Roadha Mihaaru
އިންކަމް ޓެކްސް ބަޔާން ހުށަނާޅާ 42 ތަނެއް

އިންކަމް ޓެކްސް ބަޔާން ހުށަނާޅާ 42 ތަނެއް، ބޮޑެތި ކުންފުނިތައް ހިމެނޭ

01 އޮކްޓޯބަރ 2024

ޓެކްސް އިދާރާ، މީރާ އަށް އިންކަމް ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ބަޔާން ހުށަނާޅާ 42 ފަރާތެއްގެ ނަން އެ އޮތޯރިޓީން އާންމުކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ޓެކްސް އިދާރާ، މީރާ އަށް އިންކަމް ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ބަޔާން ހުށަނާޅާ 42 ފަރާތެއްގެ ނަން އެ އޮތޯރިޓީން އާންމުކޮށްފި އެވެ.

މީރާ އިން އިއްޔެ އާންމުކުރި އެ ކުންފުނިތަކުގެ ތެރޭގައި ރާއްޖޭގެ ނަން މަޝްހޫރު ބައެއް ކުންފުނިތައް ހިމެނެ އެވެ. އަދި އޭގެ ތެރޭގައި ރާއްޖޭގެ ރިސޯޓުތައް ހިންގާ ކުންފުނިތައް ވެސް ހިމެނެ އެވެ.

ބަޔާން ހުށަނާޅާ ކުންފުނިތައް:

- ތްރީއޭ ޓްރޭޑިން

- އައިމާ ކޮންސްޓްރަކްޝަންސް.

- ބިގް ފިޝް މޯލްޑިވްސް.

- ބޮން ފްރީ ޕްރައިވެޓް.

- ކެނަރީސް ރިސޯޓު.

- ސެންޗޫރިއަން ޕަބްލިކް ލިމިޓެޑް.

- ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން.

- ކޮރަލް އައިލެންޑް މޯލްޑިވްސް.

- ޑްރިފްޓްވުޑް މޯލްޑިވްސް.

- އެންސިސް.

- އިކުއިޓޯރިލއަލް ލައިންސް.

- އިހުސާން ފިހާރަ

- ކަނޑިންމަ ރިސޯޓު

- ލިޓަސް ކޮންސްޓްރަކްޝަނާއި ލިޓަސް ޖެނަރަލް ޓްރޭޑިން އަދި ލިޓަސް މޯލްޑިވްސް

- މިރިއަންދޫ

- ނަވަލޯކާ ކޮންސްޓްރަކްޝަން

- ޕްލެޓިނަމް ކެޕިޓަލް

- ސައުދީ ބިންލާދިން ކުންފުނި ވެލާނާ އެއާޕޯޓު ހަދަމުން އަންނަ

- ޝީޝާ

- ސީނިއާ އިންޓަނޭޝަނަލްގެ ދަށުން ލޮޓަސް ފިހާރަ އާއި ލޮޓަސް ބައިކް ވެސް ހިންގާ.

MIRA - Non Compliers

MIRA - Non Compliers

އިންކަމް ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުގެ ތަފްސީލު

މީގެ ތެރޭގައި ހިމެނޭ ގިނަ ރިސޯޓުތަކަކީ 2022 ވަނަ އަހަރު މީރާ އިން އާންމު ކުރި ޓެކްސް ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރާ "ނޭމް އެންޑް ޝޭމް" ގެ ދަށުން ރިސޯޓު ކުލި ނުދައްކައިގެން ނަން އާންމުކުރި ރިސޯޓުތަކެވެ.

މީރާގެ އުސޫލު އޮންނަ ގޮތުން، މި ލިސްޓުގައި ހުރި ކުންފުނިތަކުގެ ތެރެއިން ކުންފުންޏަކުން ޓެކްސް ބަޔާން ހުށަހަޅައިފި ނަމަ މި ލިސްޓުން އުނި ކުރާނެ އެވެ.

އިންކަމް ޓެކްސްގެ އިތުރުން ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރާ އުސޫލުގެ ދަށުން، ޖީއެސްޓީ އާއި ގްރީން ޓެކްސް އާއި ވިތުހޯލްޑިން ޓެކްސް ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ވެސް މީރާ އިން އަންނަނީ އާންމު ކުރަމުންނެވެ.