11 އޯގަސްޓް 2024
ބޭ އޮފް ބެންގަލްގައި އޮންނަ، ބަންގްލާދޭޝްގެ ކުޑަ ރަށެއް ކަމަށްވާ ސެއިންޓް މާޓިން އައިލެންޑް އެމެރިކާ އަށް ދޭން އެއްބަސްވި ނަމަ ވެރިކަމުގައި ހުރެވުނީސް ކަމަށް ވިދާޅުވެ ޝައިޚް ހަސީނާ އެމެރިކާއަށް ބޮޑު ތުހުމަތެއް ކުރައްވައިފި އެވެ.
ބޭ އޮފް ބެންގަލްގައި އޮންނަ، ބަންގްލާދޭޝްގެ ކުޑަ ރަށެއް ކަމަށްވާ ސެއިންޓް މާޓިން އައިލެންޑް އެމެރިކާ އަށް ދޭން އެއްބަސްވި ނަމަ ވެރިކަމުގައި ހުރެވުނީސް ކަމަށް ވިދާޅުވެ ޝައިޚް ހަސީނާ އެމެރިކާއަށް ބޮޑު ތުހުމަތެއް ކުރައްވައިފި އެވެ.
އިންޑިއާގެ އެންޑީޓީވީން ބުނި ގޮތުގައި ބަންގްލާދޭޝްގެ ދަރިވަރުންގެ ވަރުގަދަ މުޒާހަރާތަކުގައި ހަމަނުޖެހުން އުފެދި މި މަހުގެ ފަސް ވަނަ ދުވަހު އިސްތިއުފާ ދެއްވި ހަސީނާ މިހެން ވިދާޅުވެފައި ވަނީ އެ ދުވަހު ދަރިވަރުންނާ މުހާތަބުކުރައްވައި ދެއްވަން އޮތް އިސްތިއުފާގެ ބަޔާނުގަ އެވެ.
ހަސީނާ މި ބަޔާން ދެއްވަން ތައްޔާރުވެ ވަޑައިގަންނަވަނިކޮށް ދަރިވަރުން އޭނާގެ ގެކޮޅު ކައިރިއަށް ޖަމާވާން ފެށުމުން ސަލާމަތީ އޮފިޝަލުންގެ ލަފަޔަަށް އަވަހަށް ގައުމު ދޫކޮށް ވަޑައިގަންނަވަން ޖެހުނީ ކަމަށް އެންޑީޓީވީން ބުންޏެވެ. މިހާރު އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ހުންނެވި ހަސީނާގެ އަރިސް ބޭފުޅުންގެ ފަރާތުން، ހަސީނާގެ މި ބަޔާން އެންޑީޓީވީއަށް ލިބިފައިވާ ކަމަށް އެ ޗެނަލުން ވަނީ ބުނެފަ އެވެ.
ހަސީނާ ވަނީ އޭނާގެ ވެރިކަން ވައްޓާލަން އެމެރިކާއިން ރާވަމުން ދިޔަ ކަމުގެ ތުހުމަތުކޮށް އޭނާގެ އަރިސް ބޭފުޅުން ގާތު އެ ވާހަކަ ދައްކަވާފައި ކަމަށް އެންޑީޓީވީން ބުންޏެވެ. އަދި ހަސީނާ އަށް ބަޔާން އިއްވަން ފުރުސަތު ލިބިވަޑައިގަތް ނަމަ އެ ވާހަކަ ދެއްކެވީސް ކަމަށް ވެސް ބުންޏެވެ.
ބަންގްލާދޭޝްގެ ދަރިވަރުން މުޒާހަރާގައި: ހަސީނާ ވިދާޅުވަނީ އިސްތިއުފާ ދެއްވީ އިތުރު ބައެއްގެ ފުރާނަ ގެއްލުނަ ނުދޭން ކަމަށް. -- ފޮޓޯ: އޭއެފްޕީ
"އަޅުގަނޑު އިސްތިއުފާ ދިނީ އިތުރު ބައެއްގެ ފުރާނަ ގެއްލިގެން ދާން ބޭނުން ނުވާތީ. އެ މީހުން ބޭނުންވަނީ ދަރިވަރުންގެ ގަބުރުމަތިން ގޮސް ވެރިކަން ހޯދަން. އެ ފުރުސަތު ދޭން އަޅުގަނޑު ބޭނުން ނުވީ. އަޅުގަނޑު ބޮޑުވަޒީރުކަން ދޫކޮށްލީ. ސެއިންޓް މާޓިން އައިލެންޑުގެ ސިޔާދަތީ ބާރު އެމެރިކާއަށް ދޫކޮށްލަން އަޅުގަނޑު އެއްބަސްވެ އެމެރިކާ އަށް ބޭ އޮފް ބެންގަލް އަށް ބާރު ފޯރުވޭނެ ގޮތް ހަދައިދިން ނަމަ ވެރިކަމުގައި ހުރެވުނީސް،" ހަސީނާ ދެއްވަން ތައްޔާރުކުރެއްވި ބަޔާނާ ހަވާލާދީ އެންޑީޓީވީން ބުންޏެވެ.
ބަންގްލާދޭޝްގެ އެންމެ ދެކުނުން ބޭ އޮފް ބެންގަލްގައި އޮންނަ ސެއިންޓް މާޓިން އައިލެންޑަކީ އެންމެ ތިން އަކަ ކިލޯމީޓަރު ހުންނަ ޖަޒީރާ ރަށެކެވެ.
ވެރިކަމުގައި ހުންނެވީ ރައްޔިތުން އެގޮތަށް ރުހުން ދިނުމުން ކަމަށާއި ވެރިކަން ދޫކޮށްލެއްވީ ވެސް ރައްޔިތުން އެގޮތަށް ބޭނުންވުމުން ކަމަށް ހަސީނާގެ ބަޔާނުގައިވާ ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ.
ހަސީނާ އޭނާގެ ޕާޓީ، އަވާމީ ލީގުގެ މެންބަރުންނަށް ވިދާޅުވެފައި ވަނީ އެ ޕާޓީ އަކީ އަބަދުވެސް އެނބުރި އައުން ވަރުގަދަ ޕާޓީއެއް ކަމަށެވެ. އެނބުރި ގައުމަށް ވަޑައިގަންނަވާނެ ކަމަށާއި މާޔޫސް ނުވުމަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.
ޝައިޚް ހަސީނާގެ ވެރިކަން ވެއްޓުމާ އެކު އޭނާގެ ބައްޕާފުޅު، ބަންގްލާދޭޝްގެ މިނިވަންކަމުގެ ބާނީ ޝައިޚް މުޖީބުއްރަހްމާންގެ ބުދަށް ގެއްލުންދީ ވައްޓާލަނީ. -- ފޮޓޯ: އޭއެފްޕީ
ހަސީނާގެ ވެރިކަމުގައި އެމެރިކާގެ ގުޅުން ވަރަށް ބޮޑަށް ގޯސްވި އެވެ. މިދިޔަ ޖެނުއަރީ މަހު، އިދިކޮޅު ކެންޑިޑޭޓަކު ނެތި ބޭއްވި އިންތިހާބުން ހަސީނާ އަލުން ވެރިކަން ހޯއްދެވި ނަމަވެސް އެމެރިކާއިން ވަނީ އެއީ އިންސާފުވެރި އިންތިހާބެއް ނޫން ކަމަށް ބުނެފަ އެވެ.
ހަސީނާ މިދިޔަ މެއި މަހު ވެސް ވަނީ "ދޮން މީހުން" އޭނާގެ ވެރިކަމާ ދެކޮޅަށް ކަންތައްތަކެއް ރާވާ ކަމަށް ތުހުމަތުކުރައްވައިފަ އެވެ. އޭރު ތުހުމަތުކުރެއްވި ގޮތުގައި "ދޮން މީހުން" އުޅެނީ ބަންގްލާދޭޝް އާއި މިއަންމާ ބޭނުންކޮށްގެން ކްރިސްޓިއަން ދީނުގެ ގައުމެއް ހަދަންވެގެންނެވެ.
"ބޭރުގެ ވަކި ގައުމަކަށް، ބަންގްލާދޭޝްގައި ވައިގެ މަރުކަޒެއް ހަދަން ހުއްދަ ދީފި ނަމަ އަޅުގަނޑަކީ މައްސަލައެއް އޮތް މީހަކަށް ނުވާނެ،" ވަކި ގައުމެއްގެ ނަން ނުގެންނަވައި އޭރު ވިދާޅުވެފައިވެ އެވެ.
މިދިޔަ މަހު ބަންގްލާދޭޝްގައި ދަރިވަރުން މުޒާހަރާ ފެށީ ސިވިލް ސާވިސް ވަޒީފާތަކަށް މީހުން ނަގަން ގެންގުޅޭ އުސޫލު އިސްލާހުކުރުމަށް އެދި އެވެ. އެކަމުގައި ހަސީނާގެ ސަރުކާރުން ގޮތް ދޫނުކޮށް ބާރުގެ ބޭނުންކޮށް މުޒާހަރާތައް ރޫޅާލަން އުޅުމުގެ ތެރޭގައި އެތައް ބަޔަކު މަރުވުމުން މުޒާހަރާތައް މެދުކަނޑާލުމަށް ފަހު މި މަހު އަލުން ފެށީ މާ ވަރުގަދަކޮށެވެ. މުޒާހަރާގެ ހަމަނުޖެހުންތަކުގައި މަދުވެގެން 300 މީހަކު މަރުވި އެވެ.
އިންޑިއާގެ އުނދަގުލާ ދެކޮޅަށް ތެދުވާންޖެހޭ: ޔޫނުސް
ހަސީނާ ހައްޔަރުކުރަން އައިސީސީގެ އެހީއަށް އެދެނީ
"ހަސީނާ ހައްޔަރުކުރަން" އިންޓަޕޮލް ނޯޓިސް ނެރެނީ
ހަސީނާގެ ސަރުކާރާ ގުޅުން އޮތް ދެ ނޫސްވެރިޔަކު ހައްޔަރު
ހަސީނާ ބަންގްލާދޭޝްއާ ހަވާލުކުރަން އިންޑިއާއަށް އަންގަނީ
ހަސީނާ ވައްޓާލުމުގައި ބައިވެރިއެއް ނުވަން: އެމެރިކާ
މީހަކު މެރި މައްސަލައިގައި ހަސީނާގެ މައްޗަށް ތަހުގީގެއް
ބަންގްލާދޭޝަށް އައީ ދަރިވަރުންގެ އިންގިލާބެއް: ޔޫނުސް
މަންމަ އަކީ އަދިވެސް ބޮޑުވަޒީރު: ހަސީނާގެ ދަރިކަލުން
ބަންގްލާދޭޝްގެ އުއްތަމަ ފަނޑިޔާރު ވެސް އިސްތިއުފާދެނީ