Roadha Mihaaru
ރައީސް، ޕާކިސްތާނުގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

ރައީސް މުއިއްޒު، ޕާކިސްތާނުގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

24 ސެޕްޓެމްބަރ 2024

ރައީސް ޑރ. މުހައްމަދު މުއިއްޒު، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްއާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްއާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

އެމެރިކާގެ ނިއު ޔޯކުގައި ކުރިއަށް ގެންދާ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގެ ހަވާސާގައި ޝެހްބާޒްއާ ރައީސް މުއިއްޒު ބައްދަލު ކުރެއްވިއިރު، ދެ ގައުމުގެ އިސްވެރިން މިގޮތަށް ބައްދަލު މި ކުރެއްވީ ވަރަށް ގިނަ އަހަރުތަކަކަށް ފަހު އެވެ.

ދެވަނަ ދައުރަކަށް މި އަހަރު އިންތިހާބުވެވަޑައިގަތް ޝެހެބާޒްއާ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލު ކުރައްވާފައެއް ނުވެ އެވެ. އޭގެ ކުރިން ހުންނެވި ބޮޑު ވަޒީރު އިމްރާންހާންއާ އެކު ވެސް ބައްދަލުވުމެއް ބާއްވާފައެއް ނުވެ އެވެ.

އެންމެ ފަހުން ރާއްޖޭގެ ރައީސަކު ޕާކިސްތާނުގެ ބޮޑު ވަޒީރާ ބައްދަލު ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރުގެ ޕާކިސްތާނުގެ މުހައްމަދު ނަވާޒް ޝަރީފް، ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގަ އެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ކޮޕް28 ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅުގައި ވެސް ޕާކިސްތާނުގެ އިސް ބޭފުޅުންނާ ބައްދަލު ކުރެއްވި އެވެ. އެގޮތުން ކޮންފަރެންސްގައި ޕާކިސްތާނުން ބައިވެރިވި މަތީ ފަންތީގެ ވަފުދުގެ އިސްވެރިޔާ، ޕާކިސްތާނުގެ އަށް ވަނަ ކެއާޓޭކާ ބޮޑުވަޒީރު އަންވާރުލް ހައްގު ކަކަރްއާ ބައްދަލު ކުރެއްވި އެވެ.