14 އޯގަސްޓް 2024
ބަންގްލާދޭޝްގެ ވެރިކަމުން ޝައިޚް ހަސީނާ ދުރުކުރުމުގައި އެމެރިކާގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށާއި އެމެރިކާއަށް ތުހުމަތުކޮށް ދައްކާ ވާހަކައަކީ އެއްވެސް އަސްލެއް ނެތް ދޮގެއް ކަމަށް ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކަރީން ޖާން-ޕިއާ އިއްޔެ ވިދާޅުވެއްޖެ އެވެ.
ބަންގްލާދޭޝްގެ ވެރިކަމުން ޝައިޚް ހަސީނާ ދުރުކުރުމުގައި އެމެރިކާގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށާއި އެމެރިކާއަށް ތުހުމަތުކޮށް ދައްކާ ވާހަކައަކީ އެއްވެސް އަސްލެއް ނެތް ދޮގެއް ކަމަށް ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކަރީން ޖާން-ޕިއާ އިއްޔެ ވިދާޅުވެއްޖެ އެވެ.
މި މަހުގެ ފަސް ވަަނަ ދުވަހު ހަސީނާ 15 އަހަރަށް ފަހު ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވީ ސަރުކާރާ ދެކޮޅަށް ދަރިވަރުން ފެށި މުޒާހަރާ ހޫނުވަމުން ގޮސް އެތައް ބަޔަކު މަރުވެ އެންމެ ފަހުން ހަސީނާގެ ގެކޮޅު ކައިރިއަށް އެތައް މިލިއަން ބަޔަކު އެއްވުމާ އެކުގަ އެވެ. އިސްތިއުފާ ދެއްވުމަށް ފަހު ހެލިކޮޕްޓަރެއްގައި ހަސީނާ ވަނީ އިންޑިއާ އަށް ވަޑައިގެންފަ އެވެ.
ހަސީނާގެ ވެރިކަމާ ދެކޮޅަށް އެމެރިކާއިން އެކި ގޮތްގޮތަށް މަސައްކަތްކުރި ކަމަށް ތުހުމަތުކޮށް އެކި ވާހަކަ ދައްކާއިރު ޕްރެސް ސެކްރެޓަރީ ވިދާޅުވީ އެގޮތަށް އެއްވެސް މީހަކު ތުހުމަތުކުރާ ނަމަ އެއީ ދޮގެއް ކަމަށެވެ.
"މި ކަންކަމުގައި އެމެރިކާ ސަރުކާރުން ބައިވެރިވާ ކަމަށް ދެކެވޭ ކޮންމެ ވާހަކައަކީ ދޮގެއް،" ޕްރެސް ބްރީފިންގައި އޭނާ ވިދާޅުވި އެވެ.
"މިއީ ބަންގްލަދޭޝްގެ ރައްޔިތުންނަށް އޮތް އިހުތިޔާރެއް. އެމެރިކާއިން ދެކޭ ގޮތުގައި ބަންގްލަދޭޝް ސަރުކާރުގެ މުސްތަގުބަލް ކަނޑައަޅާނީ ބަންގްލަދޭޝް ރައްޔިތުން. އެއީ މިކަމުގައި އެމެރިކާގެ ވިސްނުމަކީ."
ހަސީނާގެ ދަރިކަލުން އަދި ސަރުކާރުގެ ކުރީގެ އެޑްވައިޒަރު ސަޖީބު ވަޒީދު ޖޯއީ ވަނީ ބޭރުގެ ބައެއް ބާރުތަކުން މުޒާހަރާތަކަށް ތާއީދުކުރި ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.
"މިހާރު އަޅުގަނޑު ގަބޫލުކުރަނީ މިއީ ބަންގްލާދޭޝްގެ ބޭރުން އައި ކަމެކޭ،" އޭނާ ވިދާޅުވި އެވެ.
"ވަގަށް ހަތިޔާރު ގެނެސް، މުޒާހަރާކުރާ މީހުންނަށް އެ ފޯރުކޮށްދެވޭނީ ހަމައެކަނި ޖާސޫސީ އިދާރާއަކަށް،" އެމެރިކާގައި އުޅުއްވާ ވަޒީދު ވިދާޅުވި އެވެ.
މިދިޔަ މެއި މަހު ހަސީނާ ވަނީ ބަންގްލާދޭޝްގައި އެއާބޭސް އެޅުމުގެ ހުއްދަ ނުދިނުމުން، "ދޮން މީހުންގެ ގައުމަކުން" އޭނާގެ ސަރުކާރާ ދެކޮޅަށް މަކަރުވެރި ރޭވުންތަކެއް ރާވަމުންދާ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.
ޑާކާ ޓްރިބިއުން ނޫހުން އޭރު ރިޕޯޓްކޮށްފައިވާ ގޮތުގައި، ދެން ބަންގްލާދޭޝްގައި އިންތިހާބެއް ނުބޭއްވޭނެ ކަމަށް އެ ގައުމަކުން ވަނީ ބުނެފަ އެވެ.
"އަހަރެމެން މި ގައުމު މިނިވަންކުރީ ހަނގުރާމަކޮށްގެން. އެއްވެސް ބަޔަކަށް މި ގައުމުގެ ބައެއް ދީގެން ނުވަތަ ކުއްޔަށް ދީގެން ވެރިކަމުގައި ހުންނާކަން ބޭނުމެއް ނޫން،" ހަސީނާ އޭނާގެ އަވާމީ ލީގު ޕާޓީގެ ބައްދަލުވުމެއްގައި ވިދާޅުވި ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.
ހަސީނާ އޭރު ވަކި ގައުމެއްގެ ނަމެއް ވިދާޅެއް ނުވެ އެވެ. ޖުމްލަ ގޮތެއްގައި އެމެރިކާ އާއި ބަންގްލާދޭޝްއާ ދެމެދު ގުޅުން ރަނގަޅު ނަމަވެސް ހަރުކަށި ފިކުރުގެ މައްސަލަ އާއި ސިޔާސީ އެކި ކަންކަމުގައި އެމެރިކާއިން ބަންގްލާދޭޝްއަށް ނުރުހުމުގެ ބަސްތައް އަމާޒުކުރެ އެވެ. އެންމެ ފަހުން ހަސީނާ އާ ދައުރަކަށް ހޮވި އިންތިހާބު ވެސް އިންސާފުވެރި ނޫން ކަމަށް އެމެރިކާއިން ބުނެފައިވެ އެވެ. -- އޭއެފްޕީ
ހަސީނާގެ ސަރުކާރާ ގުޅުން އޮތް ދެ ނޫސްވެރިޔަކު ހައްޔަރު
ހަސީނާ ބަންގްލާދޭޝްއާ ހަވާލުކުރަން އިންޑިއާއަށް އަންގަނީ
މީހަކު މެރި މައްސަލައިގައި ހަސީނާގެ މައްޗަށް ތަހުގީގެއް
ބަންގްލާދޭޝަށް އައީ ދަރިވަރުންގެ އިންގިލާބެއް: ޔޫނުސް
ވެރިކަން ވެއްޓުމުން ހަސީނާގެ ތުހުމަތު އެމެރިކާއަށް
މަންމަ އަކީ އަދިވެސް ބޮޑުވަޒީރު: ހަސީނާގެ ދަރިކަލުން
ބަންގްލާދޭޝްގެ އުއްތަމަ ފަނޑިޔާރު ވެސް އިސްތިއުފާދެނީ
ހައިޖާނުގަނޑުގައި އަބަހާނީގެ ޓްރޮފީތައް ވަގަށް ނަގައިފި
ބަންގްލާދޭޝްގެ ސަރުކާރު ޔޫނުސްއާ ހަވާލުކުރަނީ
ދަރިވަރުން ހަސީނާގެ ވެރިކަން ނިންމި ގޮތް