މިދިޔަ އަހަރު މާލޭގެ ގެސްޓް ހައުސްއެއްގައި މީހަކަށް ބޮޑެތި އަނިޔާތަކެއް ދިން ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ދެ މީހުން ބަންދުން ދޫކޮށްލައިފި އެވެ.
މިދިޔަ އަހަރު މާލޭގެ ގެސްޓް ހައުސްއެއްގައި މީހަކަށް ބޮޑެތި އަނިޔާތަކެއް ދިން ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ދެ މީހުން ބަންދުން ދޫކޮށްލައިފި އެވެ.
ގެސްޓް ހައުސްގައި އަނިޔާކޮށްފައި އޮއްވައި އެ މީހާ ފެނުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ނުވަ ވަނަ ދުވަހު، އޭނާގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކުރުމުން އެތަނަށް ވަދެ ބެލުމުންނެވެ. ޒަހަމްވި ދިވެހި ފިރިހެން މީހާއަށް އައިސީޔޫގައި ގިނަ ދުވަސްތަކެއް ވަންދެން ފަރުވާ ދިނެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ތުހުމަތުވާ ކ. ތުލުސްދޫ މީހެއް ކަމަށްވާ އުމުރުން 23 އަހަރުގެ ފައުޒާން ޒަރީޒު މިދިޔަ އަހަރު ނޮވެމްބަރު 21 ގައި ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ. އޭނާ ބަންދުން ދޫކޮށްލީ ހައްޔަރު ކޮށްފައިވާ މައްސަލައިގެ ތަހުގީގު ނިމިފައިވާތީ އާއި މިދިޔަ އަހަރު ސެޕްޓެމްބަރު 25 ގައި ޑްރަގް ކޯޓުން ދެ އަހަރުގެ ޖަލު ހުކުމެއް ކޮށްފައިވާތީ އެ ހުކުމް ތަންފީޒު ކުރުމަށް ކަރެކްޝަނާ ހަވާލު ކުރުމަށް ކަމަށް ފުލުހުން ބުންޏެވެ.
ދެން އެ މައްސަލައިގައި ތުހުމަތުވާ އަހްމަދު މާޒިން އިބްރާހިމް، 23، މއ. ވޮއްކޮޅުގެއާގެ، ވެސް ވަނީ ބަންދުން ދޫކޮށްލައިފަ އެވެ. އޭނާ ދޫކޮށްލީ މި މަހުގެ ހަ ވަނަ ދުވަހު ގޭ ބަންދަށް ކަމަށް ފުލުހުން ބުންޏެވެ.
އޭނާގެ ބަންދު މުރާޖައާކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދޫކޮށްލީ ޝަރުތުކުރުމަށް ފަހުގަ އެވެ. އެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ބޭސްފަރުވާ ހޯދަން ނޫން ގޮތަކަށް ބޭރަށް ނުދިއުން، މޮނިޓަރިން ޓެގް އެޅުވުމުގެ ހުއްދަ ދިނުން އަދި މައްސަލައިގެ ހެކިންނާ މުއާމަލާތް ނުކުރުމެވެ.
ޒަހަމްކޮށްލާފައި އޮއްވައި ފެނުނު މީހާގެ މޫނާއި ހަށިގަނޑުގެ އެތަންމިތަނަށް ބޮޑެތި އަނިޔާތަކެއް ދީފައިވެ އެވެ. އެކަމަކު އަނިޔާކުރުމަށް މެދުވެރިވި ސަބަބެއް އަދި އެއީ ކިހިނެއް ހިނގި ހާދިސާއެއް ކަމެއް މިހާތަނަށް ވެސް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
ހުޅުމާލޭ ކެފޭއެއްގައި ދެ ބިދޭސީންގެ މާރާމާރީއެއް
ކޯޓުގައި ބުނީ ޖީބަށް ވަޅި ލެވުނީ ހަނދާން ނެތިގެންނޭ
ހޮޅުދޫގައި މުޒާހަރާ ކުރި ދެ މީހަކު ހައްޔަރުކޮށްފި
މާރާމާރީގެ ތުހުމަތުވާ ބަޔަކު ކޯޓުން ދޫކޮށްލައިފި
ކެފޭ މާރާމާރީ: ހައްޔަރުކުރި މީހާގެ ބަންދަށް 5 ދުވަސް
ރިސޯޓެއްގެ ޖެނެރަލް މެނޭޖަރަކަށް ހަމަލަދީފި
ތިމަރަފުށީގައި މާރާމާރީ ހިންގި މީހުން ހައްޔަރުކޮށްފި
ހޮޅުދޫގައި މަރުވި ޒަކިއްޔާގެ ދޮށީ ދަރި ހައްޔަރުކޮށްފި
ކެފޭއަކަށް ވަދެ ގެއްލުން ދިން ދެ މީހުން ހައްޔަރުކޮށްފި
ދެ ދުވަސް ތެރޭގައި މާލޭގައި ގިނަ މާރާމާރީތަކެއް