Roadha Mihaaru
ކިރްގިސްތާނުގެ 13 އަހަރުގެ ކުޅުންތެރިޔާ އަަށް ޝަރަފެއް

ކިރްގިސްތާނުގެ އުމުރުން 13 އަހަރުގެ އާސިމާ މޮޅު ކުޅުންތެރިންގެ ލިސްޓުގައި

12 ސެޕްޓެމްބަރ 2024

ރޭ ނިމުނު ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ޑްރީމް ޓީމުގައި އެންމެ މޮޅު ލިބަރޯއަކަށް، ޗެމްޕިއަންކަން ހޯދި ކިރިގިސްތާމުގެ އުމުރުން އެންމެ 13 އަހަރުގެ އާސިމާ ސެއިޓްބެކޯވާ ހިމެނިއްޖެ އެވެ.

ރޭ ނިމުނު ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ޑްރީމް ޓީމުގައި އެންމެ މޮޅު ލިބަރޯއަކަށް، ޗެމްޕިއަންކަން ހޯދި ކިރިގިސްތާމުގެ އުމުރުން އެންމެ 13 އަހަރުގެ އާސިމާ ސެއިޓްބެކޯވާ ހިމެނިއްޖެ އެވެ.

ފައިނަލް މެޗުގައި ރާއްޖެއާ ދެކޮޅަށް ވެސް އާސިމާ ވަނީ ހުށިޔާރު ކުޅުމެއް ކުޅެފަ އެވެ. އޭނާ އަށް ސާދަ އަހަރު ފުރެން ދެ ހަފްތާއަށް ވެފައިވާ އިރު، އެއީ މުބާރާތުގައި ވެސް ވާދަކުރި އެންމެ ހަގު ކުޅުންތެރިޔާ އެވެ.

މުބާރާތުގެ ޑްރީމް ޓީމުގައި ރާއްޖޭގެ ދެ ކުޅުންތެރިން ވެސް ހިމެނުނެވެ. އެއީ އޮޕަސިޓް ސްޕައިކަރު އައިޝަތު ޝަހާ ޝާމިން އާއި ސެޓަރު ފާތިމަތު ޖޫޒާން ޒަރީރެވެ.

މީގެ އިތުރުން ޑްރީމް ޓީމުގައި ދެން ހިމެނުނީ ކިރިގިސްތާނުގެ އައުޓްސައިޑް ހިޓަރު ކީޒީ ރޯޒާ އާއި މިޑްލް ބްލޮކަރު އާމިރަކުލޯވާ ސައިކަލްގެ އިތުރުން ތަޖިކިސްތާނުގެ މިޑްލް ބްލޮކަރު ގޯޑޯފަރީދް އަގްނަޒަރޯވާ އާއި އަފްޣާނިސްތާނުގެ އައުޓްސައިޑް ހިޓަރު މުހައްމަދީ ރޮގްހާޔޭ އެވެ.

ކިރިގިސްތާންގެ ސްކޮޑަކީ މުބާރާތުގައި ވާދަކުރި އެންމެ ޒުވާން ސްކޮޑެވެ. އެ ޓީމުގެ އެވްރެޖް އުމުރަކީ 22.5 އަހަރެވެ. ކިރިގިސްތާނުން ވަނީ ޖުލައި މަހު ރާއްޖޭގައި އޮތް 20 އަހަރުން ދަށުގެ ކާވާ އަންހެނުންގެ ޗެމްޕިއަންޝިޕް ވެސް ކާމިޔާބު ކޮށްފަ އެވެ.