08 އޮކްޓޯބަރ 2024
އެފްއޭއެމްގެ ޗެކުތަކުގައި ސޮއިކުރުމުގެ ހުއްދަ ނޯމަލައިޒޭޝަން ކޮމިޓީ (އެންސީ) ގެ މެންބަރުންނަށް އެންމެ ފަހުން ލިބިއްޖެ އެވެ.
އެފްއޭއެމްގެ ޗެކުތަކުގައި ސޮއިކުރުމުގެ ހުއްދަ ނޯމަލައިޒޭޝަން ކޮމިޓީ (އެންސީ) ގެ މެންބަރުންނަށް އެންމެ ފަހުން ލިބިއްޖެ އެވެ.
އެފްއޭއެމްގެ އެކްޓިން ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފް ވިދާޅުވީ ބީއެމްއެލް އެކައުންޓްތަކުގެ ޗެކްތަކުގައި ސޮއި ކުރުމުގެ ހުއްދަ ނޯމަލައިޒޭޝަން ކޮމިޓީގެ މެންބަރުންނަށް ލިބިފައިވާކަން ވެސް އެ ބޭންކުން އަންގާފައިވާ ކަމަށެވެ. އަދި ބޭންކް އޮފް ސިލޯނުގައި ހުޅުވާފައިވާ އެކައުންޓްތަކުގެ ޗެކްތަކުގައި ސޮއި ކުރުމުގެ އެޕްރޫވް ހޯދަން ވެސް ހުށަހަޅާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަން ފީފާ އަށް ވެސް އަންގާފައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފައިސާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ އެސޯސިއޭޝަނުން މާލީ މުއާމަލާތް އާއްމުގޮތެއްގައި ކުރަނީ ބީއެމްއެލް އާއި ބޭންކް އޮފް ސިލޯނުންނެވެ.
ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން އަހުމަދު ޒުހޫރު (ކ) އެ ކޮމިޓީގެ އެހެން މެމްބަރުންނާ އެކު ނޫސްވެރިންގެ ބައްދަލުވުމެއްގައި. -- މިހާރު ފޮޓޯ: ނިޝާން އަލީ
އެފްއޭއެމް ހިންގުމާ، އެންސީން ހަވާލުވިތާ ގިނަ ދުވަސްތަކެއް ވެގެން ދިޔައިރު ވެސް ޗެކްތަކުގައި ސޮއި ކުރުމުގެ ހުއްދަ، އެންސީގެ މެންބަރުންނަށް ލިބުން ލަސްވީ ބޭންކަށް ހުށަހަޅަން ޖެހޭ ބައެއް ލިޔެކިޔުންތައް އެފްއޭއެމްގެ އިދާރާގައި ނެތުމުންކަމަށް ކޮމިޓީން ބުންޏެވެ.
ޗެކްތަކުގައި ސޮއި ކުރުމުގެ ހުއްދަ ހޯދަން ބޭންކަށް ލިޔެކިޔުން ހުށަހެޅި އިރު ވެސް ބައެއް ލިޔެކިޔުންތައް ފުރަތަމަ މަރުހަލާގައި އެއްކޮށް ހަމަކުރެވިފައި ނުވާ ކަމަށް، އެންސީގެ ޗެއާޕާސަން އަހްމަދު ޒުހޫރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެފްއޭމް ދުވަހުން ދުވަހަށް ހިނގައިގަތުމަށް ބޭނުންވާ ލިޔެކިޔުންތައް ވެސް އެ އިދާރާގައި ފެންނަން ނެތް ކަމަށެވެ.
އެ ޕްރެސް ކޮންފަރެންސްގައި ޒުހޫރު ވިދާޅުވީ ނޯމަލައިޒޭޝަން ކޮމިޓީން ހަވާލުވި އިރު އެފްއޭއެމްގެ އެއްވެސް އެކައުންޓެއްގައި ފައިސާއެއް ނެތް ކަމަށެވެ.
ފުޓްބޯޅަ ސްކޫލް ބިމުގެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް
އެފްއޭއެމްގެ އާ ޖެނެރަލް ސެކްރެޓަރީއަކަށް ނާހިލް
ގޯލްޑް ކަޕް ބާއްވަން އެފްއޭއެމުން ހުރަސް އަޅަނީތަ؟
ހުޅުމާލޭ ބިމުގެ މައްސަލަ: އެފްއޭއެމް ބަނގުރޫޓުވެދާނެ!
ރާއްޖެއަށް އެހީވާނެކަމުގެ ޔަގީންކަން އިންފަންޓީނޯ ދީފި
މޯލްޑިވިއަނަށް އެފްއޭއެމް 7.4 މިލިއަން ދަރާފައި
އެފްއޭއެމަށް މާލީ ލަފާ ދޭން ކުންފުންޏެއް ހަމަޖައްސައިފި
އެފްއޭއަށް ޖެނެރަލް ސެކްރެޓަރީއަކު ހޯދަން އިއުލާނުކޮށްފި
އެފްއޭއެމަށް އާ ޖެނެރަލް ސެކްރެޓަރީއަކު ހޯދަނީ
އެފްއޭއެމް ސަލާމަތް ކުރަން ކުރެވޭނީ ކޮން ކަމެއް؟