01 އޮކްޓޯބަރ 2024
މާލޭގައި ފިހާރައެއްގެ ސޭޓެއްގެ ކަރަށް ވަޅިން ހަމަލާދިން މައްސަލާގައި ހައްޔަރުކުރި އަންހެން މީހާ ތޫނު ހަތިޔާރުން އެހެން މީހަކަށް ހަމަލާދިން މައްސަލައެއްގައި ތަހުގީގު ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.
މާލޭގައި ފިހާރައެއްގެ ސޭޓެއްގެ ކަރަށް ވަޅިން ހަމަލާދިން މައްސަލާގައި ހައްޔަރުކުރި އަންހެން މީހާ ތޫނު ހަތިޔާރުން އެހެން މީހަކަށް ހަމަލާދިން މައްސަލައެއްގައި ތަހުގީގު ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.
މިދިޔަ އަހަރު މާލޭގައި ފިހާރައެއްގެ ސޭޓެއްގެ ކަރަށް ވަޅިން ހަމަލާދިން މައްސަލާގައި ހައްޔަރު ކުރުމަށްފަހު ދޫކޮށްލާފައިވާ އެ މީހާ މިދިޔަ މަހުގެ 15 ވަނަ ދުވަހު ހައްޔަރުކުރީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި މުދަލަށް ގެއްލުން ދިނުމުގެ ތުހުމަތުގަ އެވެ.
އޭނާ ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވަނީ ތ. ތިމަރަފުށްޓަށް ނިސްބަތްވާ 30 އަހަރުގެ އެ މީހާއާ ދެކޮޅަށް ހެކި ލިބިފައިވާ ކަމަށެވެ. އެގޮތުން ތޫނު އެއްޗަކުން މީހަކަށް ހަމަލާދިން ކަމަށާއި ހައްޔަރު ކުރަން އުޅުނުއިރު ބިންމައްޗަށް ވަޅިއެއް ވައްޓާލި ކަމަށް ފުލުހުން ބުނާ ކަމަށް ކޯޓުގެ އަމުރުގައިވެ އެވެ.
އެންމެ ފުރަތަމަ އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން އިތުރުކުރީ 15 ދުވަހެވެ. އޭރު އޭނާ ބަންދުކުރަން އަމުރުކުރީ އޭނާގެ ކުށުގެ ރިކޯޑު އޮތުމުގެ އިތުރުން އޭނާއަކީ ބިރު ދެއްކުމާއި ފޭރުމުގެ ރިކޯޑު އޮތް މީހެއް ކަމަށް ވާތީ އެވެ.
ކުރީގެ ބަންދު އަމުރުގައިވާ ގޮތުން، އެ ހާދިސާ ހިނގި ތަނަށް ދިޔައީ އޭނާގެ ފޯނު ހޯދަން ކަމަށާއި އެއްވެސް މާރާމާރީއެއް ނުހިންގާ ކަމަށް ވަނީ އޭނާ ވަނީ ބުނެފަ އެވެ. އެކަމަކު ފުލުހުން ބުނެފައިވަނީ އޭނާގެ އަތުން ކަޓަރެއް ފެނުނު ކަމަށާއި އަދި އަނިޔާ ލިބުނު މީހާއަށް ހަމަލާދީފައިވަނީ އެ ކަޓަރުން ކަމަށް ބެލެވޭ ކަމަށެވެ.
ތިމަރަފުށީގައި ވެސް އޭނާ ތޫނު އެއްޗެހިން މީހުންނަށް ހަމަލާދީގެން ދޭތެރެ ދޭތެރެއިން ހައްޔަރުކުރެ އެވެ.
މާލޭގައި ފިހާރައެއްގެ ސޭޓެއްގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައެއްގައި ވެސް އޭނާ ކުރިން ހައްޔަރު ކުރުމަށްފަހު ސައިކޮލޮޖިސްޓަކު ހެދި އެސެސްމަންޓުން ދައްކާ ގޮތުގައި އެ މީހާ އަށް އެޑްމިޓުކޮށްގެން މަސްތުވާތަކެއްޗަށް ފަރުވާ ދޭންޖެހެ އެވެ.
އެކަމަކު ފަރުވާއަށް ކޯޓުން އަމުރު ނުކުރާތީ އޭނާއަށް ފަރުވާ ދޭން ޑްރަގް އެޖެންސީން ވަނީ ދެކޮޅު ހަދައިފަ އެވެ.
ވަގަށް ނެގި ބައިސްކަލެއް ނުގަތުމުން މާރާމާރީ ހިންގައިފި
ބޯފަޅާލުމުން ހައްޔަރުކުރި މީހާގެ ކުށުގެ ރެކޯޑް އޮވޭ
އޮޅުވާލައިގެން ގެންގޮސް ފޭރުނު މައްސަލާގައި ދައުވާކޮށްފި
ބިރުދައްކައި ފޭރުނު 2 މީހުންގެ ބަންދު އިތުރުކޮށްފި
އެކައުންޓުން ފައިސާ ނެގި މުވައްޒަފަކަށް ޖޫރިމަނާ
ރެޑް ނޯޓިސް ނެރެގެން ހޯދި ތިން މީހުން ހައްޔަރު
ރެޑް ނޯޓިސް ނެރެގެން ހޯދަމުންއައި މީހަކު އަތުލައިގަނެފި
ތޫނު ހަތިޔާރުން ހަމަލާދޭ މީހާ އަނެއްކާ ހައްޔަރުކޮށްފި
ޑްރަގް ކޯޓުން ވައްކަންކުރި މައްސަލާގައި މީހަކު ހައްޔަރު
ވަގަށް ނެގި އަގުބޮޑު ގަޑިއެއް ވިއްކި މީހަކު ޖަލަށް