20 އޮކްޓޯބަރ 2024
ބިދޭސީއަކު ބުޅާ މަހުން ކާބޯތަކެތި ހަދައިގެން ވިއްކި ކަމަށް ތުހުމަތުކުރެވުނަސް އެކަން ސާބިތުވާ ފަދަ ހެއްކެއް ނުލިބުނު ކަމަށާއި އެކަމަކު އެ މީހާ މިހާރު ޑީޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ބިދޭސީއަކު ބުޅާ މަހުން ކާބޯތަކެތި ހަދައިގެން ވިއްކި ކަމަށް ތުހުމަތުކުރެވުނަސް އެކަން ސާބިތުވާ ފަދަ ހެއްކެއް ނުލިބުނު ކަމަށާއި އެކަމަކު އެ މީހާ މިހާރު ޑީޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ބުޅާ މަހުން ކާއެއްޗެހި ހެދިކަމުގެ ތުހުމަތުކޮށް މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި މީހަކު ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯތަކާ ގުޅިގެން ހައްޔަރުކުރި އަރަފާތު ހޮސެއިންގެ ތަހުގީގު މިހާރު ނިންމާލާފައިވާ ކަމަށެވެ.
"މައްސަލާގައި ހައްޔަރުކުރި މީހާގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގޭ ވަރަށް ހެކި ގަރީނާ ލިބިފައިނުވާތީ އެ މައްސަލާގައި ފުލުހުން ކުރަމުންދިޔަ ތަހުގީގު ވަނީ ނިންމާލާފައި،" އެ މައްސަލައާ ގުޅިގެން ފުލުހުންގެ މީޑިއާ ގްރޫޕަށް ފޮނުވި މެސެޖުގައިވެ އެވެ.
އަރަފާތުގެ މައްޗަށް ތުހުމަތުކުރެވުމާ އެކު އޭނާ ފިލައިގެން އުޅެނިކޮށް އިމިގްރޭޝަނާއި ފުލުހުން ގޮސް އޭނާ ހައްޔަރުކުރީ ސިފަ ބަދަލުކުރަން ސެލޫނަކަށް ވަދެ ހުއްޓާ މިދިޔަ އޮގަސްޓް މަހުގެ ތެރޭގަ އެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވަނީ އަރަފާތު ދިރިއުޅެމުންދިޔަ ތަނުގައި ހުރި ފްރިޖެއްގައި ހުރި މަހުގެ ބާވަތްތަކުން ސާމްޕަލް ނަގައި ބޭރު ގައުމަކަށް ފޮނުވައިފަ އެވެ. އެކަމަކު ސާމްޕަލްގެ ނަތީޖާ ލިބުނު ކަމެއް ހާމައެއް ނުކުރެ އެވެ.
އެ މައްސަލަ ތަހުގީގުކުރުމަށް އޭނާ އެންމެ ފުރަތަމަ ގެންދިޔައީ ފުލުހުންގެ ބެލުމުގެ ދަށަށް ނަމަވެސް ފަހުން އޭނާ އިމިގްރޭޝަނާ ހަވާލުކުރި އެވެ.
ބުޅާމަހުން ކާނާ ހެދިކަމުގެ ހެއްކެއް ނެތް ނަމަވެސް އަރަފާތަކީ ރާއްޖޭގައި ގާނޫނާ ހިލާފަށް އުޅެމުން އައި މީހެކެވެ. އޭނާ ބުޅާ މަހުން ކާތަކެތި ހަދާ ކަމުގެ ތުހުމަތާ އެކު ބަޔަކު ވަނީ އޭނާ އުޅުނު ތަނަށް ވަދެ ފޮޓޯތަކާއި ވީޑިއޯތައް ނަގައި އާންމުކޮށްފަ އެވެ. ފޮޓޯތަކުން ފެންނަނީ އެއްވެސް ސާފުތާހިރުކަމެއް ނެތި ކާބޯތަކެތި ބަހައްޓައި އެކި ބާވަތްތަކުގެ ކާނާ ހެދުމަށް ތައްޔާރުކޮށްފައި ހުއްޓަ އެވެ.
ހަށި ވިއްކަން އުޅުނު ބަޔަކު ހައްޔަރުކޮށްފި
ހަށިވިއްކަން އުޅުނު 7 މީހަކު އަތުލައިގެންފި
މިހާތަނަށް 800 އަށްވުރެ ގިނަ ބިދޭސީން ހިފަހައްޓައިފި
ގަވާއިދާ ޚިލާފަށް ބިދޭސީން ގެންގުޅޭ ދިވެހިންނަށް ނޯޓިސް
ހަ ކެފޭއަކުން 16 ބިދޭސީން ހިފަހައްޓައިފި
އިމިގްރޭޝަން އޮފިސަރަކަށް ހެދިގެން އުޅުނު މީހާ ބަންދަށް
އިމިގްރޭޝަންގެ ނަމުގައި ގެއަކަށް ވަދެ ފޭރިއްޖެ
ގަވާއިދާ ހިލާފަށް ޑޮލަރުގެ ވިޔަފާރިކުރި މީހަކު ހައްޔަރު
އަރަފާތު ފޮނުވާލާނީ ތަހުގީގު ނިމުމުން: އިމިގްރޭޝަން
ހުއްދަ ނެތި ޑޮލަރު މާރުކުރާ ދެ ތަނެއް ބަންދުކޮށްފި