Roadha Mihaaru
ޕާޓީން ވަކިވާން އެދޭ ގޮތްތައް އީސީން ފަސޭހަކޮށްދީފި

ޕާޓީން ވަކިވާން އެދި އީސީއަށް ހުށަހެޅޭނެ ގޮތްތައް ފަސޭހަކޮށްދީފި

23 ސެޕްޓެމްބަރ 2024

ސިޔާސީ ޕާޓީން ވަކިވުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅޭނެ ގޮތްތައް މިއަދު ފަސޭހަކޮށްދީފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސިޔާސީ ޕާޓީން ވަކިވުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅޭނެ ގޮތްތައް މިއަދު ފަސޭހަކޮށްދީފި އެވެ.

އެ ކޮމިޝަނުން ސިޔާސީ ޕާޓީތަކުގެ ގަވައިދަށް ގެނައި ނުވަ ވަނަ އިސްލާހުގައި ބުނީ ޕާޓީން މެމްބަރަކު ވަކިވުމަށް އެދޭތާ 14 ދުވަހުގެ ތެރޭގައި އެ މީހަކު ޕާޓީން ވަކިކޮށްދޭން ޖެހޭނެ ކަމަށެވެ. އެ މުއްދަތުގެ ތެރޭގައި އެކަން ނުކޮށްދީނަމަ އީސީން ކަނޑައަޅާ ނިޒާމުގެ ތެރެއިން ޝަކުވާ ހުށަހެޅުމުން އޭނާގެ ނަން، ޕާޓީގެ ދަފްތަރުން އުނިކޮށްދޭން ޖެހޭނެ ކަމަށް ބުންޏެވެ.

އެ ގަވައިދު ކުރިން އޮންނަގޮތުން، ޕާޓީން ވަކިކޮށްދިނުމަށް އީސީއަށް ހުށަހަޅަންޖެހޭނީ ވަކި ހާއްސަ ފޯމަކުންނެވެ.

ސިޔާސީ ޕާޓީތަކުގެ ގަވައިދަށް ދެން ގެނައި އިސްލާހަކީ، ކުރިން ހުރި ޕާޓީއަށް ނޭނގި އެހެން ޕާޓީއަކަށް ބަދަލުކޮށްފައިވާތީ، ކުރީގައި ހުރި ޕާޓީއަށް ބަދަލުވުމަށް އީސީން ކަނޑައަޅާ ނިޒާމުގެ ތެރެއިން ހުށަހެޅުމުން ނޭނގި ރަޖިސްޓްރީކޮށްފައި އޮތް ޕާޓީން ވަގުތުން ވަކިކޮށް، ކުރިން ހުރި ޕާޓީއަށް އީސީން އަލުން ވައްދައިދިނުމާ ގުޅޭ ބަދަލެވެ.

ނަމަވެސް، އެ ގަވައިދު ކުރިން އޮތީ މީހަކަށް ނޭނގި އޭނާ ޕާޓީއަކަށް ވައްދާފައިވާކަމުގެ ޝަކުވާ ވެސް ވަކި ފޯމަކުން ހުށަހަޅައި އަދި އެއީ ތެދު ޝަކުވާއެއްކަން ފެނިއްޖެނަމަ، އެ ޕާޓީއަކުން އޭނާ ވަކިކޮށްދޭންވާނެ ކަމަށެވެ. ނޭނގި ސިޔާސީ ޕާޓީތަކަށް ވެއްދުމުގެ މައްސަލަތައް ބޮޑެވެ. އޭގެ ތެރެއިން އެއް މައްސަލައެއްގައި މި ފަހުން ވަނީ ފުރަތަމަ ފަހަރަށް ދައުވާ ވެސް ކޮށްފަ އެވެ.