Roadha Mihaaru
މެލޭޝިއާއިން ޑްރަގް ގެނައި މީހާގެ ބަންދަށް ފަސް ދުވަސް

މެލޭޝިއާއިން ޑްރަގް އެތެރެކުރި މީހާގެ ބަންދަށް ފަސް ދުވަސް

18 ސެޕްޓެމްބަރ 2024

މެލޭޝިއާ އިން ރާއްޖެއަށް އައިއިރު މަސްތުވާތަކެތި ގެނައި މީހާގެ ބަންދަށް ފަސް ދުވަސް ކޯޓުން ދީފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މެލޭޝިއާ އިން ރާއްޖެއަށް އައިއިރު މަސްތުވާތަކެތި ގެނައި މީހާގެ ބަންދަށް ފަސް ދުވަސް ކޯޓުން ދީފި އެވެ.

މި މަހުގެ 16 ގައި ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ މީހެއް ކަމަށްވާ އަހުމަދު އަހުސަން، 35، އެވެ. އޭނާ ހައްޔަރުކުރީ ރާއްޖެ އައިތަނުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

ކޯޓުން އަހުސަންގެ ބަންދަށް ފަސް ދުވަސް ދިނީ އޭނާއަށް އަދި ވަކީލުންނާ ބައްދަލުވެފައި ނުވާތީ އާއި ލިޔުންތައް ދިރާސާކުރުމަށް ވަކީލު ވެސް ވަގުތު ބޭނުންވާތީ ކަމަށް ގާޒީ ވަނީ ކޯޓު އަމުރުގައި ވަނީ ވިދާޅުވެފަ އެވެ.

މެލޭޝިއާ އެއާލައިނުން ރާއްޖެ އައި އެ މީހާ ތިން ބާވަތެއްގެ މަސްތުވާތަކެތި އެތެރެކޮށްފައިވެ އެވެ. އެތަކެތީގެ ބަރުދަނުގައި 3.5 ކިލޯ ހުރި ކަމަށް ކަސްޓަމްސް އިން ބުނެފައިވެ އެވެ.

ކަސްޓަމްސް އިން ބުނި ގޮތުގައި އޭނާ އަތުން އަތުލައިގަތީ 3،058 ގްރާމުގެ ހެރޮއިން އާއި 315 ގްރާމުގެ މެތަމްފެޓަމިން އަދި 215 ގްރާމުގެ ސިންތެޓިކް ކެތިނޯން އެވެ.