10 އޮކްޓޯބަރ 2024
އިންޑިއާގެ ކާމިޔާބު އާއިލީ ވިޔަފާރި ކުންފުނި ޓާޓާ ގްރޫޕް ދުނިޔޭގެ ވަރުގަދަ ނަމަކަށް ހެދުމުގެ މޭސްތިރި ކަމަށްވާ ރަޓަން ޓާޓާ އުމުރުން 86 އަހަރުގައި އިއްޔެ އަވަހާރަވެއްޖެ އެވެ.
އިންޑިއާގެ ކާމިޔާބު އާއިލީ ވިޔަފާރި ކުންފުނި ޓާޓާ ގްރޫޕް ދުނިޔޭގެ ވަރުގަދަ ނަމަކަށް ހެދުމުގެ މޭސްތިރި ކަމަށްވާ ރަޓަން ޓާޓާ އުމުރުން 86 އަހަރުގައި އިއްޔެ އަވަހާރަވެއްޖެ އެވެ.
ރަޓަންގެ ހިންގުންތެރިކަމުގައި ޓާޓާ ގްރޫޕް ބައިނަލްއަގުވާމީ ފެންވަރުގައި ވިޔަފާރިތައް ފުޅާކޮށް ވިޔަފާރީގެ ޕޯޓްފޯލިއޯ ސޮފްޓްވެއާ އުފެއްދުމުން ފެށިގެން ގޮސް ސްޕޯޓްސް ކާރު އުފެއްދުމާ ހިސާބަށް ފުޅާކުރި އެވެ.
"ޓާޓާ ގްރޫޕް ބައްޓަންކޮށްދެއްވި އަދި ހާއްސަކޮށް މުޅި ގައުމުގެ ފޭރާމަށް ހެޔޮ ބަދަލެއް ގެނެސްދެއްވި، ގުނާ އަދަދު ނުކުރެވޭ ފަދަ ހިދުމަތްތައް ކޮށްދެވި އާދަޔާ ހިލާފް ލީޑަރު ރަޓަން ނަވަލް ޓާޓާ އަހަރެމެންނާ ވަކިވެއްޖެކަން މި އިއުލާނުކުރަނީ ފުން ހިތާމަޔާ އެކު،" ކުންފުނީގެ ޗެއާމަން އެން. ޗަންދްރަސޭކްރަން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
ރަޓަންގެ މަރާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ އެއީ ތަނަވަސް ވިސްނުމެއްގެ ވިޔަފާރިވެރިއެއް ކަމަށާއި އާދަޔާ ހިލާފް އިންސާނެއް ކަމަށެވެ. އަދި އިންޑިއާގެ އެންމެ ދުވަސްވީ އަދި އެންމެ ގަދަރުވެރި ވިޔަފާރިތަކުގެ ތެރޭގައި ހިމެނޭ ޓާޓާ ގްރޫޕަކީ މިހާތަނަށް ވެސް ހިންގުންތެރިކަން ހަރުދަނާ ތަނެއްގެ ގޮތުގައި އޮތީ ރަޓަންގެ ސަބަބުން ކަމަށް ވިދާޅުވި އެވެ.
މިހާރު މުމްބާއީ [ކުރީގެ ބޮމްބޭ] ގައި 1937 ވަނަ އަހަރު އުފަންވި ރަޓަން އެންމެ ފުރަތަމަ މަސައްކަތްކުރެއްވީ އާކިޓެކްޓަކަށް ވާށެވެ. އޭނާ ގެންގުޅުނު މާމައާ އެކު އޭރު ދިރިއުޅު އެމެރިކާގައި ހުރެފައި އެނބުރި އިންޑިއާއަށް ދިޔައީ މާމަގެ އެދުމަށް އާއިލީ ވިޔަފާރީގައި މަސައްކަތްކުރުމަށެވެ.
މިހާރު ޓާޓާގެ ނަން ދީފައިވާ ވިޔަފާރި އަކީ އޭރު ޓިސްކޯ އެވެ. އެތަނުގައި ރަޓަން މަސައްކަތް ފެށީ 1962 ގަ އެވެ. އޭރު ފިހާރާގައި އޭނާ މަސައްކަތްކުރަމުން ދިޔައީ ހޮސްޓެލްއެއްގައި އުޅެމުންނެވެ.
ރަޓަން އޭނާގެ އާއިލީ ވިޔަފާރިއާ ހަވާލުވެ ވަޑައިގަތީ 1991 ވަނަ އަހަރު އިންޑިއާއަށް ގެނައި ފްރީ މާކެޓްގެ އިސްލާހީ ބޮޑެތި ބަދަލުތަކުގެ ތެރޭގަ އެވެ. -- އޭއެފްޕީ
ޓާޓާ ކުންފުނީގެ ޗެއާމަން ވަކިކޮށްފި
ފެޝަން ޑިޒައިނަރު ރޯހިތު ބާލް މަރުވެއްޖެ
ހިންދޫންގެ އެއްވުމެއްގައި ފިތިގެން 116 މަރު
އިންޑިއާގެ އާއިލާއެއް ފެންގަނޑަކަށް ދަމައިގަނެ މަރު
ބްރިޖު މަސައްކަތްކުރާ ބިދޭސީ މަރުވި މައްސަލަ ބަލަނީ
ބަނޑޭރިކޮށިން ފެނުނު ހަށިގަނޑު އިންޑިއާ އަށް
ނުވަ ވަނަ ބުރިން ވެއްޓުނު މީހާ މަރުވެއްޖެ
ޕޫނަމް މަރުވި ކަމަށް ބުނެ އޮޅުވާލުމުން އާންމުން ރަތަށް
ދިގުރަށުން ފެނުނު ކުއްޖާގެ ޕޯސްޓްމޯޓަމް ހަދަނީ
ސިއްކިމްގައި ފެންބޮޑުވެ 100 މީހުން ގެއްލިއްޖެ