03 މާޗް 2017
ބަޣުދާދު (މާޗް 3) - އިރާގުގެ މޫސަލްގެ ހުޅަނގުގެ ހިސާބުތަކުން އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ހަނގުރާމަވެރިން ނެރެލުމަށް ދެމުންދާ ވައިގެ ހަމަލާތަކުގައި މިސްކިތެއް ހަލާކުކޮށްލާފައިވާ ކަމަށް މަންޒަރު ދުށް މީހުން ބުނެފި އެވެ.
ބަޣުދާދު (މާޗް 3) - އިރާގުގެ މޫސަލްގެ ހުޅަނގުގެ ހިސާބުތަކުން އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ހަނގުރާމަވެރިން ނެރެލުމަށް ދެމުންދާ ވައިގެ ހަމަލާތަކުގައި މިސްކިތެއް ހަލާކުކޮށްލާފައިވާ ކަމަށް މަންޒަރު ދުށް މީހުން ބުނެފި އެވެ.
ވައިގެ ހަމަލާތައް ދީފައި ވަނީ މޫސަލްގެ ފާރޫގު ޑިސްޓްރިކްޓުގެ އުމަރު އަލް އަސްވާދު މިސްކިތަށެވެ. މި މިސްކިތަށް ހަމަލާ ދިން ވަގުތު އިރާގު ސިފައިންގެ ޑްރޯންތަކާއި އެމެރިކާ ކޯލީޝަނުގެ ހަނގުރާމަތީ ބޯޓުތަކުން އެ ސަރަހައްދުގެ މަތިން ދަތުރު ކުރަމުންދިޔަ ކަމަށް ވެސް މަންޒަރު ދުށް މީހުން ބުނެފައިވެ އެވެ. ކޯލީޝަނުގެ ތަރުޖަމާނަކު ވިދާޅުވީ ވައިގެ ހަމަލާތަކުގައި މިސްކިތެއް ހަލާކުވިކަން އެނގިފައި ނުވާ ކަމަށެވެ.
ރޮއިޓާސް ނިއުސް އެޖެންސީން ބުނީ ހަމަލާތައް އަމާޒު ކުރަމުންދަނީ މޫސަލްގައި އައިއެސްގެ ހަނގުރާމަވެރިން ވަދެ ތިބި ކަމަށް ބެލެވޭ ތަންތަނަށް ކަމަށެވެ. މިސްކިތަށް ހަމަލާ ދިނީ އެ ތަނުގައި އައިއެސްގެ ހަނގުރާމަވެރިން ތިބުމުން ކަމެއް ނޭނގެ އެވެ. އެކަމަކު ބައެއް މީހުން ރޮއިޓާސް އަށް ބުނެފައި ވަނީ ހަމަލާ އަމާޒުވި މިސްކިތް ހިންގަމުން ދަނީ އައިއެސް އިން ކަމަށެވެ. މިސްކިތަށް ދިން ހަމަލާގައި މަރުވީ ކިތައް މީހުން ކަމެއް ނޭނގެ އެވެ.
ވައިގެ ހަމަލާ އެރި މިސްކިތް ހުންނަނީ އައިއެސްގެ ލީޑަރު އަބޫ ބަކުރު އަލް ބަޣުދާދީ އެ ޖަމާއަތުގެ ޚިލާފަތު ޖޫން، 2014 ގައި އިއުލާންކުރި އަލް ނޫރީ މިސްކިތާ ކައިރީގަ އެވެ.
މޫސަލްގެ ތާރީޚީ މިސްކިތް އަލުން އިމާރާތް ކުރަނީ
މޫސަލްގެ ނޫރީ މިސްކިތް ބިމާ ހަމަ، ގޮއްވާލީ ކާކު؟
މޫސަލްގެ ތާރީޚީ ނޫރީ މިސްކިތް އަލުން ހަދަން ފަށައިފި
މޫސަލްގެ ހަނގުރާމައިގައި ވަނީ 740 މީހުން މަރާފައި
އިރާގުގެ އުތުރުގެ ރަށަކުން އައިއެސް ބާލަން ހަނގުރާމަ ފަށައިފި
އައިއެސް-2 އުފެދިދާނެ ކަމުގެ އިންޒާރު ދީފި
އައިއެސް ބަލިކުރިކަން އިރާގުން އިއުލާން ކޮށްފި
ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އައިއެސް ބަލިކޮށްލެވޭނެ
މޫސަލްގެ ކުޑަ ތަންކޮޅެއްގައި އައިއެސް ތާށިވެފައި
މޫސަލްގައި އައިއެސްގެ އެންމެ ފަހު އަވަށް ހިފަނީ