06 އޮކްޓޯބަރ 2024
ކ. ހުވަފެންފުށި ކައިރީގައި އޮންނަ ފިނޮޅަކަށް ދަތުރު ގޮސް އުޅެނިކޮށް ގެއްލުނު ތަސްލީމް މުހައްމަދު ހޯދުމަށް އިންޓަޕޮލްއިން ރީނދޫ ނޯޓިސް ނެރެފި އެވެ.
ކ. ހުވަފެންފުށި ކައިރީގައި އޮންނަ ފިނޮޅަކަށް ދަތުރު ގޮސް އުޅެނިކޮށް ގެއްލުނު ތަސްލީމް މުހައްމަދު ހޯދުމަށް އިންޓަޕޮލްއިން ރީނދޫ ނޯޓިސް ނެރެފި އެވެ.
އެންގޭޖްމަންޓް ޕާޓީއަކާއި އުފަން ދުވަސް ފާހަގަކުރަން ތަސްލީމާއި އިތުރު 25 މީހުންގެ ގްރޫޕެއް ފިނޮޅަކަށް ދިޔައީ މިދިޔަ އޮގަސްޓް މަހުގެ 29 ވަނަ ދުވަހުގެ އިރުއޮއްސެނިކޮށެވެ. އޭނާ ގެއްލިގެން ރިޕޯޓުކުރީ ޖެހިގެން އައި ދުވަހުގެ މެންދުރު 1:30 ހާއިރެވެ.
އޭނާ ހޯދުމަށް އެމްއެންޑީއެފުން ވަނީ އެ ފިނޮޅު ވަށައިގެން 5،000 އަކަފޫޓުގެ ސަރަހައްދެއް ބެލުމުގެ އިތުރުން ފިނޮޅު ކައިރިން ކަނޑުގެ އަޑިން 3،000 އަކަފޫޓުގެ ސަރަހައްދެއް ވެސް ބަލައިފަ އެވެ. އެކަމަކު އެމްއެންޑީއެފުން ކުރިން ބުނެފައިވާ ގޮތުގައި އޭނާ ގެއްލުނީ މޫދަށް ކަމެއް ކަށަވަރެއް ނުވެ އެވެ.
އެހެންވެ، އޭނާ ހޯދުމުގެ އޮޕަރޭޝަން ލީޑުކުރަނީ ފުލުހުން ކަމަށް އޭރު އެމްްއެންޑީއެފުން ބުނެފައިވެ އެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން މިއަދު ބުނީ ތަސްލީމް ހޯދުމަށް އިންޓަޕޯލްގެ ޔެލޯ ނޯޓިސް ނެރެފައިވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހު ކަމަށެވެ. އަދި އިންޓަޕޮލް މެދުވެރިކޮށް އާންމުކުރާ ނޯޓިސްތަކަކީ އިންޓަޕޮލް މެމްބަރު ހުރިހާ ގައުމަކުން ވެސް ފެންނަ ގޮތަށް އާންމުކުރާ ނޯޓިސްތަކެއް ކަމަށާއި އެކަމަކު އެފަދަ ކޮންމެ ނޯޓިސްއަކީ އާންމުންނަށް ފެންނަ ގޮތަށް އިންޓަޕޯލްގެ ވެބްސައިޓުގައި އާންމުކުރާ ނޯޓިސްތަކެއް ނޫން ކަމަށް ފުލުހުން ބުންޏެވެ.
ރީނދޫ ނޯޓިސްއަކީ މީހަކު ގެއްލުމުން އެ މީހަކާ ބެހޭ މައުލޫމާތެއް ލިބިއްޖެނަމަ ހިއްސާކުރަން އެދި ނެރޭ ބައިނަލްއަގްވާމީ ނޯޓިސް އެކެވެ. އެއީ މީހަކު ވަގަށް ނެގުމުން ނުވަތަ ވީނުވީއެއް ނޭނގި ގެއްލުމުން އެ މީހަކު ހޯދުމުގައި އެހީތެރި ކަމަށް އެދި ނެރޭ ނޯޓިސްއެކެވެ. މީގެކުރިން ދިވެއްސަކާ ބެހޭގޮތުން އިންޓަޕޯލްއިން ރީނދޫ ނޯޓިސްއެއް ނެރެފައިވަނީ ވަގަށް ނަގާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެ މައްސަލާގައި އޭނާ ހޯދުމަށެވެ.
ތަސްލީމް ގެއްލުނު މައްސަލާގައި ސީރިއަސް ގިނަ ކަންތައްތަކެއް ހުރުމުން އެ މައްސަލަ ތަހުގީގު ކުރަމުން ދަނީ ޖިނާއީ މައްސަަލައެއްގެ ގޮތުގަ އެވެ.
ފުލުހުން ކުރިން ނެރުނު ބަޔާނެއްގައި ބުނީ އެ ދަތުރުގައި ތަސްލީމު ބައިވެރިވީ ދަތުރު ރޭވި މީހުންގެ ރަހުމަތްތެރިކަމުގައި ޕާޓީއަށް ތައްޔާރުކުރާ ބެކްޑްރޮޕް އަދި ލައިޓިންގެ މަސައްކަތް ކުރުމަށް ކަމަށެވެ. އެމީހުންނާ އެކު ފިނޮޅަށް ދިޔަ ކަމަށާއި އެ ރޭ 12:00 އާ ހަމައަށް ދަތުރުގެ ބައިވެރިންނާ އެކު އޭނާ އުޅުނު ކަމަށް ތަހުގީގަށް މައުލޫމާތު ލިބޭ ކަމަށް ފުލުހުން ބުންޏެވެ.
ދަތުރުގެ ބައިވެރިން ނަގާފައިވާ ފޮޓޯތަކުން ވެސް، ޓެންޓު ޖަހާފައި އޮތް ސަރަަހައްދުގައި އެ ރޭ 12:00 ގެ ފަހުން ވެސް ތަސްލީމް ނިދާފައި އޮތްތަން ފެންނަ ކަމަށް ފުލުހުން ބުނެ އެވެ. އޭނާ ދަތުރުދިޔަ ކަމަށް ބުނާ ތަނަކީ ހިއްކާފައި އޮތް އަދި ރުއްގަހެއް ނެތް ތަނެކެވެ. އެއީ މާލެއާ 14 މޭލުގައި އޮތް ތަނެކެވެ.
އޭނާ އެންމެ ފަހުން ފެނުނީ ގެއްލިގެން ރިޕޯޓު ކުރި ދުވަހުގެ ހެނދުނު 7:45 އާއި 9:00 އާ ދެމެދުގަ އެވެ. އެދުވަހު މާލެ ދާން ބޭނުންވާ ކަމަށް ތަސްލީމް ބުނުމުން، އެ ދުވަހުގެ 10:00 އާއި 11:00 އާ ދެމެދު މާލެއަށް ފުރި ލޯންޗެއްގައި އޭނާ ފޮނުވާލަން ވެގެން ބެލިއިރު އޭނާ ނުފެނުނު ކަމަށާއި އަދި އެހެން ލޯންޗެއްގައި މާލެ ދިޔަތޯ ބަލަން ދަތުރުގެ ބައިވެރިން އޭނާގެ އާއިލާއަށް ގުޅައި މައުލޫމާތު ސާފުކުރި ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ފުވައްމުލަކުން ގެއްލުނު ކުއްޖާ ފެނިއްޖެ
ބިދޭސީއަކު ގެއްލިގެން ހޯދާތާ މަހަކަށް ވުރެ ގިނަ ދުވަސް
ގެެއްލިގެން ހޯދަމުންދިޔަ ސާއިފް ފެނިއްޖެ
ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު ގެއްލިގެން ހޯދަނީ
ޝެފަކު މަރާލި މައްސަލާގައި އިންޓަޕޯލްގެ އެހީއަށް އެދެފި
އަސްވާން ދޫކޮށްލީ ބަންދުކުރަން އެދުނު ގޮތް ގޯސްވުމުން
ރެޑް ނޯޓިސް ނެރެގެން ހޯދި ތިން މީހުން ހައްޔަރު
ރެޑް ނޯޓިސް ނެރެގެން ހޯދަމުންއައި މީހަކު އަތުލައިގަނެފި
ތަސްލީމަށް ވީގޮތެއް ނޭނގެ؛ އިންޓަޕޮލްގެ ނޯޓިސް ނެރެނީ
ތަސްލީމް ގެއްލުނު މައްސަލާގައި ޖިނާއީ ތަހުގީގެއް