Roadha Mihaaru
ހަސީނާގެ ސަރުކާރާ ގުޅުން އޮތް ދެ ނޫސްވެރިޔަކު ހައްޔަރު

ހަސީނާގެ ސަރުކާރާ ގުޅުން އޮތް ނޫސްވެރިން ބަންގްލާދޭޝްގައި ހައްޔަރުކުރަނީ

18 ސެޕްޓެމްބަރ 2024

ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމުން ޝެއިޚް ހަސީނާ ދުރުކުރުމަށް މިދިޔަ މަހު ބޭއްވި މުޒާހަރާތައް ހުއްޓުވަން އުފެއްދި ހަމަނުޖެހުންތަކުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ދެ ނޫސްވެރިޔަކާއި ލިޔުންތެރިއަކު ހައްޔަރުކޮށްފި އެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމުން ޝެއިޚް ހަސީނާ ދުރުކުރުމަށް މިދިޔަ މަހު ބޭއްވި މުޒާހަރާތައް ހުއްޓުވަން އުފެއްދި ހަމަނުޖެހުންތަކުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ދެ ނޫސްވެރިޔަކާއި ލިޔުންތެރިއަކު ހައްޔަރުކޮށްފި އެވެ.

މިއީ ހަސީނާއަށް ތާއީދުކުރި މީހުންގެ ތެރެއިން އެތައް ސަތޭކަ ބަޔަކަށް ތުހުމަތުތައް ކޮށް ދައުވާކުރަމުން ދާއިރު ނޫސްވެރިން އޭގެ ތެރޭގައި ހިނެނުނު ފުރަތަމަ ފަހަރެވެ. ހަސީނާގެ ސަރުކާރުގެ ބައެއް މިނިސްޓަރުންނާއި ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ ބައެއް މެންބަރުންނަށް ވަނީ މަރުގެ ތުހުމަތުތައް ވެސް ކޮށް ހައްޔަރުކޮށްފަ އެވެ.

ރިޕޯޓާސް ވިތައުޓް ބޯޑާސް އިން މިދިޔަ މަހު ބުނެފައިވާ ގޮތުގައި މުޒާހަރާގެ ބައިވެރިންނާ މެދު ހިންގި ހަމަނުޖެހުންތަކާ ގުޅިގެން 25 ނޫސްވެރިއަކު ވަނީ ހައްޔަރުކޮށްފަ އެވެ. މިއީ ޖުޑީޝަރީ ބޭނުންކޮށްގެން ގާނޫނީ އިމުން ބޭރުން ނޫސްވެރިންނަށް ކުރާ ފުރައްސާރައެއްގެ ގޮތުގައި އެ ޖަމިއްޔާއިން ވަނީ ސިފަކޮށްފަ އެވެ.

މިފަހަރު ހައްޔަރުކުރި މީހުންގެ މައްޗަށް ވެސް ވަނީ މުޒާހަރާތެރޭގައި މަރުވި މީސްމީހުންގެ އާއިލާތަކުން ތުހުމަތުކޮށް މައްސަލަ ހުށަހަޅައިފަ އެވެ.

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ބަޝަންޓެކް ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވާ މަރުގެ މައްސަލައަކާ ގުޅިގެން، ބޯރޭރް ކަގޯޖް ޑެއިލީގެ އެޑިޓަރު ޝަޔާމަލް ދައްތާގެ ބަންދަށް އެއް ހަފުތާގެ މުއްދަތެއް ކޯޓުން ދީފައިވާ ކަމަށް ސްޓޭޝަންގެ ޗީފް ފޮއިސަލް އަހުމަދު ވިދާޅުވި އެވެ.

ބަންގްލަދޭޝްގެ ޕްރައިވެޓް ބްރޯޑްކާސްޓަރު އެކަޓޯރް ޓީވީގެ އެޑިޓަ އިން ޗީފް މޮޒަމެލް ބާބޫގެ ވެސް ހައްޔަރުކޮށް ބަންދު އިތުރުކުރުމަށް ވަނީ ހުށަހަޅައިފަ އެވެ.

މި ދެ މީޑިއާ އަކީ ވެސް ހަސީނާއަށް ތާއީދުކުރާ ދެ ތަނުގެ ގޮތުގައި ވަނީ ބެލެވިފަ އެވެ.

ލިޔުންތެރިޔާ ޝަހްރިޔާރު ކަބީރު ވެސް ހައްޔަރުކޮށްފައި ވާއިރު އޭނާ އަކީ ހަސީނާގެ ސިޔާސީ ވާދަވެރިން ނައްތާލުމަށް ދައުވާތައް ކުރަމުން އަންނަ ކަމުގެ ތުހުމަތު އޮންނަ ވޯ ޓްރައިބިއުނަލް އިން، ހަސީނާއާ ދެކޮޅު މީހުންގެ މައްސަލަތައް ބެލުމަށް ގޮވާލަމުން އައި މީހެކެވެ.

އޮގަސްޓް މަހުގެ ކުރީކޮޅު ހަސީނާ މަގާމުން އިސްތިއުފާ ދޭން މަޖުބޫރުވި މުޒާހަރާތައް އެތައް ހަފްތާއަކަށް ދެމިގެން ދިޔައިރު 600 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އދ. އިން ލަފާކޮށްފައިވެ އެވެ. މުޒާހަރާތަކުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން އދ.ގެ ފެކްޓް ފައިންޑިން ޓީމަކުން ހެކި ހޯދުމުގެ މަސައްކަތް މިހާރު ގެންދަނީ ކުރަމުންނެވެ.

ހަސީނާ، 76، ގެ އިސްތިއުފާ އަށް ފަހު، ނޮބެލް ސުލްހައިގެ އިނާމު ހާސިލްކުރައްވާފައިވާ މުހައްމަދު ޔޫނުސް ވަގުތީ ގޮތުން ގައުމާ ހަވާލުވެ ވަޑައިގެން މިހާރު މަސައްކަތްކުރައްވަނީ އާ އިންތިހާބެއް ބޭއްވުމަށެވެ. -- އޭއެފްޕީ