Roadha Mihaaru
އިސްލާމީ މަރުކަޒު ކައިރީގައި މަސްފެންގަނޑެއް ހަދަނީ

އިސްލާމީ މަރުކަޒު ކައިރީގައި މަސްފެންގަނޑެއް ހަދަނީ

02 އޮކްޓޯބަރ 2024

އިސްލާމީ މަރުކަޒުގެ މުންނާރު ކައިރީ މަސްފެންގަނޑެއް ހަދައިދޭނެ ބަޔަކު ހޯދަން އިސްލާމިކް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އިސްލާމީ މަރުކަޒުގެ މުންނާރު ކައިރީ މަސްފެންގަނޑެއް ހަދައިދޭނެ ބަޔަކު ހޯދަން އިސްލާމިކް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ތަން ހެދުމަށް ނިންމީ އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ކަމަށެވެ.

މަސް ފެންގަނޑު ތައްޔާރު ކުރަން ބީލަން ހުށަހެޅުމަށް ހުޅުވާލީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށެވެ.

ޝައުގުވެރިވާ ވިޔަފާރިތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީކޮށް، އެ ހިސާބު މިނިސްޓްރީއަށް ހުށަހެޅުމަށް ހުޅުވާލާފައި ވާއިރު، އަންދާސީ ހިސާބު ހުށަހެޅުން އޮންނަނީ އަންނަ އާދިއްތަ ދުވަހުގެ 11:00ގައި ކަމަށް މިނިސްޓްރީން ބުންޏެވެ.

ރަޖިސްޓްރީ ނުކުރާ މީހުންނަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ އެވެ.