24 ސެޕްޓެމްބަރ 2024
ބީއެމްއެލްގެ ސްޓާޓަޕް ގްރާންޓް 2024 އަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ބީއެމްއެލްގެ ސްޓާޓަޕް ގްރާންޓް 2024 އަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެ ބޭންކުން މިއަދު ބުނީ، އެއީ އާ ވިޔަފާރިތަކަށް އަމާޒުކޮށް، ރާއްޖޭގައި އަލަށް ވިޔަފާރިއެއް ފެށުމަށް ނުވަތަ ހިންގާ ވިޔަފާރިއެއް ކުރިއެރުވުމަށް ދޫކުރާ ހިލޭ އެހީއެއް ކަމަށެވެ. ބީއެމްއެލް ސްޓާޓަޕް ގްރާންޓަށް އެދި ހުށަހަޅާ ޕްރޮޕޯސަލްތަކުން ދެ ވިޔަފާރިއެއް ހޮވައި، އޭގެ ތެރެއިން ކޮންމެ ވިޔަފާރިއަކަށް 500،000 ރުފިޔާ ދޭނެ އެވެ.
އެ ވިޔަފާރިތަކުން ހުށަހަޅާ ޕްލޭނާ އެއްގޮތަށް ކާމިޔާބު ކަމާ އެކު ވިޔަފާރި ފަށައި، ހިންގުމަށް ބޭނުންވާ ފައިނޭންޝަލް އެޑްވައިސް ބޭންކުން ފޯރުކޮށްދޭނެ އެވެ. އަމިއްލަ ފަރުދުންނާއި އަލަށް ރަޖިސްޓަރީކޮށް، ހިންގަމުން އަންނަ ކޮންމެ ވިޔަފާރިއަކަށް ވެސް މި ގްރާންޓަށް އެދި ހުށަހެޅޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ބީއެމްއެލްގެ އެކްޓިން ސީއީއޯ އާއިޝަތު ނޫރައްދީން ވިދާޅުވީ ވިޔަފާރިތައް ބާރުވެރި ކުރުވުމަކީ އިގްތިސާދަށް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ކުރުމަށް ނުހަނު ބޭނުންތެރިކަމެއް ކަމަށެވެ.
"އަޅުގަނޑުމެންގެ މި ގްރާންޓް ޕްރޮގްރާމުން ދައްކައި ދެނީ ވިޔަފާރީގެ ރޫހު އާލާ ކުރުމަށާއި ރާއްޖޭގެ ހުނަރުވެރި ވިޔަފާރިވެރިން އުފެއްދުމަށް ބޭންކުން ކުރަމުންދާ މަސައްކަތް. ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، އެ ފަރާތްތަކުގެ އުންމީދުތަކަކީ އިގްތިސާދަށް ފައިދާކުރާ އަދި އެހެންމެ ކާމިޔާބު ވިޔަފާރިތަކަކަށް ހެދުމަށްޓަކައި ބީއެމްއެލް ސްޓާޓްއަޕް ގްރާންޓް ތިން ވަނަ އަހަރެއްގައި ވެސް ހިންގޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ ފަހުރެއް،" އޭނާ ވިދާޅުވި އެވެ.
ސްޓާޓަޕް ގްރާންޓަށް އެދި ހުށަހެޅުމަށް އަންނަ މަހުގެ 17 ގެ ކުރިން އީމެއިލް މެދުވެރިކޮށް ޕްރޮޕޯސަލް ހުށަހެޅުމަށް ވަނީ އެދިފަ އެވެ.
ކާޑު ލިމިޓު އިތުުރު ކުރަން ދަރިވަރުންނަށް ޕޯޓަލެއް
42 އަހަރަށް ފަހު އައިސްތު ބީއެމްއެލް އިން ވަކިވަނީ
ބީއެމްއެލްގެ މުވައްޒަފުންނަށް ހިދުމަތުގެ އެވޯޑުތައް
ބީއެމްއެލްގެ ސީއީއޯއަކަށް ޝަރީފް އައްޔަންކޮށްފި
ބީއެމްއެލްގެ ސްކޮލާޝިޕް ފަންޑަށް ހުޅުވާލައިފި
ކަސްޓަމަރުންނަށް ގެއްލުން ނުވާނެ ކަމުގެ ޔަގީންކަން ދީފި
ބީއެމްއެލްގެ ސީއީއޯގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި
ބީއެމްއެލްގެ ސީއީއޯ ކާލްސްޓުމްކަ އިސްތިއުފާ ހުށަހަޅައިފި
ބީއެމްއެލްއަށް އޮޅިގެން ފައިސާ އިތުރަށް ޖަމާވެއްޖެ
ޕޭރޯލް/ބަލްކް ޓްރާންސްފާގެ ހިދުމަތަށް ވަގުތީ ބަދަލެއް