19 ސެޕްޓެމްބަރ 2024
މި ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބުކޮށް އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ރޭ ޔުއެފާ ޗެމްޕިއަންސް ލީގުގައި އިޓަލީގެ އިންޓަ މިލާން ކޮޅަށް ލަނޑެއް ނުޖެހި މެޗު އެއްވަރުވެއްޖެ އެވެ.
މި ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބުކޮށް އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ރޭ ޔުއެފާ ޗެމްޕިއަންސް ލީގުގައި އިޓަލީގެ އިންޓަ މިލާން ކޮޅަށް ލަނޑެއް ނުޖެހި މެޗު އެއްވަރުވެއްޖެ އެވެ.
މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލުން އިންޓަ އަތުން 1-0 އިން މޮޅުވި ސިޓީ އަށް ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި، އިންޓަގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވި އެވެ. މި ސީޒަނުގައި މިހާތަނަށް ނުވަ ގޯލް ޖަހާގައިވާ ސިޓީގެ ފޯވާޑް އާލިން ހާލަންޑް ހުއްޓުވުމުގައި އިންޓަގެ ތަޖުރިބާކާރު ޑިފެންޑަރު ފްރެންސެސްކޯ އެސްރެބީ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
އިންޓަގެ ކޯޗު ސިމޯނީ އިންޒާގީ ބުނީ އޭނާގެ ޓީމުން، ސިޓީ ފަދަ ޗެމްޕިއަނަކާ ދެކޮޅަށް ދެއްކީ އާދަޔާހިލާފު ކުޅުމެއް ކަމަށެވެ.
"އަހަރެން މެޗަށް ފަހު ޗޭންޖިން ރޫމުގައި ކުޅުންތެރިން މަރުހަބާ ކިއިން. އަހަރެމެން އެންމެންނަށް އެނގޭ ސިޓީގެ ފެންވަރާއި އެ ޓީމު ހާއްސަކޮށް އަމިއްލަ ދަނޑުގައި ހޯދާފައިވާ ކާމިޔާބު. އެހެންވެ އެ ޓީމު ހުއްޓުވުމަކީ ކާމިޔާބެއް، އަދި ހަނދާންކޮށްލަން ޖެހޭ އަހަރެމެންނަށް މޮޅުވާން ވެސް ފުރުސަތު ލިބުނުކަން،" އިންޒާގީ ބުންޏެވެ.
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ މިދިޔަ އަހަރުގެ ފައިނަލުގައި އިންޓައާ ދެކޮޅަށް ދެއްކި ކުޅުމަށް ވުރެ ރޭގެ މެޗުގައި ސިޓީން ރަނގަޅަށް ކުޅުނު ކަމަށާއި އެކަމަކު އިންޓަ ފެނުނީ އެއަށް ވުރެ ވަރުގަދަކޮށް ކަމަށެވެ.
"އިންޓަ އިން ކުޅުނީ ވަރަށް ތަފާތު މޮޅު ކުޅުމެއް،" ގާޑިއޯލާ ބުންޏެވެ.
ޗެމްޕިއަންސް ލީގުގައި ރޭ ފްރާންސްގެ ޕީއެސްޖީ ވަނީ، މި މުބާރާތުގައި އަލަށް ވާދަކުރާ ސްޕެއިނުގެ ޖިރޯނާ އަތުން އަމިއްލަ ދަނޑުގައި 1-0 އިން މޮޅުވެފަ އެވެ. މެޗު އެއްވަރުވާން ދަނިކޮށް ޕީއެސްޖީ މޮޅުވީ 90 ވަނަ މިނެޓުގައި ޖިރޯނާގެ ޕައޮލޯ ގަޒާނިގާ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ.
މިދިޔަ ސީޒަނުގެ ރަނަރަޕް ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް ވަނީ ރަށުން ބޭރުގައި ބެލްޖިއަމްގެ ބްރޫގާ އަތުން 3-0 އިން މޮޅުވެފަ އެވެ. ޑޯޓްމަންޑުން ތިން ގޯލު ވެސް ޖެހީ މެޗުގެ ފަހުކޮޅެވެ. ފުރަތަމަ ދެ ގޯލް 76 ވަނަ މިނެޓާއި، 86 ވަނަ މިނެޓުގައި ކާމިޔާބުކުރީ ޖެމީ ބިނޯއީ-ގިޓެންސް އެވެ. ފަހު ގޯލު އިތުރު ވަގުތުގެ ތެރޭގައި ޕެނަލްޓީއަކުން ޖެހީ ސެރްހޫ ގުއިރާސީ އެވެ.
ޗެމްޕިއަންސް ލީގު ހޯދައި ގާޑިއޯލާ ފުޓްބޯޅައިގެ ތަހުތަށް
ސިޓީ އަށް އިތުބާރު ބޮޑު، އިންޓަ ބުރަވަނީ ތާރީހަށް
އެހެން މީހަކަށް ނުކުރެވުނު ކަމެއް: ގާޑިއޯލާއަށް ވާނެތަ
ސިޓީ އިން ބެޔާން އުނދަގޫ ހާލަތަކަށް ވައްޓާލައިފި
ކުއާޓާގައި ރެއާލް-ޗެލްސީ އަދި ބަޔާން-ސިޓީ
ހާލަންޑަށް ލަނޑުގެ އީދެއް، ސިޓީ އާއި އިންޓަ ކުއާޓާ އަށް
ސިޓީ އަށް ޕޮއިންޓެއް، އިނގިރޭސި ޓީމަކަށް މޮޅެއް ނުލިބުނު
ސިޓީ ކުޅުންތެރިންގެ އިތުބާރެއް ނެތް
އިންޓަ އަތުން ވީ ބަލި އާޓެޓާ އަށް ހަޖަމެއް ނުވި
ޔުނައިޓެޑުގެ ފުރަތަމަ އިމްތިހާނުން އަމޯރިމް ފާސްވެއްޖެ