Roadha Mihaaru
ތިމަރަފުށީގައި މާރާމާރީ ހިންގި މީހުން ހައްޔަރުކޮށްފި

ތިމަރަފުށީގެ ގެއަކަށް ވަދެ މާރާމާރީ ހިންގި ފަސް މީހަކު ހައްޔަރުކޮށްފި

29 ޑިސެމްބަރ 2024

ތ. ތިމަރަފުށީގައި ގެއަކަށް އިއްޔެ ގްރޫޕަކުން ވަދެ މާރާމާރީ ހިންގި މައްސަލާގައި ފަސް މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ތ. ތިމަރަފުށީގައި ގެއަކަށް އިއްޔެ ގްރޫޕަކުން ވަދެ މާރާމާރީ ހިންގި މައްސަލާގައި ފަސް މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ މި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މީހުންނަކީ އެ ރަށު ޖަހާމުގުރިގެ، އަހްމަދު އަމީން، 36 އާއި ސަލްވާ، އަހްމަދު ޝަހުދީ، 38 އާއި ހިރި، އާސް އިބްރާހިމް، 32 އާއި ގުލްބަކާވިލާ، އަބްދުﷲ އަޝްރަފް، 39ގެ އިތުރުން ވިލިމާލެ، ވަވަތް، މުހައްމަދު ރައޫފު، 54 އެވެ.

މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަން ފިޔަވައި އިތުރު ތަފުސީލެއް ފުލުހުން އަދި ނުދެ އެވެ.

އެ މާރާމާރީ ހިންގި ސަބަބެއް އަދި މީހަކަށް އަނިޔާވި ކަމެއް ވެސް ފުލުހުން ނުބުނެ އެވެ.

ފުލުހުން އިއްޔެ ބުނީ ތިމަރަފުށީގެ ގެއަކަށް ފަސް މީހުން ވަދެ މާރަމާރީ ހިންގި މައްސަލައެއް މެންދުރު ފަހު 1:30 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އެ ހާދިސާގައި އެ ގްރޫޕުން މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށް ސޯޝަލް މީޑިއާގައި ވަނީ އަޑުފެތުރިފަ އެވެ.