06 އޮކްޓޯބަރ 2024
އިހަވަންދިއްޕޮޅު ނުވަތަ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި ފަށާފައިވާ އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތް ހޯދަން އަންނަ ބޯޓުތަކުގެ ކުނި މެނޭޖުކުރުން އެމްޕީއެލް އިން ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ)އާ ހަވާލުކޮށްފި އެވެ.
އިހަވަންދިއްޕޮޅު ނުވަތަ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި ފަށާފައިވާ އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތް ހޯދަން އަންނަ ބޯޓުތަކުގެ ކުނި މެނޭޖުކުރުން އެމްޕީއެލް އިން ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ)އާ ހަވާލުކޮށްފި އެވެ.
އެމްޕީއެލްއިން މި މަސައްކަތް ވެމްކޯއާ ހަވާލުކޮށް، އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފަ އެވެ.
އެ އެއްބަސްވުމުގެ ދަށުން ވެމްކޯއާ ހަވާލުކޮށްފައި ވަނީ ބަންކަރިންގެ ހިދުމަތް ހޯދަން އަންނަ ބޯޓު ފަހަރުތަކުން އެމްޕީއެލްއިން ނަގާ ކުނި މެނޭޖުކުރުމުގެ މަސައްކަތެވެ.
އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އެއްބަސްވުމާ ގުޅޭ މައުލޫމާތުތައް ހިއްސާ ކުރައްވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެއްބަސްވުމުގައި ސޮއި ކުރަން ބޭއްވި ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވީ ވެމްކޯއާ އެކު ކުނި މެނޭޖުކުރާނީ އިކޮނޮމިކް ގޭޓްވޭ ކައިރި ރަށެއްގައި އެކަމަށް ހާއްސަ ފެސިލިޓީއެއް ގާއިމްކޮށްގެން ކަމަށެވެ. އަދި މި މަސައްކަތަކީ އެމްޕީއެލް އާއި ވެމްކޯއާ ދެ ކުންފުންޏަށް ވެސް ފައިދާވެ، އާމްދަނީ އިތުރުކުރަން ލިބޭ ފުރުސަތެއް ކަމަށް ވިދާޅުވި އެވެ.
އުތުރު ގޭޓްވޭ އޮފީސް ގާއިމްކޮށްފައި ވަނީ ހއ. އުލިގަމުގަ އެވެ.
ވެމްކޯގެ މެނޭޖިންގް ޑިރެކްޓަރު މުޖްތަބާ ޖަލީލް ވިދާޅުވީ، މި ހިދުމަތް ދޭއިރު ވެމްކޯއިން ބޯޓުތަކުން ކުނި ނެގުމުގެ އިތުރުން "ޔޫޒްޑް އޮއިލް" ވެސް މޭނޭޖް ކުރުމުގެ ހިދުމަތް ދޭން ހަމަޖެހިފައިވާ ކަމަށެވެ. އަދި އެކަމަށް ހާއްސަކޮށް ހަދާ ސެންޓަރުން ކުނިތައް ކުނބުރުދޫގައި ގާއިމްކުރާ ރީޖަނަލް ވޭސްޓް މެނޭޖްމެންޓް ސެންޓަރަށް ގެންދާނެ ކަމަށް ވިދާޅުވި އެވެ.
ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖްތަބާ ޖަލީލް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މި ހިދުމަތް ފަށާނީ ކުޅުދުއްފުށީގައި މަސައްކަތް ކުރާ އެ ކުންފުނީގެ މުވައްޒަފުންނާ އެކުގައި ކަމަށް މުޖުތަބާ ވިދާޅުވި އެވެ. އަދި އެ ކުންފުނީގެ ލޭންޑިން ކްރާފްޓް ބޭނުންކޮށްގެން ކުނި އުފުލުމުގެ މަސައްކަތް ކުރާއިރު، މި ހިދުމަތް ފުޅާވާ ވަރަކަށް އިތުރު ވަޒީފާގެ ފުރުސަތުތައް ވެސް އުފެދިގެން އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެސްޓީއޯއިން ވިޓޯލްއާ އެކު ފެށި އޮފް ޝޯ ބަންކަރިން ހިދުމަތުގެ ތެރެއިން މިހާތަނަށް ބަންކަރިން ހިދުމަތް ދީފައި ވަނީ އެއް ބޯޓަށެވެ. އެ ސަރަހައްދުގައި ބޯޓުތަކަށް ބޭނުންވާ އެހެން ހިދުމަތްތައް ފޯރުކޮށްދެނީ އެމްޕީއެލްއިންނެވެ. ގޭޓްވޭ އޮފީސް މެދުވެރިކޮށް 14 ހިދުމަތެއް އެމްޕީއެލް އިން ބޯޓުފަހަރަށް ދޭނެ އެވެ. އޭގެ ތެރެއިން ގިނަ ހިދުމަތްތައް މިހާރު ވެސް ކުރިއަށް ގެންދެވޭނެ އެވެ.
ޕޮލިހާއި ވެމްކޯ ސެމީ ފައިނަލްގެ ޖާގަ ޔަގީން ކޮށްފި
ސިފައިން ސެމީއާ ގާތަށް، އެމްޕީއެލް އަށް ފުރަތަމަ މޮޅު
ޓަވަރުއަޅާނެ ބަޔަކު އެމްޕީއެލާއި ވެމްކޯއިން ވެސް ހޯދަނީ
ވެމްކޯއިން އިމާރާތް ތަޅައިދިނުމުގެ ހިދުމަތް ދޭން ފަށަނީ
އެއާޕޯޓުން ކުނި އުފުލުން އަނެއްކާވެސް ވެމްކޯއަށް
ހިންމަފުށީގައި ވެމްކޯގެ ހިދުމަތް ދޭން ފަށައިފި
އެސްޓީއޯގެ ވެރިން މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރަނީ
ޔުނިފޯމްއެޅި މުއައްސަސާތަކަށް އިތުބާރުކޮށްގެން ނުތިބެވޭނެ
ބަންކަރިން އިން 1.5 މިލިއަންގެ އާމްދަނީ ލިބިއްޖެ
ވޯޓަ ބަންކަރިން އަށް ހާއްސަ ބާޖު ބޭނުންކުރަން ފަށައިފި