އޭއެފްޕީ
މޮނިޓަރިން ކުންފުނި އައިކިއުއެއާ އިން ބުދަ ދުވަހު ބުނި ގޮތުގައި، 30 މިލިއަން މީހުން ދިރިއުޅޭ މި ބޮޑު ސިޓީގައި ވައިގެ ކޮލިޓީ ވަނީ "ނުރައްކާތެރި" މިންވަރުގަ އެވެ. އަދި ކިއުބިކް މީޓަރަކަށް 344 މައިކްރޯގްރާމް ޕޮލިއުޓަންޓްސް ހުރިކަމަށް ދައްކަ އެވެ. މިއީ ދުނިޔޭގެ އެންމެ ގޯސް ހާލަތެވެ.
މީގެ ކުރިން ވެސް އިންޑިއާގައި ވަނީ ހަވާ އެރުވުމާއި ބަޑިބޭހުގެ އެހެން ކުޅިވަރުތައް ވެސް މަނާކޮށްފަ އެވެ. އެކަމަކު މިކަން ދީނީ ކަމެއްގެ ގޮތުގައި ބަލައިގެން ކުރާތީ، މި އެންގުމާ ހިލާފުވާ މީހުންނާ މެދު ފުލުހުން ގިނަ ފަހަރު އަޅައެއް ނުލަ އެވެ.
ނަމަވެސް މިފަހަރު ހާލަތު މާ ގޯސްކޮށް ފެންނާތީ ހަރުޔާނާ ސްޓޭޓުގެ ފުލުހުން ވަނީ ދަނޑުވެރިކަމަށް ބިން ތައްޔާރުކުރުމަށް އަލިފާން ރޯކުރި އެތައް ދަނޑުވެރިންނެއް ހައްޔަރުކޮށްފަ އެވެ.
ވައި ތަޣައްވަރުވުން ހައްލުކުރުމަށް އިންޑިއާ ސަރުކާރުން މިހާތަނަށް ކުރި މަސައްކަތް ކާމިޔާބެއް ނުވެ އެވެ. ދުނިޔޭގެ ބޮޑު އާބާދީ ކަމަށްވާ އިންޑިއާގައި ވައި ތަޣައްވަރުވުމުގެ ސަބަބުން 2019 ވަނަ އަހަރު 1.67 މިލިއަން މީހުން، ސިއްހީ އެކި މައްސަލަތަކުގައި މަރުވި ކަމަށް ލާސިޓް މެޑިކަލް ޖާނަލް އިން ބުނެފައިވެ އެވެ. -- އޭއެފްޕީ
ދުން ބޯވުމުން ނިއު ދިއްލީގެ ސްކޫލްތައް ބަންދުކޮށްފި
ދިއްލީގެ ވައި ތަޣައްޔަރުވާތީ ލިއޮނާޑޯގެ ކަންބޮޑުވުން
ނިއު ދިއްލީގައި އާދަޔާ ހިލާފަށް ވައި ނުސާފުވެއްޖެ
އެންމެ ވައި ނުސާފު ސަރަހައްދަކަށް ދެކުނު އޭޝިއާ
އައްޑޫގެ ވައިގެ ސާފުކަން ބަލަން ސެންސަރެއް ހަރުކޮށްފި
ލަންކާގެ ވައި ނުސާފުވުން ކުޑަކުރުމަށް ބައިސްކަލް
ރާއްޖޭގެ ފުސްކަން އިންޑިއާގެ ތަޣައްޔަރު ވަޔާ ގުޅިފައި
ވައި ނުސާފުވުމަކީ ކުދިން ފަލަވާކަމެއް
އިންޑިއާގެ ނުސާފު ވައި ބޭނުންކޮށްގެން މުށި ހަދަނީ
ހެޕީ މާކެޓުން ބެޓަރި ވެހިކަލް ބޭނުން ކުރަން ފަށައިފި